ހަބަރު

ޝެއިހް އިމްރާން ދޫކޮށްލަން ވަގުތީ އަމުރެއް ނެރެފި

Nov 1, 2018
4

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމަށް އަމަލު ކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން މިއަދު ނެރެފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކުރީ އިމްރާންގެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އިމްރާން ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސް ކުރުމަށާއި އެމަނިކުފާނާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅު ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗައް އަމުރު ކުރާ ކަމަށެވެ.

އިމްރާން ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލީ 2015 ވަނަ އަހަރުގަ އެވެ. އެއީ އެ އަހަރު ބޭއްވި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ. އެ ހުކުމަށް މީގެ ކުރިން ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.