(30 އޮކްޓޯބަރ 2018 އާ ގުޅޭ) -- "ހީ އިޒް ނޮޓް ދެޓް ޔަންގް، ބަޓް ހީ އިޒް ގުޑްލުކިން... ވެއިޓް... އައި ތިންކް އައި ނޯ ހިމް، ކުރިން ފެނިފަ ހުރި މީހެއްވައްތަރު ޖަހާ... އަނެއްކާ ސްކާލެޓްއާ އެއްކޮށްބާ، ހަނދާނެއްނުވޭ، ކާކުތަ އެއީ" އަރްސަލްއަށް ދަތްކުނޑިވިކާލެވުނެވެ. އޭނާ ބަލަން އިންދާ އެ ޒުވާނާއާއެކު ނިމްރާ ހިނގައިގަތީއެވެ. ފޯނުގައިވާ އެޕްގެ އެހީގައި ނިމްރާގެ ފޯނުން ލޮކޭޝަން އަރްސަލް ބެލިއެވެ. އޭނާ ކާރުގައި އައިސް މަޑުކޮށްލީ ކެފޭއެއްގެ ކައިރިއަށެވެ. ފޯނު ބަލާލުމުން ނިމްރާ މޫވް ނުކުރާކަން ދައްކައެވެ. އެހެންވެ ކާރުން ފައިބައިގެން ކެފޭއަށް ވަންނަން އައެވެ.
ދެފަރާތަށް ޖަހާފައި ހުރި މޭޒުތަކުގެ ތެރެއިން ހާމައަށް އޮތް ބައިގައި ހުރި މޭޒުގެ ދެފަރާތުގައި އަރްސަލްއަށް ފެނުނު ޒުވާނާއާއި ނިމްރާ ތިއްބެވެ. އެ ޒުވާނާ ހިނިތުންވެލައިގެން ނިމްރާއަށް ބަލަން އިންގޮތުން އަރްސަލްގެ އަރުތެރެއިން ހިތްހަމަނުޖެހުމުގެ އަޑެއް ބޭރުވެގެންދިޔައެވެ. އަތުގައި އޮތް ފޯނުން ނިމްރާގެ ނަންބަރަށް ވަގުތުން ގުޅިއެވެ. ފޯނު ރިންގުވާއަޑު އަރްސަލްއަށް އިވެމުންދިޔަ ނަމަވެސް ނިމްރާ ފޯނަށް ޖަވާބުދޭން ނޫޅޭކަން އަރްސަލްއަށް ފާހަގަވިއެވެ. މަޑުޖެހިލަން ހިތަށް އަރައިފައި ވެސް ނިމްރާ ފޯނަށް ޖަވާބުދޭން ނޫޅޭތީ އަރްސަލް ކުރިއަށް ހިނގައިގަތީއެވެ. އަރްސަލް އައިސް ނިމްރާ އިން މޭޒުކައިރީ މަޑުކޮށްލިއެވެ.
"އަހަންނަށް ކޮފީއެއް އޯކޭ" މޭޒު ކައިރީ ހުއްޓުނީ ކާކުތޯ ބަލާނުލައި ކުރިމަތީ އޮތް މެނޫއަށް ނަޒަރު ހުއްޓާލައިގެން އިން ނިމްރާ ބުނެލިއެވެ. އެވަގުތު ފިރިހެނަކު ކަރުކެހެލި އަޑު އިވިގެންދިއުމާއެކު ނިމްރާގެ މުޅި ނަފްސު އެ އަޑަށް ސަމާލުވެލިއެވެ. ވަގުތުން އިސްއުފުލައި އަޑުއައި ދިމާއަށް ބަލާލިއެވެ.
"އަ...ރް...ސަ...ލް" ހައިރާންވެފައި އިނދެ ނިމްރާއަށް ބުނެލެވުނެވެ.
"ފޯނު ކޮބާ؟" އަރްސަލް އަހާލިއެވެ. ނިމްރާގެ ކުރިމަތީ އިން ޒުވާނާގެ ނަޒަރު އަރްސަލްއާއި ނިމްރާއަށް ވަކިވަކިން ހުއްޓުނުއިރު އެ މޫނުގައި ވެސް ވަނީ ހައިރާންކަމެވެ.
"މިތާ ކީއްކުރަނީ، ކިހިނެއް އެނގުނީ އަހަރެން މިތާ އިންކަމެއް" އަރްސަލްއަށް ޖަވާބު ދިނުމުގެ ބަދަލުގައި ނިމްރާ ވެސް ކުރީ ސުވާލެވެ. އެ ކެފޭއަށް އޭނާ ވަން އިރު އެތަނުގެ މޭޒެއްގެ ދޮށުގައި އަރްސަލް ނެތްކަން އޭނާއަށް ޔަގީންވެއެވެ. އެހެންވީރު އަރްސަލްއަށް އެތަނަށް އަންނަން އެނގުނު ގޮތެއް އެނގެން ނިމްރާ އިނީ ބޭނުންވެފައެވެ.
"މީތަ ފްރެންޑަކީ" އަރްސަލްގެ ނަޒަރު މޭޒުދޮށުގައި އިން ޒުވާނަށް ހުއްޓުނެވެ. ދެ މީހުންގެ ނަޒަރު ސީދާވި ހިނދު އެ ޒުވާނާ ހިނިތުންވުމެއް ދިނެވެ. ނަމަވެސް އަރްސަލްއަށް ހިނިތުންވާން ފަސޭހައެއްނުވިއެވެ.
"ޝީ އިޒް މައިން" ނިމްރާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ އޭނާގެ ކޮނޑުގައި ފަހަތުން ގެނައި އަރްސަލްގެ އަތުން ހިފައި އޭނާއާ ގާތްކޮށްލަމުން ބުނެލިއެވެ. އެއާއެކު ކުރިމަތީ އިން ޒުވާނާ ހޭންނުހޭން އުޅޭހެން ތުންފަތް ހަރަކާތްކޮށްލުމާއެކު މަޑުމަޑުން ބޯޖަހާލިއެވެ.
"އައި ނޯ... އައި އޭމް ލޫކަން، މޭބީ ޔޫ ޑޯންޓް ރެމެމްބަރ މީ، އިޓްސް މައި ސެކަންޑް ޓައިމް ސީއިން ޑެސްޓިނީ ބްރޯޓް ޓޫ ސޯލްސް ޓުގެދަރ އާފްޓަރ އަ ޓެރިބަލް ޓްރެޖެޑީ" ވިސްނުންތެރިކަމާއެކު އަރްސަލްއާއި ނިމްރާއަށް ބަލާލައި ލޫކަން ބުނެލިއެވެ. އެއާއެކު އަރްސަލް އެއްބުމަ ހިއްލާލީ ލޫކަން ބުނި އެއްޗެއް އޭނާއަށް ސާފެއްނުވިއޭ ބުނާ ފަދައަކުންނެވެ.
"އަރްސަލް... އަހަރެން އައީ ނުބުނެއެއްނޫނެއްނު" އަރްސަލްގެ އަތުގައި ހިފާ ތަޅުވާލުމާއެކު އޭނާގެ ސަމާލުކަން ނިމްރާ ހޯދިއެވެ. އަރްސަލްއާއި ނިމްރާގެ ހަރަކާތްތައް ނަޒަރު ހުއްޓާލައިގެން ލޫކަން އިނީ އެއްވަރަކަށް ހެވިފައެވެ. އެ ދެމެދުގައި އޮތް ލޯބި އޭނާއަށް ފެންނަކަން ޔަގީނެވެ.
"ފައިން... އަހަރެން ގާތު ސްކާލެޓް ބުނިނަމަ ފޮލޯ ކުރާކަށް ނުޖެހުނީހެންނު" ނޭފަތާއި ނިތްކުރި ގުޅިފައިވާ ހިސާބުގައި ހިފަހައްޓާލައި ފުންނޭވާއެއް އަނގައިން ބޭރުކޮށްލުމާއެކު އަރްސަލް އަތްތިރިކޮށްލައި ނިމްރާއަށް ބަލާލިއެވެ.
"ނުބުނީ ވެސް މިހެން ވެދާނޭކަން އެނގޭތީ... އަހަންނަށް އަދިވެސް އިތުބާރެއްނުކުރަން ދޯ" ނިމްރާ ދެބުމަ ކައިރިކޮށްލުމާއެކު ތުންކޮޅު ހަދާލިއެވެ.
"ސޮރީ ސްކާލެޓް، އައި ހޭވް ޑަން އިޓް އަގައިން، ރިއަލީ ސޮރީ... އިޓްސް ޔޯ ފޯލްޓް ޓޫ... އެހާ ސިއްރުން ނޫޅެ އެއީ ކާކުކަން އަހަރެން ގާތު ބުނިނަމަ" ނިމްރާ ހިތްހަމަނުޖެހޭކަށް އަރްސަލް ބޭނުމެއްނޫނެވެ.
"ހީ އިޒް މައި ޑަކްޓަރ، ރަޙުމަތްތެރިކަން ފިޔަވައި އިތުރު ގުޅުމެއް އަހަރެމެންގެނެތް... އަހަރެން ނުބުނީ އަރްސަލްއަށް އެއީ ކާކުކަން އެނގިދާނެތީ، ޑަކްޓަރ ލޫކަން، އެރޭ އެކްސިޑެންޓް ސީންގައި ހުރީ، ލޫންއާއި އަހަރެން ގެންދިޔައީ އެ މީހުންގެ ހޮސްޕިޓަލަށް" ލޫކަންއަށް ބަލާލަމުން ނިމްރާ ވާހަކަދެއްކިއެވެ. އެއާއެކު އަރްސަލް ވަރަށް ފަރުވާތެރިކަމާއެކު ލޫކަންއަށް ބަލާލިއެވެ.
"ބޭބް، އާ ޔޫ އޯކޭ، ޑަކްޓަރަށް ދައްކަން އައީ ކަމެއްވީތަ" އަރްސަލް އަވަސްއަވަހަށް ނިމްރާގެ ގާތުގައި އަހާލިއެވެ.
"ހީ ނޯސް" ލޫކަން އަހާލީ ނިމްރާގެ ގާތުންނެވެ. އެހިނދު ނިމްރާ ބޯޖަހާލީއެވެ.
"ވަޓް" އަރްސަލްއަށް ވާނުވާނޭނގިގެން ބުނެލިއެވެ.
"ނިމް އައީ މެރީ ކުރަން އުޅޭތީ އޭނާއަށް ދަރީން ލިބުމުގައި މައްސަލައެއް އުޅެދާނެތޯ ބަލަން، ކުރީން ވެސް އަހަރެން އޭނާ ދޫކޮށްލީ އޭނާގެ މައްސަލައެއްނެތްކަން އެނގިހުރެ، އެކަމަކު އޭނާގެ ހިތްހަމަޖެހުމަށް އަހަރެން އެއްބަސްވިން އަނެއްކާ ވެސް ޓެސްޓުތަކެއް ހެދުމަށް... ނިމް ބައްޔެއްނޫން، ޝީ އިޒް ޕާފެކްޓްލީ ހެލްތީ" ލޫކަން އޮޅުން ފިލުވައިދިނެވެ.
"ސްކާލެޓް" އަރްސަލް ސިއްރުން ކަހަލަ ގޮތަކަށް ނިމްރާއަށް ގޮވާލައި އޭނާގެ އަތުގައި ހިފާލިއެވެ.
"ގެއަށް ގޮސް ދެން ވާހަކަދައްކާނީ" ނިމްރާ އަވަސްއަވަހަށް ބުނެލިއެވެ.
"ވެއާ އިޒް ޔޯ ބްރާދަރ، އެރޭ އަހަންނާ ވާހަކަދެއްކީ އޭނަ، އެހެންވެ ކަންނޭނގެ އަހަރެން ނޭނގުނީ" އަރްސަލްއަށް ބަލަން އިނދެ ލޫކަން ބުނެލިއެވެ.
"އިޓްސް ނޮޓް ހާ ފޯލްޓް، ސަމްވަން ވޯންޓްސް ހާ ޑެޑް ދެޓް ނައިޓް... މައި ވައިފް ވޯޒް ކަލެޓަރަލް ޑެމޭޖް" އެ ހަނދާންތަކުގެ ތެރެއަށް ގެއްލި އިނދެ އަރްސަލް ބުނެލިއެވެ.
"އައި އޭމް ސޮރީ... ވެލް، ނިމް މީހަކާ އިންނަން އުޅޭ ވާހަކަ ބުނުމުން އަހަރެން ކުޑަކޮށް ވެސް ހިޔެއްނުކުރަން އެއީ ކަލެއަށް ވެދާނޭ" ލޫކަން ހީނލިއެވެ.
"އަހަރެން ވެސް ހިޔެއްނުކުރަން ކަލޭ ތީ ޑަކްޓަރަކަށް ވެދާނޭ" އަރްސަލް އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ. އެއާއެކު އިހުނަށްވުރެ ބާރަށް ލޫކަން ހޭންފެށިއެވެ.
"ޔޫ އާ އަ ވެރީ... އިންޓަރެސްޓިން މޭން، ޓްރަސްޓް މީ، ކަލޭ ކަންބޮޑުވާ ކަހަލަ ޚިޔާލެއް ނިމްއާމެދު އަހަރެން ނުކުރަން، އަހަރެން ވެސް އަހަރެންގެ އަންހެނުންދެކެ ވަރަށް ލޯބިވޭ، އަހަރެމެންގެ ދެ ކުދީން އެބަތިބި، ވަރަށް ފަހުން އަހަރެންގެ އަންހެނުން ވިހެއީ، އޭނާއަކީ އަހަރެންގެ ދުނިޔެ، އަހަރެންގެ ހުރިހާ އެއްޗެއް، އިތުރު އަންހެނަކަށް އަހަރެންގެ ޝައުގުވެރިކަމެއްނެތް" ހިނިއައިސްފައި އިނދެ ލޫކަން ބުންޏެވެ. އަދި މޭޒުމަތީ ބާއްވާލައިފައި އޮތް އޭނާގެ ފޯނު ނަގައި އޭގައި ހުރި އޭނާގެ އަނބިމީހާއާއި ކުދީންގެ ފޮޓޯ އަރްސަލްއާއި ނިމްރާއަށް ދައްކާލިއެވެ.
"އަންހެންކުއްޖެއްތަ ލިބުނީ" ފޮޓޯއަށް ބަލަން އިނދެ ނިމްރާއަށް އަހާލެވުނެވެ.
"ޝީ އިޒް އައިރާ، ޔެސް، އައި އޭމް ބްލެސްޑް ވިތް އަ ބިއުޓިފުލް ޑޯޓަރ" ލޫކަން ފަޚުރުވެރިކަމާއެކު ބުނެލިއެވެ. މިފަހަރު އަރްސަލް ވެސް ހިނިތުންވެލިއެވެ. އޭނާއަށް ހަމަޖެހިލެވުނީ ދެނެވެ. ލޫކަންއާ މެދު އަރްސަލްގެ ހިތުގައި އޮތް ޝައްކު ފިލައިގެންދިޔައީއެވެ.
"ސޮރީ މޭން، އަހަރެމެން އަދި ރަނގަޅަށް ތަޢާރަފު ނުވެވެއެއްނު ދޯ... އަހަރެން މީ އަރްސަލް، ދެތިން ދުވަހެއްގެ ތެރޭ އަހަރެމެންގެ ކައިވެނި ކުރެވޭނެ، އެންޑް ޝީ އިޒް މައި އެވްރިތިންގް، ނިމް، ޔޫ ޝުޑް އިންވައިޓް ހިމް ޓު ދި ވެޑިން" އަރްސަލް ބަލާލީ ނިމްރާއަށެވެ.
"އާ ޔޫ ޝުއާ" ނިމްރާއަށް ބުނެލެވުނެވެ. އެއާއެކު އަރްސަލް ހިނިތުންވުމެއް ދެމުން ބޯޖަހާލިއެވެ.
"އޯކޭ..." ނިމްރާ ހިނިތުންވެލިއެވެ. އަދި ލޫކަންއަށް އެ މީހުންގެ ކައިވެނި ޙަފުލާގައި ބައިވެރިވުމަށް ދަޢުވަތު ދިނެވެ. ކައިވެނި ޙަފުލާގެ ތަފްޟީލު ލިޔެފައިވާ ކާޑު އަތަށް އެރުމުން ލޫކަންއަށްވީ ދަޢުވަތު ކާޑު ދޭން އަންނާނަން ކަމަށް ނިމްރާ ބުންޏެވެ. އުފަލާއެކު ލޫކަން އެ ދަޢުވަތު ބަލައިގަތެވެ. އޭނާ އިނީ އެ ދެ މީހުންގެ ދެމެދުގައި އެހާ ގާތް ގުޅުމެއް އުފެދުން ގޮތެއް އޮޅުން ފިލުވާ ހިތުންނެވެ. އެހެންނަމަވެސް ފުރަތަމަ ބައްދަލުވުމުން އެފަދަ ސުވާލެއް ކުރިމަތި ކުރުވަން ލޫކަން ފަސްޖެހުނީއެވެ. އޭނާގެ ސުވާލުތަކަށް ޖަވާބުދޭން އަރްސަލް ބޭނުންނުވެދާނޭ ހީވާތީއެވެ. އަރްސަލްއާއި ނިމްރާގެ ގުޅުން ހަޤީޤަތުގައި ވެސް ލޫކަން އަޖައިބު ކުރުވައިފިއެވެ. ދެއަހަރު ކުރީން ހޮސްޕިޓަލް ތެރޭގައި ގޮސް ހުސްވެފައި އިންތަން ފެނުނު ޒުވާނާއާއި މިހާރު އޭނާގެ ކުރިމަތީގައި އިން އަރްސަލް ވަރަށް ތަފާތުކަން ލޫކަންއަށް ފާހަގަވިއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ ނިމްރާއަށް ދެވިފައިކަން ލޫކަން ދެނެގަތެވެ.
ލޫކަންއާއެކު ނިމްރާއާއި އަރްސަލް އެނބުރި އޭނާގެ ކުލިނިކަށް އައެވެ. ލޫކަން އެއްބަސްވި ފަދައިން ނިމްރާގެ ޓެސްޓްތައް އޭނާ ހެދިއެވެ. ނިމްރާ ބޭނުންވީ ދަރިމައިވުމުގައި އޭނާއަށް ދަތިކަމެއް ހުރެދާނެތޯ ބެލުމަށެވެ. އެކްސިޑެންޓްގައި ދަރިފުޅު ބައިގެން ދިއުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ލިބިފައިވޭތޯ ޔަގީންކުރަން އަދިވެސް ނިމްރާ ބޭނުންވީއެވެ. ހެދި ސްކޭންތަކުގައި އެއްވެސް މައްސަލައެއްނެތްކަމުގައި ލޫކަން ބުންޏެވެ. ސްކޭން ކޮޓަރީގައި ހުރި އަރްސަލް ކޮންމެ ކަމެއް ތަކުރާރުކޮށް ޔަގީންކުރެއެވެ. ނިމްރާގެ ލޭގެ ޓެސްޓުގެ ނަތީޖާ ނަގަން އަނެއް ދުވަހު އައުމަށް ލޫކަން އެދުނެވެ. އިތުރު ކަމެއް ނެތުމުން ނިމްރާ ގޮވައިގެން ދިއުމުގެ ހުއްދަ ލޫކަން ދިނެވެ.
"ވައި ޔޫ ވޯންޓް އަ ޗެކްއަޕް" ކާރުގައި ނިމްރާއާއެކު އިން އަރްސަލް ބުންޏެވެ.
"ޓު މޭކް ޝުއަރ އައި އޭމް ނޮޓް ބްރޯކަން" ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިނދެ ނިމްރާ ބުނެލިއެވެ.
"ސްކާލެޓް" ކާރުގެ ދުވެލި މަޑުކޮށްލަމުން އަރްސަލް ގޮވާލިއެވެ.
"މެރީ ކުރާފަހުން އަހަރެންގެ މައްސަލައެއް ހުރިކަން އަރްސަލްއަށް ފާހަގަވެއްޖެއްޔާ... އެހެންވެ އޭގެ ކުރީން ޔަގީން ކުރަން ބޭނުންވީ" އަރްސަލްއަށް ބަލާލަމުން ނިމްރާ ތެދު ހާމަކުރިއެވެ.
"އެހެންވިޔަސް އަހަރެންވާ ލޯބި ބަދަލެއްނުވާނެ، ކައިވެނިނުކޮށެއް ވެސް ނުހުންނާނަން، އަހަންނާ ދުރަށް ދިޔަކަ ވެސް ނުދޭނަން، އަހަރެން ނުބުނަންތަ ކޫސަނި ޚިޔާލު ތި ސިކުނޑިން ނުކުރާށޭ، ގޯޑް... އަހަރެން ކިހިނެއްތަ މި އަންހެންކުއްޖާއަށް ހަދަންވީ، މިވަގުތު އެޕާޓްމެންޓުގައި ނުތިބެވުނުކަން އެއީ ސްކާލެޓްގެ ނަސީބު އިނގޭ، އައި ރިއަލީ ވޯންޓް ސްޓޮޕް މައިސެލްފް" ނިމްރާގެ ކަންފަތު ފޫޅުގައި ހިފައި އަރްސަލްއާ ގާތަށް ދަމާލިއެވެ. އޭނާގެ އެ ހަރަކާތުން ނިމްރާ ހީނލިއެވެ.
"ސޮރީ... އެންޑް ތޭންކް ގޯޑް އަހަރެން ކާރުގައި އިންކަން" ހިނިތުންވެލައިގެން އިނދެ އަރްސަލްގެ ގާތަށް ޖެހިލައި އޭނާގެ މުލައްދަނޑީގައި ދެއަތްވަށައިލާ ނިމްރާ ބައްދާލިއެވެ.
"ޑަކްޓަރ ލޫކަން ވަރަށް ހެންޑްސަމް ދޯ" ލާނެތް ހިންޏެއް އައިސްފައި އިނދެ ނިމްރާ ބުނެލިއެވެ.
"މިހާރު ކީކޭ ކިޔަން ތިއުޅެނީ، އަހަރެން ކަމެއްނުކޮށްގެން ދޯ ސްކާލެޓް ތިއުޅެނީ" އަރްސަލް ހަރުކަށި ގޮތަކަށް ބުނެލިއެވެ. ނިމްރާ ތަންކޮޅެއް ބާރަށް ހީނލިއަޑު ކާރުގައި ހަރުލިއެވެ.
ހޮޓެލަށް އަރްސަލްއާއި ނިމްރާއަށް އާދެވުނީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. ޕެންޓްހައުސް އެޕާޓްމެންޓުގައި ނިމްރާއާއެކު އަރްސަލް މަޑުކޮށްލައިގެން އިންދާ އަރްސަލްއަށް ޒިވަން ގުޅިއެވެ. އޭނާގެ ކެބިންގައި އިންކަމުގައި ބުނެ އައިސް ދިނުމަށް އޭނާ އެދުނެވެ. ޒިވަންކަން ގުޅީއާއި އޭނާ ގާތަށް ގޮސްފައި އެބައަންނަން ކަމުގައި ބުނެ އަރްސަލް އެޕާޓްމެންޓް އިން ނުކުތެވެ.
ޒިވަންގެ ކެބިންއަށް އަރްސަލް އައިސް ވަނުމުން އޭނާ ދެއްކީ ވިވިއަންގެ ވާހަކައެވެ. ނިމްރާއާ އެ ވާހަކަ ދައްކައިފިންތޯ އޭނާ އެއްސެވެ. ކައިވެނި ކުރާ ތާރީޚް ކައިރިވަމުން އަންނައިރު ވިވިއަން އެދެނީ ނިމްރާއަށް ކައިވެނި ހެދުމެއް ހަދިޔާ ކުރާށެވެ. އެރޭ ޙަފުލާގައި އެ ހެދުން ލުމަށް ވިވިއަން އެދޭކަން ޒިވަން ހާމަކުރިއެވެ.
"އަހަރެން މި ވާހަކަތައް ނިމްއާ ދައްކަންވީތަ؟" އަރްސަލް އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒިވަން ބުނެލިއެވެ.
"ނޫން... އަހަރެން ބުނާނަން، މިހާރު ގޮސް ބުނާނަން، އެކަމަކު... ނިމް ހެދުން ފައިނަލްކޮށްފަ އިނީމަ" އަރްސަލް ބުންޏެވެ.
"އަހަންނަށް ހީވަނީ އަހަރެން މިވާހަކަތައް ދެއްކުން ކަންނޭނގެ އެންމެ ރަނގަޅުވާނީ، ނިމް ނިންމާގޮތެއް އަހަރެންނަށް އެނގޭ މަންމަ ޤަބޫލުކުރާނެކަން" ޒިވަން ގޮނޑިން ތެދުވިއެވެ.
"ހިނގާ އެހެންވީރު، އިތުރަށް ލަސްކުރެވޭކަށް ވެސް ދެން ނެތެއްނު" އަރްސަލް އެއްބަސްވިއެވެ. ދެތިން ދުވަސްތެރޭ ކައިވެނި ކުރެވޭނެކަން ޔަގީންވާއިރު ގާތްގަނޑަކަށް ހުރިހާކަމެއްހެން އޮތީ ހަމަޖެހިފައެވެ. ނިމްރާ ބޭނުންވަނީ ހޮޓެލްގެ ބޯލްރޫމުގައި ކައިވެނި ޙަފުލާ ބާއްވާށެވެ. އެރޭ ޙަފުލާ ނިންމާފައި އަންނާނީ ޕެންޓްހައުސްއަށް ކަމުގައި ނިންމީ އަރްސަލްއެވެ. ޖެހިގެން އަންނަ ދުވަހު ރާދިންމެންގެ ދެމަރިންނާއި އަރްސަލްމެން ވެސް ރާއްޖޭން ބޭރަށް ފުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
ދެ ޒުވާނުން އައިސް ޕެންޓްހައުސްއަށް ވަނެވެ. ޒިވަން ފެނުމުން ނިމްރާ ހިނިތުންވެލިއެވެ. ސޯފާގައި ދެ ޒުވާނުން ހަމަޖެހިލެވުމާއެކު ޒިވަން ވާހަކަދެއްކިއެވެ.
"ހޭ ލިޓްލްވަން، ބޮޑުކަމެއް ޖެހިގެން މިއައީ" ޒިވަން ބުނެލިއެވެ.
"ކިހާވަރެއްގެ ކަމެއް" ނިމްރާ އަހާލިއެވެ.
"މައި މަމް، ވިވިއަން... ނިމްއާ ވާހަކަދައްކަން ބޭނުންވަނީ، ނިމްގެ ވެޑިންގަ ބައިވެރިވާން ބޭނުންވެގެން" ޒިވަން ބުންޏެވެ. (ނުނިމޭ)