ވާހަކަ

ބުނެދޭށޭރުހެމޭ

(28 އޮކްޓޯބަރ 2018 އާ ގުޅޭ) -- ޝަރުމީނުގެ ފަރާތުން ނިމްރާ އެރޭ އެމީހުންނާއެކު އެގޭގައި މަޑުކުރަނީކަން އެނގުމުން އެކަމާ އަރްސަލް ހުރީ އުފަލުންނެވެ. އޭނާގެ މޫނުމަތިން އެކަން ފާޅެއްނުކުރެއެވެ. އެހެންނަމަވެސް ހަލަފްއަށް އޭނާގެ އުފާވެރިކަން ނުހިފެއްޓުނެވެ. އަވަހަށް އައިސް ނިމްރާގެ އަތުގައި ހިފާލިއެވެ. އެއާއެކު އަރްސަލް އެދެމެދަށް ވަދެ ނިމްރާ ގޮވައިގެން ޒިވަންއާއެކު ދިޔައެވެ. ދަމުން އޭނާ ބިލާލު ގާތު އެ މީހުން ވެސް ދާނީ ގެއަށް ކަމުގައި ބުނެލިއެވެ.

ޒިވަންގެ ކާރު އައިސް ހ.ޕްރިމްރޯޒް ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އޭނާއާ ޖެހިގެން ހުރި ސީޓުގައި އިން އަރްސަލް ކާރުން ފޭބިއިރު ނިމްރާ ވެސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލައި ފައިބަނީއެވެ.

"ގުޑްނައިޓް" ޑްރައިވަރު ސީޓުގައި އިން ޒިވަން ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލައި ބުނެލިއެވެ. އެއާއެކު އަރްސަލްއާއި ނިމްރާއާ ދެ ޒުވާނުންނަށް އެކުއެކީހެން ޒިވަންއަށް ޖަވާބުދެވުނެވެ. ޒިވަން ކާރު ދުއްވާލުމުން ނިމްރާގެ އަތުގައި ހިފާލި އަރްސަލް ހިނގައިގަތީ ދޮރޯށި ހުޅުވާށެވެ.

ގޭތެރެއަށް ވަދެގެން އައި އަރްސަލްއަށް ބިލާލުމެންނަށް އަދި ގެއަށް ނާދެވޭކަން އެނގުނީ ބޮޑުކޮޓަރީގެ ދޮރު ހުޅުވާލި ހިނދު ވަށައިގެން ވެރިވެފައި އޮތް އަނދިރިކަން ފެނިފައެވެ. އަނދިރިކަމުގެ ތެރޭގައި އަރްސަލްގެ އަތުން އަތް ވަކިކޮށްލަން ބޭނުންނުވެފައި ހުރި ނިމްރާގެ ނިޔަތް އަރްސަލް ދެނެގަތް ކަހަލައެވެ. އޭނާ ހިނގައިގަތީ ނިމްރާ ގޮވައިގެންނެވެ. ސުވިޗުތައް ކައިރީ ހުއްޓިލައިގެން ހުރި އަރްސަލްގެ ހަރަކާތާއެކު މުޅިތަން އަލިވެގެން ދިޔައެވެ.

"ކޮންތާކަށް" ނިމްރާ ގޮވައިގެން ސިޑިއާ ދިމާއަށް އަރްސަލް އަންނަން ފެށުމުން އޭނާ އަހާލިއެވެ.

"އަހަރެންގެ ކޮޓަރިއަށް" އަރްސަލް ބުނެލިއެވެ.

"ނޯ... މިހާރު ބައްޕަމެން އަންނަން އުޅޭނެ" އަރްސަލްގެ އަތުގައި އޮތް އަތް ނޫން އަނެއްއަތުން އޭނާގެ މުލައްދަނޑީގައި ނިމްރާ ހިފާލީ ކުރިއަށް ފިޔަވަޅެއް އަޅަން ބޭނުންނުވެ ހުރެއެވެ.

"ޓްރަސްޓް މީ ސްކާލެޓް، ކައިވެނީގެ ކުރީން އަހަރެން އެއްވެސް ކަމެއް ނުކުރާނަމޭ ބުނީމެންނު، އައި ވިލް ރިސްޓްރެއިންޓް މައި އާޖަސް، އައި ޑޯންޓް ވޯންޓް ޓު، ބަޓް އައި ވިލް" އަރްސަލްގެ ހިނިތުންވުމުގައި ވަނީ ކީކޭކަން ނިމްރާ ދެނެގަތެވެ.

"އެހެންވިޔަސް ހެޔޮ، ބައްޕަމެން އަންނައިރު ނުފެންނަ ހިސާބުގައި ހުންނާކަށް ބޭނުމެއްނޫން، ހިނގާ ސޯފާގައި އިށީންނަން" ނިމްރާ ބުނެލިއެވެ. އަރްސަލް އިތުރު އެއްޗެއް ނުބުނެ ނިމްރާއާއެކު އައިސް ސޯފާގައި އިށީނެވެ.

ނިމްރާގެ ދެއަތްތިލައިގައި ހިފާލައިގެން އިނގިލިތަކާ ކުޅެން އަރްސަލް އިނެވެ. އެމީހުން ސޯފާގައި ތިބިތާ ގިނައިރެއްނުވަނީސް ހަލަފްގެ އަޑު އިވުނެވެ. އެއާއެކު ދެން ފެނުނީ ބޮޑުކޮޓަރީގެ ދޮރުން ބިލާލުއާއި ޝަރުމީނާއެކު ހަލަފް ވަންތަނެވެ. އެއްވަރަކަށް ހެވިފައި ހުރެ އެންމެނަށްވުރެ ކުރީން ހަލަފް އައިސް ނިމްރާ ގާތު ހުއްޓިލިއެވެ. އަރްސަލްއަށް ސަމާލުކަމެއް ދިނުމެއްނެތިއެވެ. ޝަރުމީނު އެތެރެއަށް ވަދެގެން ދިޔައީ ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާށެވެ. ނިމްރާ އެ ގޭގައި މަޑުކުރާނެތީ އޭނާ އެ ރޭ ނިދާނޭ ކޮޓަރިއެއް ތައްޔާރުކުރުމަށް ޓަކައެވެ. ބިލާލު ވެސް މަޑުކޮށްލީ ބޮޑުކޮޓަރީގެ ސޯފާތަކުން ސޯފާއެއްގައެވެ.

"ރާދުބެއަށް އުނދަގުލެއް ކޮށްލުމެއް ވެސް ނެތްތަ؟" ހަލަފް އަހާލީ ނިމްރާގެ ގާތުންނެވެ.

"ދޭ އާ އޯލްރެޑީ ޓަޔަޑް، އެހެން ހަދާކަށްނުވާނެއެއްނު... އިޓްސް ދެއާ ބިގް ނައިޓް" ނިމްރާ ބުންޏެވެ. އަދި އަރްސަލްއަށް ބަލާލިއެވެ. ބިލާލުއާއި އަރްސަލް ތިބީ އެހެން ވާހަކައެއްގައި މަސްއޫލުވެއެވެ. އެމީހުން ވެސް ދައްކަމުން ދިޔައީ ރާދިންގެ ވާހަކައެވެ.

"އާނާ ސިސް ގޮވައިގެން ރާދުބެ ގެއަށް އަންނަ އިރެއް ބަލާފައިވާނެ ވެލްކަމް ޕާޓީއެއް ބާއްވަން" ހަލަފް ޚިޔާލު ދިނެވެ. އެކަމާ ނިމްރާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"ކޮޓަރިއަށް ދާންވީނު" ހުރިހާ ކުދީން ފެންނަ ހިސާބަށް އައިސް މަޑުކޮށްލި ޝަރުމީނު ހިނިތުންވެލިއެވެ.

"ތައްޔާރުކޮށްލެވުނީތަ؟" ބިލާލު އަހާލިއެވެ.

"އެ ދެބެންގެ ކޮޓަރި ކައިރީ ހުސްކޮށް ހުރި ކޮޓަރި އަބަދު ސާފުކުރާތީ ހަމައެކަނި ޖެހުނީ ތަންމަތި ބަދަލުކޮށްލަން" ޝަރުމީނު ބުންޏެވެ. އަދި ނިމްރާއާއި އަރްސަލްއަށް ބަލާލިއެވެ.

"އަރްސަލް ދާން ވީނު ނިމްރާއަށް އެކޮޓަރި ދައްކާލަން" ޝަރުމީނު ބުންޏެވެ. އެއާއެކު އަރްސަލް ބޯޖަހާލިއެވެ.

"ބައްޕަމެން ވެސް ދެން މިދަނީ ކޮޓަރިއަށް، ހަލަފް... މިރޭ ދެން ބޭރަށް ނުދައްޗޭ އިނގޭ" ސޯފާއިން ތެދުވަމުން ބިލާލު ބުނެލިއެވެ.

"ޑޭޑް ތިހެން ބުނީމަ ހީވަނީ ދަންވާ ދަންވާހެން އަޅުގަނޑު އަބަދު ބޭރުގައޭ އުޅެނީ" ހަލަފް ބުނެލިގޮތުން ބިލާލު ހީނލިއެވެ.

"ދަރިފުޅަކަށް ނޭނގޭނެ ބޭރަށް ދާކަށް، ދޮރޯށި ހުންނަ ތަނެއް ވެސް ނޭނގޭއެއްނު" ހިނިއައިސްފައި ހުރި ޝަރުމީނު ބުނެލިއެވެ.

"އިޑިއަޓް ޝޯއިން އޯފް" އަރްސަލް ބުނެލިއެވެ.

"ޑޭޑް... ބަލާ ދޮންބެ" އަރްސަލްއަށް ލޯ އަޅާލަމުން ހަލަފް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އަރްސަލް... ދަންވަންދެން ނުތިބެ ހުރިހާ ކުދީން ދެން ދޭ ނިދަން" ބޯހޫރުވާލަމުން ފަސް އެނބުރި ބަލާލުމެއްނެތި ބިލާލު ބުންޏެވެ. އަދި އޭނާގެ އަންހެނުން ގޮވައިގެން ސިޑިން އަރައިގެން ދިޔައީއެވެ.

"ލެޓްސް ގޯ" އަރްސަލް ތެދުވެ ނިމްރާއަށް އަތްދިއްކޮށްލިއެވެ.

"ރެޑް... އަހަރެންގެ ކޮޓަރިއާ ޖެހިގެން އިނގޭ ރެޑްގެ ކޮޓަރި ހުންނާނީ" ހަލަފް ވެސް ތެދުވަމުން ބުނެލިއެވެ. އަރްސަލްއާއި ނިމްރާއާއެކު އޭނާ ވެސް އައެވެ. ކޮޓަރިތައް ހުރި ބަޔަށް އާދެވުމާއެކު ޝަރުމީނު ބުނި ކޮޓަރި ކައިރިއަށް އަރްސަލް އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެމީހުންނާއެކު އެ ކޮޓަރިއަށް ވަންނަން ހަލަފް އުޅުމުން ދޮރުކަނީގައި އަރްސަލް އަތްހުރަސްކޮށް ހިފަހައްޓާލިއެވެ.

"ވަޓް" އަރްސަލް ބަލަން ހުރި ގޮތުން ހަލަފް އަހާލިއެވެ.

"މިތާ ތި މަޑުކުރަނީ ކީއްކުރަން" އަރްސަލް ބުނެލިއެވެ.

"ދޮންބެ ކީއްކުރަން ރެޑްގެ ކޮޓަރިއަށް ތިވަނީ، އަހަންނަށް ވެސް ވަދެވޭނެއެއްނު" ހަލަފް ކުރިއަށް ޖެހިލައި ބުނެލިއެވެ. އޭނާގެ ކޮނޑުގައި ހިފައި ފަހަތަށް ކުޑަކޮށް ކޮއްޕާލުމާއެކު އަރްސަލް ހަލުވިކޮށް ކޮޓަރިއަށް ދެމިގަނެ ދޮރުލައްޕައި ތަޅުލިއެވެ.

"ޑޭޑް ކައިރީ ބުނާނަން" ހަލަފް ބުނެލިއެވެ.

"އައި ޑޯންޓް ކެއާ އިޑިއަޓް" ދޮރުފަތާއި މޫނު ކައިރިކޮށްލަމުން އަރްސަލް ބުނެލިއެވެ.

"ވަޓް އާ ޔޫ ޑުއިންގް" ދެއަތް ދެފަރާތުން ވިއްދާލައިގެން އަރްސަލްއަށް ބަލަން ހުރި ނިމްރާ ބުނެލިއެވެ.

"އަހަރެން ރުޅިއަރުވަންވެގެން އެ އުޅެނީ... ސްކާލެޓް ގާތުގައި ހުންނަން ޖެހޭނެ މީހަކީ އަހަރެން، އޭނާއެއްނޫން، ހުރިހާކަމެއް ކޮށްދޭނެ މީހަކީ އަހަރެން، އެ ފުރުޞަތެއް އެހެންމީހަކަށް ނުލިބޭނެ" އަރްސަލް އައިސް ނިމްރާގެ ދެފަރާތުން މުލައްދަނޑީގައި ފިރުމާލިއެވެ.

"ބަޓް ޔޫ ކާންޓް ސްޓޭ ހިއާ" ނިމްރާ ބުންޏެވެ.

"އަހަރެންގެ އަދި ނިންޖެއްނެތް، އެހެންނޫނަސް ސްކާލެޓް އެހާ ކައިރީ ހުރިކަން އެނގި ހިޔެއްނުވެ މިރޭ ނިދޭނެހެނެއް، އިރުކޮޅަކު މަޑުކޮށްލާކަށް އެއްބަހެއް ނުވާނަންތަ، ޕްލީޒް" އަރްސަލް އިހުނަށްވުރެ ނިމްރާއާ ގާތްވެލިއެވެ.

"އޯކޭ... އޯކޭ... އެކަމަކު ކޮޓަރިއަކު ނޫން، އަހަރެން ޗޭންޖުކޮށްގެން އެބަ ނުކުންނަން، އަރްސަލް ވެސް ދޭ ޗޭންޖުކުރަން، ބޭރުގައި ވާހަކަދައްކާލަން ތިބެވިދާނެ، އެގޮތާ އެއްބަސްނޫނީއާ އަހަރެން މި އޮށޮންނަނީ ނިދަން" ނިމްރާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

"އެގްރީޑް... މިދަނީ ޗޭންޖުކުރަން، ކޮފީ ބޯނަންތަ؟ އަހަރެން ކޮފީ ގެނެސްދީފާނަން" ހިނިތުންވެލައިގެން ހުރި އަރްސަލް ބުނެލިއެވެ. ނިމްރާ ވެސް ހިނިތުންވުމެއް ދެމުން ބޯޖަހާލިއެވެ. އަވަސް ގޮތަކަށް ނިމްރާގެ ނިތްކުރީގައި ބޮސްދީފައި އަރްސަލް އެ ކޮޓަރިން ނުކުތެވެ. އެއާއެކު ނިމްރާ އަވަސް އަވަހަށް ދޮރު ތަޅުލައިފިއެވެ.

އެނދުމަތީ ބަހައްޓާފައި ހުރި އެއްޗެއްސަށް ނިމްރާ ބަލާލީ ދެނެވެ. ހުދުކުލައިގެ ކުރުތާއަކާއި ހަރުވާޅެއް ފަތްޖަހާފައި ރީތިކޮށް އޮތެވެ. ފާޚާނާއަށް ވަން ނިމްރާ ވަންއިރު އަތްދޮންނަ ތަށި ހަރުކޮށްފައި ހުރި ހިލަމަތީ ތުވާއްޔަކާއި ބުރުހެއް އޮތެވެ. ބޭނުންވާނޭ އެހެނިހެން ސާމާނު ވެސް އެތަނުގައި ހުރި ޝެލްފެއްގެ ތެރޭގައި ހުއްޓާ ފެނުނެވެ. ވަށްކޮށް ހުރި ބޮޑު ލޯގަނޑުން މޫނު ބަލާލާފައި ނިމްރާ ގައިދޮވެލަން ތައްޔާރުވެލިއެވެ.

ފޯނު ނަގައިގެން ކޮޓަރިން ނިމްރާ ނުކުތްއިރު ދޮރުކައިރީ ފާރުގައި ލެނގިލައިގެން އަރްސަލް ހުއްޓެވެ. ނިމްރާ ފެނުމުން ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

"މީ މަންމަގެ އެއްޗެހި ދޯ" ނިމްރާ ލައިގެން ހުރި ދޫ ކުރުތާއާއި ހަރުވާޅަށް އިޝާރާތްކޮށް އަހާލިއެވެ.

"ހީވަނީ، އަހަރެންގެ ޓީޝަޓަކާއި ސޯޓެއް ގެނެސްދެންތަ" އަރްސަލް އަހާލިއެވެ.

"ނޫން... ދީސް އާ ކޮމްފީ... ކޮބާ ކޮފީ" ނިމްރާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"މިކޮޅުގައި" ބެލްކަންޏާ ދިމާއަށް އިޝާރާތްކުރަމުން އަރްސަލް ބުންޏެވެ.

ބެލްކަނީގައި ބަހައްޓާފައި ހުރި މޭޒުގެ ދޮށުގައި ހުރި ދެ ގޮނޑީގައި ނިމްރާއާއި އަރްސަލް އިށީނެވެ. ތަބަކުގައި ހުރި ޖޯޑުތަކުގެ މަތި ނަގައި އެތަނުން އެއްޖޯޑު ނިމްރާގެ ކައިރީ އަރްސަލް ބެހެއްޓިއެވެ.

"މެރީ ކުރީމަ ލައިފް ބަދަލުވާނެ ދޯ މުޅިން" ހޫނު ކޮފީތަށި އަތަށް ލައިގެން އިރުކޮޅަކު އިނދެފައި ނިމްރާ އަހާލިއެވެ.

"ބަދަލު މާނަ ތިކުރަނީ ކިހިނެއް؟ ހަމަގައިމު ވެސް ލޯބި އިތުރުވާނެ، މިހާރު މިއުޅޭހެން ދުރުގައި އުޅޭކަށް ނުޖެހޭނެ، ސްކާލެޓް އަބަދުވެސް ހުންނާނީ އަހަންނަށް ފެންނަ ހިސާބުގައި" ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ކުރިއަށް ދެފައި ދަމާލައި އެއްފައިގައި އަނެއްފައި އަޅުވާލައިގެން އަރްސަލް އިނީ ނިކަން ހަމަޖެހިލައިގެންނެވެ. ގޮނޑީގެ އަތްގަނޑުގައި ދެއަތް އަޅުވާލައިގެން އިންއިރު އޭނާގެ އަތުގައި ވެސް ކޮފީޖޯޑެއް އޮތެވެ.

"އަރްސަލް... އަހަރެން... ޕްރެގްވެއްޖެއްޔާ" ނިމްރާ ވިސްނަން އިނދެފައި ބުނެލިއެވެ.

"ބަޓް އައި ވޯޒް ރިއަލީ ކޯޝަސް އަބައުޓް އިޓް... ވަރަށް ދުވަސްވެއްޖެ އަހަރެމެން... ސްކާލެޓް، އާ ޔޫ... އާ ޔޫ ޕްރެގްނެންޓް" ސިއްސައިގެން ދިޔަ އަރްސަލްއަށް ބުނެލެވުނެވެ. ނިމްރާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ.

"ފެމެލީ ޕްލޭނިންގްއާ ބެހޭ އެއްވެސް ވާހަކައެއް އަރްސަލް ނުދައްކަމެންނު، ކައިވެނި ކުރެވެން އުޅޭއިރު އަރްސަލް ބޭނުންވާގޮތެއް ވެސް އޮންނާނެއެއްނު" ނިމްރާގެ ނަޒަރު އަރްސަލްއަށް ހުއްޓުނެވެ. އޭރު އޭނާ ވެސް އިނީ ނިމްރާއަށް ބަލާށެވެ.

"އެކަމުގައި ޕްލޭންކުރަން އޮންނާނީ ކޮންކަމެއް، މެރީކޮށްގެންނު ތިބޭނީ... ޕްރެގްވީމަ ޕްރެގްވީ... ތި ހުރިހާ ކަމަކާ ނުވިސްނަބަލަ" އަރްސަލް އެ މައުޟޫޢުއަށް ވާހަކަދައްކަން ބޭނުންނުވަނީއޭ ނިމްރާއަށް ހީވިއެވެ.

"އަހަރެންދެކެ އަބަދުވެސް ލޯބިވާނަންތަ؟" ނިމްރާ އަހާލިއެވެ.

"ގޯޑް ޕްރޮމިސް، މުޅި އުމުރަށް، މަރުވުމަށްފަހު ވެސް... އައި ތިންކް ޔޯ ލަވް ވިލް ބީ މައި ޑެތް" އަރްސަލް ހިނިގަނޑެއް ޖަހާލިއެވެ.

"އަހަރެން ހިޔެއްނުކުރަން އަރްސަލްގެ މަޢާފު އަހަންނަށް ދުވަހަކުވެސް ލިބިދާނެކަމަށް" ނިމްރާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން ވެސް ހިޔެއްނުކުރަން ތި އަންހެންކުއްޖާދެކެ މިހާ ބޮޑަށް ލޯބިވެވިދާނެއެކޭ، އަހަރެން މުޅިން މޮޔަކޮށްލައިފި، އެވަރަށް ނަފުރަތު ކުރަން މަސައްކަތް ކުރުމުން ވެސް އެ ނަފުރަތު ލޯތްބެއް ބަދަލުވެގެން ދިޔަ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނު، ސްކާލެޓް... ޔޫ ވިލް އޯލްވޭޒް ބީ މައި ސްކާލެޓް، އަހަރެމެން ދެ މީހުންގެ ހަޔާތުގައި ކުރިއަށް އޮތީ ކޮންކަހަލަ ދުވަސްތަކެއްކަމެއް ބުނާކަށް އަހަންނަކަށް ނޭނގެ، އެކަމަކު ޔަގީންކުރޭ... ކޮންމެ ވަގުތަކީ އަހަރެން ސްކާލެޓްއާއެކު ވާނޭ ވަގުތެއް، ދެން ދުވަހަކުވެސް އެކަނިވިޔަކަ ނުދޭނަން، ލިބޭ ކޮންމެ ހިތްދަތިކަމެއްގެ ހައްލު ހޯދާ ނުދެވުނަސް ހިތްވަރުދޭން އެންމެ ގާތުގައި އަހަރެން ހުންނާނަން، އަހަރެންގެ އަނބިމީހާއަށް ވަފާތެރިވާނަން، އޭނާއަށް ޓަކައި... އަހަރެންގެ ސްކާލެޓްގެ އުފަލަށްޓަކައި އަހަރެން ކޮންމެ ކަމެއް ވެސް ކޮށްފާނަން" ނިމްރާއަށް ނަޒަރު ހުއްޓާލައިގެން އިނދެ އަރްސަލް ހިނިތުންވެލިއެވެ.

"ތި ބަސްތަކުން އެކަނި ވެސް އަހަރެންގެ ހިތުގައިވާ ލޯތްބާމެދު އޮތް އިތުބާރާއި ޔަގީންކަން އިތުރުވެއްޖެ، ހިތަށް އަރާ މާމަ ހުރިނަމައޭ، ކައިވެނީގެ ނަސީބު އަހަރެންގެ ހަޔާތުގައި ވެސް ވާކަން އެ މާމައަށް އޭރުން ފެނުނީސް، އަހަރެންދެކެ ވެސް ހަޤީޤީ ލޯބިވާނޭ މީހަކު ހުރެދާނޭކަން މާމަ ގާތުގައި ބުނެވުނީސް... އަދި އަހަރެންގެ ފަރާތުން ލިބުނު ހުރިހާ ހިތްދަތިކަމަކަށް މާމަ ގާތުން މަޢާފަށް ވެސް އެދެވުނީސް" ނިމްރާ އިސްޖަހާލި ގޮތަށް ލޯފުހެލިތަން އަރްސަލްއަށް ފެނުނެވެ. އޭނާ ވަގުތުން ގޮނޑިން ތެދުވެގެން ނިމްރާގެ ގާތަށް އައެވެ. ނިމްރާގެ ކުރިމަތީ ތިރިވެލައި އޭނާގެ ދެއަތުގައި އަރްސަލް ހިފާލިއެވެ.

"އައި މިސް ހާ އަރްސަލް" ނިމްރާގެ ފެންކަޅިވެފައިވާ ދެ ލޮލުން އަރްސަލްއަށް ބަލާލިއެވެ.

"އިޓްސް އޯކޭ ބޭބީ" ނިމްރާގެ ކޯތާފަތަށް ވެއްޓުނު ކަރުނަތިކި އަރްސަލް ނިކަން އަވަހަށް ފުހެލިއެވެ.

"ދެން ދުވަހަކުވެސް މާމަގެ އަޑެއް ނީވޭނެ، އަހަންނަށް މަޢާފުކުރާނެނަމައޭ ހިތަށް އަރާ، އެންމެ ފުރަތަމަ ދުވަހުވެސް މާމަގެ ވާހަކަތައް އަޑުއެހުނުނަމައޭ ހިތަށް އަރާ، މިޢުވާނަކީ ރަނގަޅު މީހެއްނޫނޭ ފުރަތަމަ ބުނީ ވެސް މާމަ، އޭނާއަށް އިތުބާރުނުކުރަން މާމަ ބުނި، އަހަރެންގެ ގޮތްދޫނުކުރުމުގެ ސަބަބުން، އަހަރެން އަބަދު މިޢުވާނާއެކު ބޭރުގައި އުޅޭތީ މާމަ ޤަބޫލުވީ... އަހަންނަށް ޓަކައި... މާމަ މަތިން ވަރަށް ހަނދާންވޭ، މިރޭ ވަކިން ބޮޑަށް ހަނދާންވޭ... އާނާގެ މަންމައާއި އޭނާގެ ޢާއިލާގެ އެންމެންގެ މޫނުމަތިން ފެނުނު އުފާވެރިކަން... އައި ނޯ... އައި ޝުޑުންޓް ބީ ލައިކް ދެޓް، ބަޓް އެޓް ދެޓް މޫމެންޓް، އައި ޖަސްޓް ވޯންޓް އަ ފެމެލީ... ފަނީ ތިންގް އިޒް އައި ނިއު ފްރޮމް ދި ބިގިނިންގް އިޓްސް ނޮޓް ފޮސިބަލް، މައިން ވޯޒް ބްރޯކަން ފްރޮމް ދި ސްޓާޓް، އައި ޑޯންޓް ރިމެމްބާރ ހައު މައި މަދާ ލުކް ލައިކް، ވައި ޝީ ހޭޓްސް މައި ފާދަރ ސޯ މަޗް ދެޓް ޝީ އިވަން އެބަންޑަންޑް މީ" ނިމްރާއަށް ރަނގަޅަށް ވެސް ރޮވުނެވެ. އަރްސަލް އޭނާގެ އަތުގައި ހިފާ ގޮނޑިން ނެގި ގޮތަށް ގެނެސް އޭނާގެ މޭގައި ފޮރުވާލިއެވެ.

"އައި ކާންޓް ބްރިންގް ދެމް ބެކް، ބަޓް... ވީ ކެން ބިލްޑް އަ ފެމެލީ ލައިކް ދެޓް، އައި އޭމް މޯ ދެން ރެޑީ ޓު ހޭވް އަ ފެމެލީ ވިތް ޔޫ، އަ ރިއަލީ ބިގް ވަން" ނިމްރާގެ ކޯތާފަތް ފުހެލަދިނުމާއެކު ދެ ކޯތާފަތުގައި އަރްސަލް ބޮސްދިނެވެ.

"ވެން ޑިޑް އައި ބިކަމް ސޯ ލަކީ" ކަރުނައިގެ ތެރެއިން ނިމްރާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އަދި އަރްސަލްގެ މޫނުގައި އެއްއަތުން ހިފަހައްޓާލިއެވެ.

"ވެލް... ޔޫ ނޯ ވެން... އިޓް ވޯޒް ދެޓް ނައިޓް، ޑެވިލް ރެސްކިއުޑް ދިސް ގާލް ހޫ ވޯޒް ކޯޓް އިން ދި ރެއިން އެންޑް ދެޓް ނައިޓް ހީ ސީލްޑް ދި ޑީލް ވިތް އަ ކިސް، ހީ ނޭމްޑް ހާ ސްކާލެޓް، އާފްޓާ ހާ ރެޑް ހެއާ، ދެޓްސް ހައު އެވްރިތިންގް ސްޓާޓެޑް، ދި ކްރޭވިންގްސް، ރެސްޓްލެސް ނައިޓްސް، ޖެލަސީ، ރޭޖް... އެވްރި އިމޯޝަން ދެޓް ޑެވިލް ނެވާ ނިއު އިޓް އެގްޒިސްޓް އިންސައިޑް ހިމް" އަރްސަލް ހިނިތުންވެލިއެވެ. ނިމްރާގެ އިނގިލިތަކުގެ ކުރި އަރްސަލްގެ ތުންފަތުގައި ބީހިލުމާއެކު އޭނާގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް އައެވެ.

"އޯ ގޯޑް، ސްކާލެޓް... ޑޯންޓް ލުކް އެޓް މީ ވިތް ދޯސް އައިސް، ޔޫ މައިޓް ނޮޓް ބީ އިން ޔޯ ރައިޓް މައިންޑް ނައު، ލެޓްސް ކޯލް އިޓް އަ ނައިޓް... ލެޓް މީ ޓޭކް ޔޫ ޓު ޔޯ ރޫމް" ނިމްރާއާ ނަޒަރު ވަކިކޮށްލުމުގެ ގަސްދުގައި ނިމްރާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު އަރްސަލް ދުރަށް ޖެހިލިއެވެ.

"ސޮރީ" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަރްސަލް ހިނިތުންވުމެއް ދިނުމާއެކު ނިމްރާގެ ކޮނޑުގައި ދެއަތުން ހިފާލައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

"އިޓްސް ނޮޓް ޔޫ، އިޓްސް މީ... އައި ކާންޓް ޓްރަސްޓް މައި ސެލްފް ކޮންޓްރޯލް" ނިމްރާގެ ކޮޓަރި ކައިރިއަށް އައިސް މަޑުކޮށްލި އަރްސަލް ކުޑަކޮށް ހީނލާފައި ބުންޏެވެ. ނިމްރާ ހީނލިތަން ފެނުމުން އަރްސަލްއަށް ހަމަޖެހުމެއް ލިބުނެވެ.

"ވެލް... ގުޑްނައިޓް ލަވް" އަރްސަލް ގުދުވެލައި ނިމްރާގެ ކޯތާފަތުގައި ބޮސްދިނެވެ. އަރްސަލްގެ މޭގައި ފިރުމާލާފައި ހިނިތުންވެލި ނިމްރާ ކޮޓަރީގެ ދޮރުހުޅުވާލައި އެތެރެއަށް ވަނެވެ.

* * * * *

ހެނދުނު އަށެއްޖެހިފަހުން ކޮޓަރީގައި ޓަކި ދޭ އަޑަށް ނިމްރާ އައިސް ދޮރުހުޅުވާލިއެވެ. ދޮރުމަތީ ހުރި ޝަރުމީނު ފެނުމުން ކުޑަކޮށް ހުޅުވާލައިގެން ހުރި ދޮރުފަތް ނިމްރާ އެކީ ހުޅުވާލިއެވެ.

"މޯނިންގް... ރަނގަޅަށް ނިދުނުތަ؟" ހިނިތުންވެލައިގެން ހުރި ޝަރުމީނު އަހާލިއެވެ. ނިމްރާ ބޯޖަހާލުމުން އޭނާގެ އަތުގައި އޮތް ކޮތަޅު ޝަރުމީނު ދިއްކޮށްލިއެވެ.

"މަންމައަށް ހޭލެވުނުއިރު ކޮޓަރި ދޮރުމަތީ ބަހައްޓާފައި ހުރީ، ނިމްރާއަށް ދިނުމަށް ނޯޓެއް ލިޔެފައި އޮތް، މަންމައަށް ވެސް އެނގުނު މީ އަރްސަލްގެ ކަމެއްކަން" ކޮތަޅުގައި ހުރި އެއްޗެހި ފެނި ހައިރާންވެފައި ނިމްރާ ހުރުމުން ޝަރުމީނު އޮޅުން ފިލުވައިދިނެވެ.

"އަށްގަޑި ބަޔަށް ސައި ނަގާނީ، ހަމަޖެހިލައިގެން އާދޭ ތިރިއަށް" ޝަރުމީނު ބުނެލިއެވެ. އަދި އޭނާ ދަމުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

"ރޭގައި އަރްސަލް ޕެންޓްހައުސްއަށް ދިޔައީތަ؟ އާން! ނުދާނަމަ މި އެއްޗިއްސެއް ނުގެނެވޭނެ، ޔޫ ލުކް އިންޓު މައި ޑްރޯވާ... ޕާވާޓް ފުރޭތަގަނޑު... ސްޓިލް އައި ލަވް ޔޫ ސޯ މަޗް" ހިނިއައިސްފައި ހުރެ ނިމްރާ ތައްޔާރުވާން އުޅުނެވެ. ކޮތަޅުގައި ހެދުމަކާއި ހެދުމުގެ އެތެރޭން ލާނޭ އެއްޗިހި ވެސް ހުއްޓެވެ. ޝަރުމީނު ކޮތަޅުގެ ތެރެ ބެލިބާއޭ ހިތަށް އެރުމުން ނިމްރާ ލަދުގަތެވެ. އެކަނި ހުރެ އަރްސަލްއަށް ކުދި ކިޔާލިއެވެ. ޝަރުމީނުގެ ކޮޓަރި ކައިރީ ނުބަހައްޓާ ނިމްރާއާ ހަވާލުކުރިނަމައޭ އަމިއްލައަށް ބުނެލެވުނެވެ.

ހެނދުނުގެ ނާސްތާއަށް އަރްސަލް އައިސް ކާކޮޓަރިއަށް ވަންއިރު އެންމެން ތިއްބެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ނިމްރާއަށެވެ. ނިމްރާ ރަކިވީ ގޮތުން އަރްސަލް ވަގުތުން އެވީ ގޮތެއް ދެނަގަތެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ އައިސް ނިމްރާއާ ޖެހިގެން ހުރި ގޮނޑީގައި އޭނާ އިށީނެވެ.

"ހެދުން ކަމުދޭތަ؟ އެންޑް އައި ޗޯޒް ބްލެކް...ދޯސް ލޭސްވަން... ދޭ އާ..." ކަންފަތް ދޮށަށް ގުދުވެލައިގެން އިނދެ އަރްސަލް ސިއްރުން ބުނަމުންދިޔަ ވާހަކަތައް ފުރިހަމަ ނުވަނީސް ނިމްރާ އޭނާގެ ފައިގައި ވިކައިގަތެވެ. ތަދުވެގެން ފައިގައި ފިރުމާލަމުން އަރްސަލް ބަލާލިއެވެ. އެއާއެކު ނިމްރާ ލޯއަޅާލިއެވެ. ނަމަވެސް އަރްސަލް ހީނލީއެވެ. ރަތްކަމެއް ވެރިވެފައި ހުރި ނިމްރާގެ މޫނު ފެނުމުން އޭނާއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެވަގުތު މޭޒުދޮށުގައި އިން ބިލާލު ކަރުކެހިލިއެވެ. ދެ ޒުވާނުންގެ ސަމާލުކަން އޭނާއަށް ހުއްޓުނުއިރު ބިލާލު ވެސް އިނީ ހިނިއައިސްފައެވެ. ނިމްރާ ވަކިން ބޮޑަށް ލަދުގަތެވެ.

ސައިމޭޒުމަތީ އަރްސަލްއާއި ނިމްރާގެ ކައިވެނީގެ ވާހަކަ ފެށުނެވެ. ނިންމަން ހުރި ކަންކަމުގެ ވާހަކަތައް ދެކެވުނެވެ. ނިމްރާގެ ކައިވެނި ހެދުން ހަމަޖެހިއްތޯ ޝަރުމީނު ސުވާލުކުރިއެވެ. އެއާއެކު ހެދުމުގެ ކަންތައްތައް ނިންމަން ކުރިން ވެސް މީހަކު ގާތު ބުނެފައިކަން އޮންނާނީ ނިމްރާ ބުނެލިއެވެ. ދުވަހަށް ހެދުން ނިމޭނެކަމުގެ ޔަގީންކަން ނިމްރާއަށް އޮތެވެ. މޭޒުމަތީ ހަލަފް ބޯޖަހާލުމުން ޝަރުމީނު އޭނާއާ ސުވާލުކުރިއެވެ.

"ސޮރީ ރެޑް... މަންމާ ޕްލީޒް އަޅުގަނޑު ކުޑަކޮށް އަދި ނިދާލަން ދަންތަ ކޮޓަރިއަށް" ނިދިބަރުކައިފައި އިންހެން ހަލަފް ބުންޏެވެ.

"ރޭގައި ނުނިދާ ކީއްތަ ކުރީ ހަލަފް" ބިލާލު އަހާލިއެވެ.

"ރޭ ދަންވަރު މީހަކު މޮޔަގޮވާއަޑު އިވޭ، އެއޮތް ޖަހަނީ ޖަހަނީއޭ، މަރުވަނީއޭ، ޒޯނަށް ވަންނާށޭ ގޮވާ އަޑުފަށްގަނޑު އިވޭ" އަރްސަލް ކެއުމައިގެން މަސްއޫލުވެ އިނދެ ބުނެލިއެވެ.

"ގޭމް ކުޅުނީ ދޯ" ބިލާލު އަހާލިއެވެ.

"ޗިކަން ޑިނާއެއް ލިބުނޭ" ނިދިއައިސްފައި އިނދެވެސް ހަލަފް މޮޔައެއްހެން ހީނލިއެވެ. ބިލާލު ދެފަރާތަށް ބޯހޫރުވާލީއެވެ. ޝަރުމީނު ހުއްދަދިނުމުން ހަލަފް މޭޒުދޮށުން ތެދުވެގެން ހިނގައްޖެއެވެ.

މެންދުރު ފަސްވީފަހުން ނިމްރާއާއެކު ޕެންޓްހައުސްއަށް އަރްސަލް އައެވެ. ހަވީރު ރައްޓެއްސަކާ ބައްދަލުކުރަން ދާން އުޅޭކަމުގައި ނިމްރާ ބުންޏެވެ. އެއަށްވުރެ އިތުރަށް ނުބުނާތީ އަރްސަލް ހުރީ ހިތްއަވަސްވެފައެވެ. ކާކުކަން އެނގެން ބޭނުންވެފައެވެ. އޭނާއަށް ނޭނގޭ ރަޙުމަތްތެރިއަކު ނިމްރާގެ އަދިވެސް ހުރީބާއޭ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. އިތުރަށް ސުވާލު އުފެދުނީ އަރްސަލްއާއެކު ދާން ނިމްރާ އެއްބަސްނުވީމައެވެ. އެމީހަކަށް އަރްސަލް ތަޢާރަފުކޮށްދޭން ބޭނުންނުވަނީއޭ އަރްސަލްއަށް ހީވީ އެހެންވެއެވެ. ގެއަށްދާންށޭ ކިޔާ އެޕާޓްމެންޓުން ނުކުތަސް އަރްސަލްއަށް ގެއަކަށް ނުދެވުނެވެ. ޒިވަންގެ ގާތަށް އޭނާގެ އޮފީހަށް އަރްސަލް ވަދެ އިނީ އެހެންވެއެވެ.

"ކީއްވެ އަހަންނަށް އިންޓްރޮޑިއުސްކޮށް ނުދެވެންވީ... ކާކުކަމެއް ވެސް ނޭނގެ" ޒިވަންގެ ކެބިންގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަރްސަލް ބުނެލިއެވެ.

"ވިލް ޔޫ ކާމް ޑައުން... ހުރިހާތަނަކަށް އަރްސަލް ފަހަތުލައިގެންތަ އޭނާ ދާންޖެހެނީ، އަރްސަލް ދަނީ އޭނާ ގޮވައިގެންތަ ހުރިހާ ތަނަކަށް، ނިމް ވެސް އެކަނި ކުރަން ބޭނުންވާ ކަންކަން ހުންނާނެއެއްނު" ގޮނޑީގައި ހަމަޖެހިލައިގެން އިން ޒިވަން ބުންޏެވެ.

"އައި ޑޯންޓް ނޯ މޭން" އަރްސަލް ތުނބުޅީގައި އަތްހާކާލީ އޭނާގެ ބޯ ހާސްވަމުންދާތީއެވެ.

"އައި ހޭވް ޓު ޗެކް" ނިމްރާ އެޕާޓްމެންޓުން ނުކުމެ އެލެވޭޓާއަށް އެރިތަން ފެނުމުން އަރްސަލް ބުނެލިއެވެ.

"ސްޕައި ކުރަނީތަ؟ ނިމްއަށް ޓްރަސްޓެއް ނުކުރަންތަ؟ އައި ޑޯންޓް ލައިކް ދިސް" ޒިވަން ބުނެލިއެވެ.

"ޓްރަސްޓް ކުރަމޭ، އެކަމަކު ދެން ހުންނަ މީހާއަށް އަހަރެން އިތުބާރުކުރާނީ ކިހިނެއް، ވަޓް އިފް ސަމްތިންގް ހެޕެން ޓު ހާ" އަރްސަލް ކަންތައްބޮޑުކޮށްލާ ފަދައިން ބުނެލިއެވެ.

"ދެޓްސް ކްރީޕީ ބްރޯ، ޔޫ އާ އޮބްސެސްޑް ވިތް ހާ، ހޭވް ސަމް ފެއިތް" ޒިވަން މޫނަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

* * * * *

ނިމްރާ ޓެކްސީއަށް އެރީއްސުރެން އޭނާގެ ފަސްފަހަތުން ކާރުގައި އަރްސަލްއައެވެ. ހުޅުމާލެއަށް ނިމްރާ އެރުމުން އިތުރަށް އަރްސަލް ހާސްވިއެވެ. ހިތާއި ސިކުނޑީގައި ފުނިޖެހެމުން އައި ސުވާލުތަކަށް ޖަވާބެއް ނުލިބިގެން މީހާ ކެތްތެރިކަން ކުޑަވެފައި އިނެވެ. ހުޅުމާލޭގެ ހޮސްޕިޓަލެއް ކައިރިއަށް ނިމްރާގެ ޓެކްސީ މަޑުކުރުމުން އަރްސަލްއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ދުރުގައި ކާރު މަޑުކޮށްގެން އިނީ ނިމްރާ ހަދާގޮތެއް ބަލާށެވެ. ނިމްރާ ޓެކްސީއިން ފައިބައިގެން ގޮސް ވަނީ ހޮސްޕިޓަލް ތެރެއަށެވެ. އަރްސަލް އިރުކޮޅަކު ވިސްނާލިއެވެ. ނިމްރާ ހޮސްޕިޓަލަށް އަންނަން ޖެހުނު ސަބަބަކާމެދުއެވެ. މަޑުކޮށްގެން ގިނައިރަކު އަރްސަލްއަކަށް ނީނދެވުނެވެ. އޭނާ ކާރުން ފައިބައި ހޮސްޕިޓަލާ ދިމާއަށް ހިނގައިގަންނަން އުޅުނު ވަގުތު ކުއްލިއަކަށް ފެނުނީ ނިމްރާ އެތަނުން ނުކުތްތަނެވެ. ހަލުވިކޮށް އައިސް ކާރަށް އަރްސަލް އަލުން އެރިއެވެ.

"ހޫ އިޒް ދެޓް" ނިމްރާއާއެކު ހުރި އިސްކޮޅުން ދިގު ފިރިހެންމީހާ ފެނުމުން އަރްސަލްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ފެންނަ ފެނުމަށް އެ ޒުވާނާ ހީވަނީ ރާއްޖޭން ބޭރު މީހެއް ހެންނެވެ. ނިމްރާއާއި އެ ޒުވާނާއާ އެކަކުއަނެކަކަށް ހިނިތުންވާތީ ފެނުމުން އެކަމާ އަރްސަލް ތުންހާދާލިއެވެ.

"ހީ އިޒް ނޮޓް ދެޓް ޔަންގް، ބަޓް ހީ އިޒް ގުޑްލުކިން... ވެއިޓް... އައި ތިންކް އައި ނޯ ހިމް، ކުރިން ފެނިފަ ހުރި މީހެއްވައްތަރު ޖަހާ... އަނެއްކާ ސްކާލެޓްއާ އެއްކޮށްބާ، ހަނދާނެއްނުވޭ، ކާކުތަ އެއީ" އަރްސަލްއަށް ދަތްކުނޑިވިކާލެވުނެވެ. އޭނާ ބަލަން އިންދާ އެ ޒުވާނާއާއެކު ނިމްރާ ހިނގައިގަތީއެވެ. ފޯނުގައިވާ އެޕްގެ އެހީގައި ނިމްރާގެ ފޯނުން ލޮކޭޝަން އަރްސަލް ބެލިއެވެ. އޭނާ ކާރުގައި އައިސް މަޑުކޮށްލީ ކެފޭއެއްގެ ކައިރިއަށެވެ. ފޯނު ބަލާލުމުން ނިމްރާ މޫވް ނުކުރާކަން ދައްކައެވެ. އެހެންވެ ކާރުން ފައިބައިގެން ކެފޭއަށް ވަންނަން އައެވެ. (ނުނިމޭ)