ކަނޑުމަތީގެ ހާދިސާ

ތެޔޮ ބޯޓަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ރޭ ފަތިހު މާލެކައިރިން ދަތުރުކުރަމުން ދިޔަ ތެޔޮ ބާޒަކާއި ދޯންޏެއް ޖެހި އެކްސިޑެންޓްވެ ދޯނި އަޑިއަށް ހިނގައްޖެ އެވެ.

ކޯސްޓްގާޑުން ބުނީ ރޭ ފަތިހު 4:45 އެހާއިރު އެކްސިޑެންޓް ހިނގީ މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި ކަމަށެވެ. ހޯކްސް ކުންފުނީގެ ބާޒުގައި ޖެހި އެކްސިޑެންޓްވި ދޯންޏަކީ، ބ. މާމަޑުއްވަރީއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ "ރަމްކޯ" ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އެ ދޯންޏަކީ 23 މީޓަރުގެ ދޯންޏެކެވެ.

ކޯސްޓްގާޑުން ބުނީ، އެކްސިޑެންޓް ހިނގިއިރު ދޯނީގައި ހަތަރު މީހަކު ތިބި ކަމަށެވެ. އެކަމަކު އޭގެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ. ކޯސްޓްގާޑުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގުމާ އެކު "ރަމްކޯ" ދޯނީގެ ކޮޅުމައްޔާ ފަޅައިގެން ގޮސް ދޯނީގެ ބޮޑު ބައެއް އެ ސަރަހައްދަށް އަޑިއަށް ދިޔަ ކަމަށެވެ. އަދި ދޯނީގައި ތިބި ހަތަރު މީހުން ތެޔޮ ބާޒަށް ނަގައި ސަމާލަތްކުރި އެވެ.

އެ ދޯނި ފުން ކުރެވޭތޯ ކޯސްޓްގާޑުން މިހާރު ދަނީ މަސައްކަތް ކުރަމުން އެވެ. އަދި އެކްސިޑެންޓް ހިނގަން ދިމާވި ސަބަބު ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.