ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރިމަތިލައްވައިފި އެވެ.
މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ގާސިމްގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަަރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި އެ ނަންފުޅަށް ތާއީދު ކުރެއްވީ އިންްތިހާބީ ރައީސްގެ ނައިބު އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ.
އަބްދުއްރަހީމްގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އެވެ. އެ ނަމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
މަޖިލީހުގެ ރިޔާސަތުން ފުރަތަމަ އެކުލަވާލީ މަޖިލީހުގެ ރައިސްއަކު ހޮވުމުގެ ސިއްރު ވޯޓުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ފަސް މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްތަކެވެ.
ސިއްރު ވޯޓު ކުރިޔަށް ގެންދިޔަ ކޮމިޓީގައި ހިމެނޭ މެންބަރުން:
- ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު
- މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް
- ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
- ކެނދިކުޅުދޫ ދާއިރާގ މެންބަރު އަލީ މައުރޫފް
- މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް