އޮޑިޓާ ޖެނަރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 52 މިލިއަން ރުފިޔާ ހަމަޖައްސަން ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މާލިޔަތު ކޮމިޓީ އިން ނިންމި ގޮތަށް ރައްޔިތުން މަޖިލީހުން މިއަދު އެ ބަޖެޓަށް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓާ ވަކިން އޮޮޑިޓާ ޖެނަރަލް އޮފީހުގެ ބަޖެޓު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާ ކުރާނީ މާލިއްޔަތު ކޮމިޓީ އިންނެވެ. މި އަހަރު އޮޑިޓާ ޖެނަރަލް އޮފީހުން އެދިފައި ވަނީ 60 މިލިއަން ރުފިޔާގެ ބަޖެޓެއް އެ އޮފީހަށް ދިނުމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީ އިން ފާސް ކުރީ 52 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެ އަދަދުން ނުފުދިގެން ކޮންމެހެން ވެސް ބޭނުންވެއްޖެ ހާލަތެއްގައި ފިނޭންސް މިނިސްޓްރީ އިން އެ ފައިސާ ނަގާ ގޮތަށެވެ.