އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީސް އޮޑިޓްކުރާނެ ބަޔަކު ހޯދަނީ

އޮޑިޓާ ޖެނެރަލް އޮފީހުގެ މި އަހަރުގެ އަހަރީ އޮޑިޓްކުރާނެ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއުލާނުކޮށްފި އެވެ.

އިއުލާނުގައިވާ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުގެ މި އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓާސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ފާމަކަށެވެ.

އޮޑިޓް އޮފީސް އޮޑިޓްކުރާނެ ފަރާތެއް ކަނޑައަޅާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ޕްރީބިޑް މީޓިން ޖެނުއަރީ 15 ވަނަ ދުވަހު ބާއްވާއިރު ބީލަން ހުށަހަޅަން ޖެހެނީ ޖެނުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.