ދިވެހި ޕްރެމިއާ ލީގް

ވިކްޓަރީ ބަލިކޮށް ނިއު ރޭޑިއަންޓަށް ހަމަޖެހުމުގެ ނޭވާއެއް

ކުރީގެ ވާދަވެރިޔާ، ވިކްޓަރީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ނިއު ރޭޑިއަންޓުން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

އެންމެ ފަހުން ޓީސީ އަތުން ބަލިވެ، ނިއު އޮތީ އުނދަގޫ ހާލަތުގައެވެ. ފުރަތަމަ ބުރުގައި ވިކްޓަރީ އަތުން އެއްވަރުވެ، ފުރަތަމަ ބުރު ނިންމާލިއިރު އެޓިމަށް ތާވަލުގެ ދެ ވަނަ މަގާމު ގެއްލުނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި، ވިކްޓަރީގެ ގޯލް ނިއު އަށް ހުޅުވާލަ ދިނީ، އިމްރާން ނަޝިދު އެވެ. ޢޭނާ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ. ފުރަތަމަ ބުރުގައި، ނިއު އާ ދެކޮޅަށް ވިކްޓަރީގެ ކުޅުންތެރިން ދެއްކި ކުޅުން އެޓީމަށް ދެއްކޭ ގޮތެއްް ނުވި އެވެ.