ހަބަރު

އިމްރާންގެ ފުން ލޯތްބާއި ތައުރީފް އަނބިކަނބަލުންނަށް!

ޖަލު ހުކުމެއްގެ ދަށުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ދޫވުމާއެކު އެމަނިކުފާނު ފުރަތަމަ ކުރެއްވި ޓްވީޓުގައި އަނބިކަނބަލުންގެ ކުރެއްވި މަސައްތަކަށް ލޯއިއްބާއެކު ތައުރީފް ކުރައްވައިފި އެވެ.

މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ އިމްރާން ޖަލަށްލާފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން 12 އަހަރަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އޭނާ ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ވަގުތުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

އިމްރާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންދުގައި ހުންނަން ޖެހުނު މިދިޔަ ކޮންމެ ދުވަހަކީ ވަރަށް ދަތި އުނދަގޫތަކެއް ތަހަންމަލު ކުރަން ޖެހުނު ދުވަސްތަކެއް ކަމަށެވެ. ނަމަވެސް އޭނާގެ އަނބިކަނބަލުން ވަނީ އެކަމަނާއަކީ އެންމެ ވަރުގަދަ އެއް ކަނބަލުންގެ ތެރެއިން ކަނބަލެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެކަމަނާ ވަނީ "ކަނޑު ހުރަސްކޮށް ފަރުބަދަ ވެސް ގުޑުވާފައި" ކަމަށް އިމްރްން ވިދާޅުވި އެވެ. އަދި އެ މަސައްތުގެ އަގު ދުވަހަކު ވެސް އަދާ ނުކުރެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ކުރެއްވި ޓްވީޓު

އިމްރާންގެ އަނބިކަނބަލުން ވަނީ އޭނާ ޖަލުގައި އޮންނެވި އިރު އިހުތިޖާޖުތަކަށް ނިކުމެވަޑައިގަތް، ކެމްޕެއިން ދަތުރުތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އަދި އިމްރާން މިނިވަން ކުރުމުގެ ގިނަ މަސައްކަތްތަކެއް ވެސް އެކަމަނާ ކުރެއްވި
އެވެ.