ހަބަރު

އަދާލަތު ޕާޓީއަކީ މިހާރު ޒުވާނުންގެ ޕާޓީއެއް ކަމަށް ޝައިޙް އިމްރާން ވިދާޅުވެއްޖެ

އަދާލަތު ޕާޓީއަކީ މިހާރު ޒުވާން ޕާޓީއެއް ކަމަށް އެ ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ޝައިހް އިމްރާން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު ޖަލަށްލާ، އަދި ދައުލަތުގެ އެހީތައް ކަނޑާލާ، ހުރިހާ ނުފޫޒެއް ބޭނުންކޮށްގެން ވެސް، އަދާލަތު ޕާޓީ ނައްތާ ނުލެވުނު ކަމަށެވެ. އޭގެ ބަދަލުގައި ވީ ކަމަކީ ފިސާރި ޒުވާން ހިތްވަރުގަދަ ލީޑާޝިޕަކަށް ފުރުސަތު ލިބުން ކަމަށެވެ.

އަދާލަތަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ލީޑާޝިޕްގެ ދަށުން، އެ ޕާޓީ ނަގާ ކޮޅަށް ޖެހި ޓީމްގެ އެވްރެޖް އުމުރަކީ 35 އަހަރު ކަމަށާއި، މިއަދު އަދާލަތު ޕާޓީއަކީ ޒުވާން ޕާޓީއެއް ކަމަށް ޝައިޙް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ޝައިޙް އިމްރާން ކުރައްވާފައިވާ ޓުވީޓް

ދެހާސް ފަނަރަ ވަނަ އަހަރުގެ މޭޑޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އިމްރާން އަބުދުﷲ ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ އެދުވަހުގެ ހަމަނުޖެހުންތަަކަށް މަގުފަހިވީ އެމަނިކުފާނު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކަމަށް ނިންމުމަށްފަހު އެވެ.

އެ ދައުވާ ސާބިތުވެ ޝައިހް އިމްރާން 12 އަހަރަށް ޖަލަށްލާން ދަށުކޯޓުން ހުކުމް ކުރީ 16 ފެބްރުއަރީ 2016 ގައެވެ. އެ ހުކުމަށް، ހައިކޯޓުން ތާއިދުކޮށްފައިވެއެވެ. އަދި ސްޕްރީމް ކޯޓުން ވެސް އެ ހުކުމް އިލްތިމާސަށް ބަލައި ނުގަތުމަށް ނިންމި އެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުގެ އެ ނިންމުން މުރާޖާކޮށްދިނުމަށް އެދިފައިވާތީ ސްޕްރީމް ކޯޓުން ވަނީ އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން މިދިޔަ ބުރާސްފަތި ދުވަހު އިމްރާން ވަގުތީ ގޮތުން މިނިވަން ކޮށްފަ އެވެ.