(4 ނޮވެމްބަރ 2018 އާ ގުޅޭ) -- "އީވް، ދާންވީނު މަންމެން މޭޒެއްގެ ދޮށުގައި ބައިތިއްބަން" ނިމްރާގެ ގާތުގައި ހިނިއައިސްފައި ހުރި އީވާއަށް ނިމްރާ ބުންޏެވެ.
ނިމްރާއާއި އަރްސަލް ފެންނަ ހިސާބުގައި ހުރި މޭޒުގެ ދޮށުގައި ވިވިއަންއާއި ނޯލެންގެ އިތުރުން ބިލާލުގެ ދެމަފިރިން ތިއްބެވެ. އެ މީހުންނާ މުއްޠަލިބުގެ ދެމަފިރިން ވެސް ބައިވެރިވެ އެ މޭޒުގެ ދޮށުގައި އިށީނެވެ. ބިލާލުގެ ސުވާލު އަމާޒުވީ ވިވިއަންމެންގެ ދެމަފިރިންނަށެވެ. އޭނާގެ ސުވާލުތަކައް ނިކަން ވިސްނައިގެން އިނދެ ވިވިއަން ޖަވާބުދިނެވެ. ނިމްރާގެ މައިންބަފައިންގެ ދުނިޔޭގައި ޖެހުނު މައްސަލައެއްގައި އެ ޢާއިލާއާ ދުރުގައި ވިވިއަންމެން އުޅެނީކަމުގައި އޭނާ ބުނެ ދޮގު ހެދީ ނިމްރާއަށް ހަޤީޤަތް އެނގިދާނޭތީއެވެ. އެހެންވެ ނިމްރާގެ މާމައާއި ކާފަ ނިޔާވިކަމެއް އެ މީހުން ނުދެނަހުރިކަމާއި ނިމްރާ އެކަނިއުޅޭކަން އެ މީހުންނަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. ހުރިހާ ކަމެއް އެނގުނު އިރު ނިމްރާއާއި އަރްސަލްގެ ދެމެދުގައި ގާތް ގުޅުމެއްވަނީ އުފެދިފައިކަން ވިވިއަން ހާމަކުރިއެވެ. ނިމްރާ ޤަބޫލުނަމަ އެ މީހުންނާއެކު ގެންދަން ބޭނުންވާކަން ވެސް ވިވިއަން ބުންޏެވެ. އެހެންނަމަވެސް އެ އެދުން މިހާރު ދެން ފުރިހަމަނުވާނޭކަން އޭނާ ބުނެލީ ލުއި ހިނިތުންވުމަކާއެކުއެވެ. އަރްސަލްއާ ދުރަށް ނިމްރާ ފިޔަވަޅެއް އެޅިޔަ ވެސް އޭނާ ނުދޭނެކަން ވިވިއަން ބުނެލީ އަރްސަލްއާއި ނިމްރާއަށް ބަލަން އިނދެއެވެ. އެކަމާ ބިލާލު ވެސް އެއްބަސްވެލިއެވެ.
ވިވިއަންގެ ނަޒަރު އޭނާގެ އަންހެން ދަރިފުޅަށް ހުއްޓިފައި ހުރިއިރު އޭނާގެ ތުންފަތުގައިވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ކައިވެނި ހެދުމުގައި ނިމްރާ ހުރިއިރު އެ ދަރިފުޅުގެ އުފާވެރިކަމުގައި ބައިވެރިވާނޭ ފުރުޞަތު ލިބުނީތީ އޭނާގެ ހިތާއި ނަފްސުން ޝުކުރުވެރިވެއެވެ. މިރޭ ނިމްރާ ފެންނަލެއް މާބޮޑަށް ވެސް ތަފާތެވެ. އެ ދަރިފުޅުގެ ކުރު އިސްތަށިގަޑު އެއްފަރާތުން މަގުފަޅައި އޮމާންކުރެވިފައިވާއިރު އެކުއްޖާގެ އިސްތަށިގަނޑުގައި ޖަހާފައި އިން ރަންކުލައި ފަތްކޯޅިއަކީ ވިވިއަންއަށް ނޯލެން ހަދިޔާ ކުރި ލޯބީގެ ނިޝާނެކެވެ. ނޯލެންއަކީ މުއްސަނދި ދިރިއުޅުމެއް އުޅޭ މީހަކަށްވާތީ އޭނާއާ ގުޅުނު ހިސާބުން ވިވިއަންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. އެހެންނަމަވެސް އޭނާއަކީ ވެސް ސާދާ ގޮތް ކަމުދާ އަންހެނެވެ. ނިމްރާގެ ފުށުން ވެސް ފެންނަނީ އެ ސިފައެވެ. ނިމްރާ ކައިވެނި ހެދުން ޚިޔާރުކުރަން އުޅުނު ގޮތުގެ ޚިޔާލު އާވުމުން ތަންކޮޅެއް ބޮޑަށް ވިވިއަންއަށް ހީނލެވުނެވެ.
ގާތުގައި މަންމަ ނެތް ނަމަވެސް ނިމްރާގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދިޔައެވެ. ވިވިއަންގެ ހިތަށް އެކަމުގެ ސަބަބުން އަސަރުކުރި ނަމަވެސް އޭނާ ހިތްހަމަޖައްސާލީ ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ލިބުނީތީއެވެ. އަރްސަލްއަކީ ނިމްރާދެކެ ހަޤީޤީ ލޯބިވާ ބައިވެރިއެއްކަން ވިވިއަންއަށް ޔަގީންވެއެވެ. އޭނާއެކޭ އެއްގޮތަށް އެ މޭޒު ދޮށުގައި ދެން ތިބި އެންމެންގެ ސަމާލުކަން ވެސް ހުރީ އަރްސަލްއާއި ނިމްރާއަށް ހުއްޓިފައެވެ.
"ކިހިނެއްވީ؟" އަރްސަލްގެ މުލައްދަނޑީގައި ނިމްރާ ހިފާލި ގޮތުން އޭނާ އަހާލިއެވެ.
"ފައިވާޅުވީ... ބޫޓު އުސްކަމުން... އާބޫޓެއްވީމަ ވަރަށް ފަޔަށް ތަދުވޭ" ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލާލަމުން ނިމްރާ ބުނެލިއެވެ. ރަލްފް ރޫސޯ ގެ އީޑަން ޕަމްޕްގެ ރަންކުލައަށް ދާ ޝޭޑްގެ ސެޓިން ބޫޓަކީ ވިވިއަން ކައިވެނީގައި ނިމްރާ އަރަން ޚާއްޞަކޮށް ގަނެގެން ގެނައި ބޫޓެކެވެ. ކައިވެނީގެ "ތީމް"އާ ގުޅުވާލާފައެވެ.
"އުރާލަންތަ" އަރްސަލް ހިނިތުންވެލިއެވެ. އޭނާގެ އެ ސަމާސާ ނިމްރާ ހެއްވާލިއެވެ.
"ގަޑިން ވީއިރެއް ބަލާލަބަލަ، އިރުކޮޅަކަށް އިށީންނަން ބޭނުންވަނީ" ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ވަށައިގެން ނަޒަރު ހިންގާލިއެވެ.
ރާދިންގެ ލޮލުގައި އަރްސަލްއާއި ނިމްރާ އަޅައިގަތީ އެވަގުތެވެ. އެ ދެ މީހުން ތިބި ގޮތުން ކަމެއް ބޭނުންވެފައި ހުރިހެން ހީވެ ރާދިން އަވަހަށް މޭޒުދޮށުން ތެދުވެގެން އެ މީހުންގެ ގާތަށް އައެވެ. އެގާރަޖަހަނީކަން އެނގުމުން ނިމްރާ މާޔޫސްވާގޮތްވިއެވެ. ބާރަޖަހަންދެން އޭނާ އެ ބޫޓުގައި އުޅެން ކެތްވާނޭކަމާމެދު ނިމްރާއަށް ޝައްކެވެ.
"އަހަރެންނަށް ވަގުތެއްވާންވާއިރަށް އަހަރެންގެ އަންހެނުން ވަރުބަލިވެގެން އަނބުރައިގަންނަވަރުވާކަށް އަހަރެން ބޭނުމެއްނޫން، ރާދު... އިރުކޮޅަކަށް އިށީނދެވޭނޭގޮތެއް ހަމަޖައްސަބަލަ" އަރްސަލް ބުންޏެވެ.
"އޭރުން ކަމަކު ނުދާނެ ދޯ... ޚާއްޞަކޮށް މިރޭގަ، އެބަ އަންނަން ތިކަން ހަމަޖައްސާފަ" ނިމްރާއަށް އެއްލޯ މަރާލަމުން ރާދިން ބުންޏެވެ. އޭނާގެ ގާތަށް ހަލަފްއާއި ޝިހާނާ އަންނަންވީއިރު ރާދިން ހިނގައިގަނެއްޖެވެ. އެހެންވެ އޭނާގެ ފަހަތުން އަނެއްކައި އެ ދެ މީހުން ދިޔައެވެ.
"ވެޑިން ލުކް ޕާފެކްޓް ކުރަން މިހާވޭން ތަހައްމަލު ކުރަން ޖެހިދާނޭ ހިޔެއްނުކުރަން" ފުންނޭވާއެއް ދޫކޮށްލި ނިމްރާ ބުނެލިއެވެ. އަރްސަލް ކުޑަކޮށް ހީނލިއެވެ. އަދި އޭނާގެ ލޯބިވާ އަނބިމީހާގެ އަތުގައި ހިފާލިއެވެ.
"މިރޭ ހަޤީޤަތުގައި ވެސް ވަރަށް ވަރަށް ރީތި ސްކާލެޓް، ހަމަ ލޯބިން ގޮސް ބޮސްދޭން ބޭނުންވަނީ... ހިތަށް އަރާ ހަމަމިހާރު، މިވަގުތު ސްކާލެޓް ނަގައި ކޮނޑަށް ލައިގެން މި އެންމެންގެ ތެރެއިން ދުވެ ފިލަންވީއޭ، އެކަމަކު އެހެން ހަދާކަށް ވެސް ބޭނުމެއްނޫން... މީ ސްކާލެޓްއާއި ޑެވިލްގެ ވެޑިން، މިކަހަލަ ރެޔެއް ދެނެއް ނާންނާނެ، ޔޫ ހޭވް ޓު އިންޖޮއި އިޓް ޓު ދި ފުލަސްޓް، ކައިވެނީގެ ތަޖުރިބާ ފެށޭ ހިސާބަކީ މީ އެންނު ދޯ، އެންމެންގެ ރުހުމާއެކު... މީ އަހަރެން ވެސް ސްކާލެޓް ވެސް ބަލަމުން އައި ހުވަފެނެއްނު" ނިމްރާގެ ކޯތާފަތުގައި އަރްސަލް ފިރުމާލިއެވެ. އެ މީހުންގެ ހަރާކަތްތަކަށް އެތައް ލޯތަކެއް އަމާޒުވެފައި ހުރިކަން އެނގޭއިރު ވެސް އަރްސަލްގެ އަޅާލުމެއް އެކަމަށްނެތެވެ. ލުއި ހިނިތުންވުމަކާއެކު ނިމްރާ ބޯޖަހާލީ އަރްސަލްގެ ވާހަކަތަކަށް އެއްބަސްވުމަށެވެ.
"އައި އޭމް ފައިނަލީ މެރީޑް ޓު ދި ޑެވިލް" ނިމްރާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ނުދިޔައެވެ.
ގޮނޑީގައި އިށީނދެވުމުން ހަމަޖެހުމުގެ ނޭވާއެއް ނިމްރާ ދޫކޮށްލިއެވެ. އޭނާގެ ގާތުގައި ޢާއިލާގެ އެންމެން އައިސް މަޑުކޮށްލީ ވީ ގޮތެއް އޮޅުން ފިލުވާށެވެ. ފެންތަށްޓެއް ހިފައިގެން އައި ހަލަފް އަވަސް އަވަހަށް ނިމްރާގެ ގާތުގައި ކުޑަކަކޫ ޖަހާލިއެވެ. ނިމްރާ ފެންފޮދެއް ބޯލިއެވެ. ވިވިއަންގެ އިޝާރާތަކަށް މަޑުކޮށްގެން ތިބި ދެ ކުދީން އޭނާގެ ގާތަށް އައެވެ. ހުރިހާ ފޮޓޯއެއްގައި ވެސް ނިމްރާއާއި އަރްސަލް ފެންނަން ވިވިއަން ބޭނުންވަނީ އެންމެ ފުރިހަމަ އަށެވެ. އެހެންވެ ނިމްރާ ކޮށްފައި ހުރި "ނެޗުރަލް މޭކަޕް"އަށް ކިރިޔާ ބަދަލެއް އަޔަސް އެކަން ވިވިއަން ރަނގަޅުކޮށްލައެވެ. ޙަފުލާ ފެށުނު އިރު ހުރި ނިމްރާގެ ސިފަ އެންމެ ތަންފުކެއް ވެސް ބަދަލެއް ނުވެއެވެ. ބޮލުގެ އިސްތަށްޓެއްހާ ހިސާބު ވެސް އެވެ.
ޙަފުލާއަށް އައި އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ ކައިވެނި ޙަފުލާ ނިންމާފައި ނުކުންނަ މީހުންނަށް ދޭ ހަދިޔާއިންނެވެ. "ވެޑިން ފޭވާސް"ގެ ގޮތުގައި ރަންކުލައިގެ ފިނިފެންމަލަކާއި އަރްސަލްއާއި ނިމްރާގެ ނަން ރަންކުލައިން ޖަހާފައިވާ ކަޅު ތަށްޓެއްގައި އިން އުއްބައްތިއެއް ހަމަ ކޮންމެ މީހަކަށް ވެސް ދެމުންދިޔައެވެ. އެކަމާ ހަވާލުވެގެން ތިބީ ޒިވަންއާއި ހަލަފްއެވެ. ކޮންމެ މީހަކުމެ ނުކުމެންދަނީ އެ ކައިވެނި ޙަފުލާގައި ބައިވެރިވެވުނީތީ އުފަލުން ތިބެއެވެ. ނަމަވެސް ބައެއް އެކުވެރީންގެ ޝަކުވާއަކަށްވީ އެ ހަފުލާގައި ހުރި ހަތަރުބަޔަށް ހަދާފައިވާ ކޭކުގެ ރަހަ އަނގައިގައި ނުލީމައެވެ. "އައިވަރީ" ސެޓިނުގައި ރަންކުލައިގެ ޖަރީއިން ލޭސް ފަރުމާއަކަށް ކުރަހާފައި ހުރި ކަހަލައެވެ. ރަންކުލައިގެ ބޮޑު ހަތަރު މައު ކޭކުގެ އެކި ހިސާބުގައި ހަރުކޮށްފައި ހުއްޓެވެ. ގިނަ ބަޔަކު އެ ކޭކުގެ ފޮޓޯ ނެގިއެވެ. ޙަފުލާގެ ކޮންމެ ކަމެއް ވެސް އެހާމެ ފުރިހަމައެވެ. މީހުން އާޝޯޙު ކުރުވާ ފަދަ ރީތިކަމެއް ހުރިހާ ފަރާތަކުން ފެންނަމުންދިޔައެވެ.
އެގާރަގަޑި ސާޅީސް ހިނގަންވީއިރު ހޯލްތެރޭގައި ތިބީ އެންމެ ގާތް އެކުވެރިންނާއި ޢާއިލާގެ މެންބަރުންނެވެ. އެމީހުންގެ އިތުރުން ދެން އުޅެނީ ލައިވް މިއުޒިކް ކުޅުމުގައި ތިބި ބޭންޑާއި އިވެންޓުގެ ކަންކަން ބަލަހައްޓަމުންދިޔަ ސްޓާފުންނެވެ. އަރްސަލްއާއި ނިމްރާއަށް ޚާއްޞާކޮށްފައި ހުރި މޭޒުދޮށުގައި އެ މީހުން ކެއުމަށް އިންސާފުކުރަމުންދިޔައިރު ބޭންޑުގެ ސްޓާފުން ވެސް ބުފޭ މޭޒު ކައިރީ އުޅެއެވެ. ޙަފުލާގައި ހަރަކާތްތެރިވަމުންދިޔަ ހަތަރު ފޮޓޯގަރަޕަރުން ތެރެއިން އެކަކު އަރްސަލްއާއި ނިމްރާގެ ގާތުގައި އުޅެއެވެ. އެންމެންގެ ސަމާލުކަން އަތުލީ ހަލަފްއެވެ. ބޭންޑު ތިބޭ ސްޓޭޖުމަތީ މައިކުން ވާހަކަދައްކަން އޭނާ ހުއްޓެވެ. ޙަފުލާ އަދި ނިމެން ކައިރި ވެސް ނުވާކަން އޭނާ ޢިއުލާން ކުރިއެވެ.
"ކަންތަކާ ޖެހުނީ" ކާން އިނދެފައި އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ހީނގަތެވެ. ހަލަފްގެ ސަކަރާތަށް އެންމެންގެ ސަމާލުކަން ހުއްޓިފައި ހުއްޓެވެ. އޭނާ ލައިގެން ހުރި ކާކީ ބްލޭޒާ ބާލައި ގޮނޑިއެއްގައި އަޅުވާލައި ވެސްޓުގެ ތެރެއިން ލާފައި ހުރި ހުދު ގަމީހުގެ އަތްކުރި އުޅަންބޮއްޓާ ހަމައަށް އޮޅާލިއެވެ. ހީވީ އޭނާގެ މަސައްކަތަށް ތައްޔާރުވެލީ ހެނެވެ.
"އަހަރެމެންގެ ވެޑިން ސްމޫތްކޮށް ދިޔަޔަސް މިރޭ މީ އާދައިގެ ދެ މީހުންގެ ވެޑިންނެއްނޫން، އެހެންވީމަ އުންމީދު ވެސް ނުކުރާތި ހީކުރި ގޮތަށް ހުރިހާކަމެއް ހިނގައިދާނޭ" ހިނިގަނޑެއް ޖަހާލި ރާދިން ބުންޏެވެ.
"ހަލަފް ވަރަށް ޕްލޭންކޮށްފައި އޮއްވާ ޕެންޓްހައުސްގަ އަރްސަލްމެން މަޑުކުރާކަން އެނގިގެން ވަރަށް މޫޑީވެފައި ހުރީ، އެކަކު ވެސް އޭނާ ގާތު އެ ވާހަކަ ނުބުނެގެން ޝަކުވާކުރި" ޝިހާނާ ބުންޏެވެ.
ކައި ނިމިގެން މޭޒުދޮށުން އަރްސަލްއާއެކު ނިމްރާ ތެދުވިއެވެ. އެއާއެކު ހަލަފުގެ ކުޅިވަރު ފެށުނެވެ. ދެމަފިރންނަށް ޓަކައި ޢާއިލާއާއި ރަޙުމަތްތެރިންގެ ޚިޔާލައި އެއިން ކޮންމެ މެންބަރަކު ވަކިން ތަހުނިޔާގެ ބަސްކޮޅެއް އިއްވުން އޮތެވެ. އީވާގެ އަތުގައި ހިފައިގެން ސްޓޭޖަށް ހަލަފް އަރައި އަރްސަލްއާއި ނިމްރާއަށް ލަވައެއް ވެސް ކިޔައިދިނެވެ. އަދި އެ ދެ މީހުން އުޅޭ ގޮތުގެ އެކްޓު ވެސް ޖެއްސިއެވެ.
"ޔޫ ހެލްޕްޑް ހާ އެންޑް ޝީ ސޭވްސް ޔޫ... ޑޯންޓް ފޮގެޓް އީވަން ދި ޑެވިލް ކޭން ބީ ޑިފީޓެޑް، އޯލް އިޓް ޓޭކްސް އިޒް ޖަސްޓް ވަން ބިއުޓިފުލް ކްލެވާ ގާލް، ބީ ބްލެސްޑް އޯލްވޭޒް... ކޮންގްރެޓްސް ބްރަދަރ އެންޑް މައި ޑާލިންގް" ރާދިންގެ އަތަށް މައިކު ދިނުމުން އޭނާ ބުނެލިއެވެ. އަރްސަލް ހިނިގަނޑެއް ޖަހާލުމާއެކު ނިމްރާގެ އަތުގައި ހިފާލިއެވެ.
"ނިމްރާ، ޔޫ އާ ނޮޓް މައި ޑޯޓާރ، ބަޓް އައި ވިލް އެޑޮޕްޓް ޔޫ އެނީޓައިމް ޓު މޭކް ޔޫ މައި ސްވީޓް ލިޓްލް ޑޯޓަރ، ރެމެމްބަރ، ވިވިއަން އެންޑް އައި ވިލް އޯލްވޭޒް ބީ ދެއާ ފޯ ޔޫ، ޔޫ ނައު ހޭވް އަ މަދަރ އެންޑް ފާދަރ، ސޯ ނިމްރާ، މައި ޗައިލްޑް... މޭ ޔޫ ހޭވް ދި ވޯލްޑް އިން ޔޯ ހޭންޑް، ވީ ވިޝް ޔޫ ހެޕިނެސް އެންޑް ލޯންގް ލައިފް، ސްޓޭ ބްލެސްޑް އެންޑް ހެލްތީ، ބީ ހެޕީ ވިތް ދި ޕާސަން ޔޫ ލަވް މޮސްޓް، ވީ ނޯ ހީ އިޒް އަ ޑެވިލް، އައި ހޭވް ހާޑް އަ ލޮޓް އަބައުޓް ހިމް... ވީ އާ ޓްރޫލީ ގްރޭޓްފުލް ޓު ބީ ހިއާ ވިތް ޔޫ" ނޯލެން ތުންފަތުގައި އަތްތިލަ ޖައްސާލައި ނިމްރާއަށް "ފްލައިން ކިސް"އެއް ފޮނުވާލިއެވެ. އަދި ވިވިއަން ގެނެސް ގާތްކޮށްލުމާއެކު ދެ މީހުން އެކުއެކީ ހީނގަތެވެ.
"އަރްސަލް، ޝީ އިޒް މައި ލިޓްލް ވަން އިނގޭ، އޭނާ ހިތުގައި ޖެހޭވަރުކަމެއް ކޮށްފިއްޔާ... ޔޫ ނޯ އައި ކީޕް މައި ވޯޑް" ޒިވަން ޝަހަދާތްއިނގިލިން އަރްސަލްއަށް އިޝާރާތެއްކޮށްލީ އިންތިޒާރެއް މީހަކު ދޭ ފަދައިންނެވެ. ރާދިންއާއި ހަލަފްގެ އިތުރުން ޝިހާނާ ތަންކޮޅެއް ބާރަށް ހީނގަތެވެ. ނިމްރާ ވެސް އަރްސަލްއަށް ބަލާލާފައި ހީނލިއެވެ. ރަކިގޮތަކަށް ހިނިއައިސްފައި އިނދެ އަރްސަލް ދެފަރާތަށް ބޯހޫރުވާލިއެވެ.
"ރެޑް... ވަޓް ވުޑް ޔޫ ސޭ ޓު ޔޯ ޑެވިލް" ހަލަފް އައިސް ނިމްރާއަށް މައިކު ދިއްކޮށްލިއެވެ. އޭގައި ހިފަމުން ނިމްރާ ބަލާލީ އަރްސަލްއަށެވެ. ހިނިތުންވެލައިގެން ނިމްރާއަށް ބަލަން އަރްސަލް އިނެވެ. ނިމްރާ ވިސްނާލިއެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ބުނާނޭ އެއްޗެއް ނައެވެ. އެހެންވެ އިރުކޮޅަކު މަޑުކޮށްލިއެވެ.
"އައި... ލަވް ޔޫ... ވީ ހޭވް ބީން ތްރޫ އަލޮޓް، ތެންކިއު ފޯ އެވްރިތިންގް، ތެންކިއު ފޯ ފޮގިވިން މީ... އައި އޭމް ނޮޓް ޕާފެކްޓް، އައި މޭ ނޮޓް ބީ ދި ބެސްޓް، ބަޓް އައި ވިލް ޑޫ މައި ބެސްޓް، ޓު ލަވް ޔޫ އެންޑް އެކްސެޕްޓް އެވްރިވަން އެންޑް އެވްރިތިންގް ޔޫ ލަވް، އައި ވޯން ޓު ސްޕެންޑް ދި ރެސްޓް އޮފް މައި ލައިފް ވިތް ދިސް ޑެވިލް، ހީ އޯންސް ސްކާލެޓް، ހީ އޯލްވޭޒް ކީޕް ސެއިން ދެޓް ޓު މީ... ވެލް... އަރްސަލް... އައި އޭމް ޔޯސް ފޮރެވާ، އައި ލަވް ޔޫ، އައި ނޯ ހީ އިޒް އެރޮގެންޓް، ޝޯޓް ޓެމްޕާޑް، އޮބްސެސްޑް ވިތް މީ އެންޑް ގެޓް ރިއަލީ ޖެލަސް.... ހެ ހެ ހެ ހެ... ސްޓިލް ހީ ބިކޭމް މައި ވޯލްޑް، ޔެސް، އައި ޑޫ ފީލް ލައިކް އައި ހޭވް ދި ވޯލްޑް އިން މައިހޭންޑް، އައި މޭޑް އަ ޑީލް ވިތް ދި ޑެވިލް، އައި ލަވް ދިސް ޑެވިލް ސޯ މަޗް، އައި ވޯންޓް ހިމް ދި ވޭ ހީ އިޒް، އައި ޑޯންޓް ވޯންޓް ހިމް އެނީ އަދަރވޭ، އިޓް ޑަޒަންޓް މެޓާ ހައު ވީ ބިގޭން، އައި ކާންޓް އިމޭޖިން ޔޫ ނޮޓް އިން މައި ލައިފް އަރްސަލް، އައި ލަވް ޔޫ ސޯ މަޗް، އައި ވިލް ލަވް ޔޫ ފޮރެވާ" ނިމްރާ ހިނިތުންވެލިއެވެ. އެހިނދު އޭނާގެ އަތާއި އަތް މަހާލައިގެން އަރްސަލް އިނދެފައި ނިމްރާގެ އަތްތިލައިގައި ބޮސްދިނެވެ.
"އައި ނޯ ސްކާލެޓް، ޔޫ އާ ޑެސްޓިންޑް ޓު ބީ މައިން، އެންޑް އައި އޭމް ޔޯސް" އަދިވެސް އެއްފަހަރު ނިމްރާގެ އަތްތިލައިގައި އަރްސަލް ބޮސްދިނެވެ. ހިނިތުންވެލައިގެން ހުރި ހަލަފް ކުރިއަށް ޖެހިލައި ނިމްރާގެ އަތުން މައިކު ނަގައި އަރްސަލްއަށް ދިއްކޮށްލިއެވެ. އެއާއެކު އަރްސަލް ކަޅިއަޅާލިއެވެ. އޭނާގެ ހަރަކާތްތައް ފެނި އެންމެންގެ ހުނުމުގެ އަޑު ހޯލުތެރޭ ގުގުމައިގެން ދިޔައެވެ.
"ވަޓް... ޝީ އިޒް ޔޯ ވައިފް ނައު... އަނބިމީހާ ވެސް އުފާވާނެ ދޯ އެންމެންގެ ތެރޭ ލޯބީގެ ދެތިން ލަފުޒެއް ބުނެލިޔަސް، ނޫނީ ލަދުގަންނަނީތަ؟" ހަލަފް ލާނެތް ހިންޏެއް އައިސްފައި ހުއްޓެވެ.
"ޕާޓީ އިޒް އޯވާ... ސްޓޮޕް ދިސް ނޮންސެންސް ހަލަފް، ޝީ އިޒް ޓަޔަޑް، އައި އޭމް ޓޭކިން ހާ" އަރްސަލް ކޮޅަށް ތެދުވިއެވެ. އެވަގުތު ބިލާލު ގޮވާލިއެވެ. އިހަށް މަޑުކޮށްލުމަށް އަރްސަލްގެ ގާތުން ބިލާލު އެދުނެވެ.
ޢާއިލާގެ ފަރާތުން ހަދިޔާ ބަދަލުކުރުން އޮތެވެ. ރާދިންއާއި ޝިހާނާގެ ކައިވެނި ރޭގައި ވެސް އެކަން ކުރިއަށް ދިޔައެވެ. އެންމެ ފަހު ކަމަކަށް އޮތީ އެކަމެވެ. އަރްސަލްއާއި ރާދިންގެ ހަނީމޫނު ދަތުރު ރޭވީ ޒިވަންއެވެ. އެއީ އޭނާގެ ދެ އެކުވެރިންނަށް ދިން ހަދިޔާއެވެ. ނޯލެން ޢިއުލާން ކުރީ ނިމްރާއަށް ޓަކައި އަރްސަލްމެންގެ ކުންފުންޏަށް އޭނާ އިންވެސްޓް ކުރަން ބޭނުންވާކަމެވެ.
ހޮޓެލުން އެންމެން ނުކުންނަމުންދިޔައިރު ޒިވަންގެ ގާތުގައި މަސައްކަތްކުރާ ދެތިން ސްޓާފުންނަށް ކައިވެނީގެ ހަދިޔާތައް ބިލާލުމެން ގެއަށް ގެންދިއުމަށް އޭނާ ހަވާލުކުރިއެވެ. ބިލާލުއާއި ޝަރުމީނު ގެއަށް ދާން ހޮޓެލުން ނުކުތްއިރު އެ މީހުންނާއެކު މުއްޠަލިބާއި އަފީފާ ވެސް ނުކުތެވެ. ނިމްރާއާ ވަކިވުމުގެ ކުރީން ވިވިއަން އޭނާގެ ދަރިފުޅުގެ ގައިގާ ބައްދާލިއެވެ. ބިލާލުއާއި މުއްޠަލިބުގެ ކާރު އަންނަންދެން އެ މީހުންގެ ގާތުގައި އަރްސަލް މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުއްޓާ އެނބުރިލެވުނު ގޮތަކުން އޭނާގެ ލޮލުގައި ހަލަފްއާއި އީވާގެ އިތުރުން ޝިހާނާ އަޅައިގަތެވެ. އެ މީހުންނާއެކު ނިކަން ހެވިފައި ރާދިންއާއި ޒިވަން އުޅޭތަން ފެނުނެވެ. ނިމްރާ ގޮވައިގެން އެ މީހުން ދިމާލަކަށް ދަނީކަން އަރްސަލްއަށް ވަގުތުން ނަގައިގަނެވުނެވެ. ހަލުވިކޮށް އޭނާ އައިސް އެ މީހުންގެ ތެރެއަށް ވަދެ ނިމްރާގެ ގައިގާ ހިފެހެއްޓިއެވެ.
"އަހަރެން ބުނީމެންނު ފަސޭހަކަމެއްނޫނޭ އަހަރެން ފޮރުވުމަކީ" ހިނިއައިސްފައި ހުރި ނިމްރާ ބުނެލީ ހަލަފްއަށެވެ.
"ރާދުބެ ފަނި ހެދީ... ދޮންބެއަށް ސިގްނަލް ދިނީ ރާދުބެ ދޯ" ރާދިންގެ ކޮނޑުގައި އަޅައި ކޮށްޕާލަމުން ހަލަފް ބުނެލިއެވެ.
"މިރޭ ނިމް ފޮރުވައިފިއްޔާ މި ތަން ވެސް ނޭނގެ ސަލާމަތުން ހުންނާނެކަމެއް، ކަލޭމެންނަށް އަދިވެސް އަރްސަލް ނޭނގެނީތަ؟ އަހަރެމެން އެކަކަށް ވެސް މިރޭ ހަމަނޭވާލިއަކަށް އޭނާ ނުދޭނެ... އަހަރެން ނުކުރަން އެއްކަމެއް ވެސް، ތިކަމުގައި އަހަރެން ނުބައްސާށޭ ބުނީ މިރޭ ހަމަޖެހިގެން ނިދަން އަހަރެން ބޭނުންވާތީ" ރާދިން ބުންޏެވެ.
"ހުރިހާކަމެއް ޕްލޮޕް ވީ އެންނު، ދެން ހިނގާ ގެއަށް" ހަލަފްގެ ކޮނޑަށް އަތްވައްޓާލައި ޝިހާނާ ބުންޏެވެ.
"އީވާ ގެއަށް ގެންގޮސްލާފަ އިނގޭ ދާނީ" އެމީހުންގެ ތެރޭގައި ހުރި އީވާއަށް އިޝާރާތްކޮށް ނިމްރާ ބުނެލިއެވެ.
"ޒޭވިއާ، ކަލޭ ވެސް މިކަމުގައި ބައިވެރިވީތަ؟ ކުޑަކުދީން ޖަހާ ސަކަރާތުގައި ޒޭވިއާ ބައިވެރިވެދާނޭ ހިޔެއްނުކުރަން" އަރްސަލް އަހާލިއެވެ. އެއާއެކު ޒިވަން ޖަހާލީ ހިނިގަނޑެކެވެ.
"އަހަރެން ބަލާލަން ބޭނުންވީ މިރޭ ނިމް ފޮރުވައިފިއްޔާ އަރްސަލް އުޅޭނެ ގޮތެއް" ހެމުންހެމުން ޒިވަން ބުންޏެވެ.
"ދެން އަޅެ ފޮރުވަބަލަ" އަރްސަލް މިހެން ބުނެލުމާއެކު ނިމްރާގެ އެއްއަތުގައި ހިފައި އިހުނަށްވުރެ ގާތަށް ދަމާލިއެވެ. އަދި ގެނައި ކުއްލި ހަރަކާތާއެކު ނިމްރާ ނަގައި ކޮނޑުމައްޗަށް ލިއެވެ. އެހިނދު ނިމްރާ ތޫލި އަޑަކުން ހަޅޭލަވައިގަތެވެ. އޭނާގެ އަތުގައި ހިފައި ހުއްޓުވަން ހަލަފް އުޅުނެވެ. ޝިހާނާގެ ހުނުމުގެ އަޑު އެންމެނަށްވުރެ ބާރެވެ.
"މަޑުކޮށްބަލަ... އަރްސަލް... އަހަރެން ތިރިކުރޭ" ނިމްރާ އަވަސްއަވަހަށް ބުނެލިއެވެ.
"ދެނެއް ތިރިއެއް ނުކުރާނަން، ގޮވައިގެން ދާނީ" އަރްސަލް ބުނެލިއެވެ. އަދި ކުރިއަށް ހިނގައިގަން ވަގުތު ނިމްރާގެ އަތުގައި އޮތް އެރެއަށް ޚާއްޞަ ކުރެވިފައި އޮތް ރަންކުލައިގެ ކާލާ ލިލީ ބުކެއި އީވާއަށް އެއްލިއެވެ.
"ބީ ވެއާ އީވާ... ދޭ އާ ދި ކްރޭޒީ ބްރަދާސް، ސްޕެޝަލީ ހިމް" އަރްސަލްގެ ކޮނޑުމަތީ އޮވެ ނިމްރާ ހިނިއައިސްފައި ބުނެލީ ހަލަފްއަށް އިޝާރާތްކުރަމުންނެވެ. ޝިހާނާގެ ހިނިގަނޑު އިހުނަށްވުރެ ބާރުވެގެންދިޔަ އަޑުއިވިގެންދިޔައެވެ. އަރްސަލް މަޑުކުރުމެއްނެތި ޕްރައިވެޓް އެލެވޭޓާއާ ދިމާއަށް ދިޔައެވެ. ހޮޓެލްގެ ލޮބީގައި ތިބި ސްޓާފުން ވެސް ބަލަން ތިބީ ހިނިއައިސްފައެވެ. އެއިން ކޮންމެ ސްޓާފަކު އަރްސަލްއާއި ނިމްރާއަށް ކައިވެނީގެ ތަހުނިޔާ ކިޔެވެ.
"އެއީ ކޮންކަމެކޯ" ބިލާލު ގާތު އައިސް ރާދިން މަޑުކޮށްލުމުން އަހާލިއެވެ. އެއާއެކު ހަލަފްގެ ރޭވުން ރާދިން ހާމަކުރިއެވެ. އިތުރުކަމެއް އޭނާ ނުކުރަނީސް އަވަހަށް ނިމްރާ ގޮވައިގެން އަރްސަލް ދިޔައީ ކަމުގައި ރާދިން ބުންޏެވެ. ބިލާލުއާއެކު ދެންތިބި މީހުން ވެސް އެ ވާހަކަ އަހާފައި ފެށީ ހޭށެވެ.
"މިރޭ ހާދަ ބަރޭ" އެލެވޭޓާ ތެރޭ ނިމްރާ ބަހައްޓަމުން އަރްސަލް ބުނެލިއެވެ.
"އެހެންވިޔަސް ހެވެންނު، މީހުންނަށް ފޮނިދައްކަން ކޮނޑުމައްޗަށް ލާންވެއްޖެވިއްޔާ" ތުން ހަދާލަމުން ނިމްރާ ބުނެލިއެވެ.
"ބަރޭ ބުނީމަ ދެރަވީތަ؟" ނިމްރާގެ ގާތަށް ޖެހިލައި އަރްސަލް އަހާލިއެވެ.
"އަހަރެންނެއްނޫން ބަރީ، މި ހެދުން ބަރީ، އޯވާސްކާޓް ނައްޓާލީމަ ހެދުން އެހާ ބޮޑެއް ނުވާނެ" ނިމްރާ ހެދުމަށް ބަލަމުން އަތުގައި އަޅުވާލާފައި އޮތް ފަސްބައިގެ ބައި ހިއްލާލިއެވެ.
"ހެދުން ދޯ... އެކަމާ ނުވިސްނާ، ދެން ގިނައިރެއްނުވާނެ، އައި ވިލް ގެޓް ޔޫ އައުޓް އޮފް ދެޓް ޑްރެސް" ލާނެތް ހިންޏެއް އައިސްފައި ހުރެ ނިމްރާގެ ކޯތާފަތުގައި އަރްސަލް ބޮސްދިނެވެ. އޭނާގެ ސިކުނޑީގައި އެވަގުތު ހިނގަމުންދިޔަ ޚިޔާލުތައް ނިމްރާއަށް ނަގައިގަނެވުމާއެކު ހީނލެވުނެވެ. ނަމަވެސް އެ ހިނިތުންވުން ހިފަހައްޓަމުން ތިރީތުންފަތުގައި ދަތްއަޅާލިއެވެ.
"އިޓްސް ބީން ޓޫ ލޯންގް، ބަޓް އައި ޕްރޮމިސްޑް މައިސެލްފް ދެޓް ނެކްސްޓް ޓައިމް ވީ މޭކް ލަވް، ވީ ވިލް ބީ މެރީޑް، އެންޑް އައި އޭމް ރިއަލީ ހެޕީ ޓުނައިޓް... އައި ލަވް ޔޫ ވައިފް" އަރްސަލް އަނެއްކާ ވެސް ނިމްރާގެ ކޯތާފަތުގައި ބޮސްދިނެވެ.
"އައި ލައިކް ދެޓް... ބަޓް ޕްލީޒް، ނޮޓް ހިއާ" ނިމްރާ މަޑުމަޑުން ބުނެލިއެވެ.
"ޔޯ ބްރަދާ ވިލް ކިލް މީ އެކަހަލަ ފުޓޭޖްއެއް އަލުން ފެނިއްޖެއްޔާ" އަރްސަލް ހީނލިއެވެ.
"މައި ބްރަދަރ؟ އެއީ ކާކު؟" ނިމްރާ އަހާލިއެވެ.
"ޒޭވިއާ، ދެން އެހެން ކާކު، އޭނާ ނޫން މީހަކަށް ހޮޓެލްގެ ހުރިހާ ކެމެރާއަކަށް އެކްސެސްއެއް ނޯންނާނެ، އޭނާގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭ، މިރޭ ވެސް އެ ދިނީ ސީރިއަސް އިންޒާރެއް، އޭނާ މަޖަލަކަށް ހަދާ ބުނެލިޔަސް އަހަންނަށް އެނގޭ އެއީ ކިހާވަރެއްގެ ސީރިއަސް އިންޒާރެއްކަން، ސްކާލެޓް އުފަލުގައި ބަހައްޓަން އަހަންނަށް ކުރެވުނު ކަމެއްވިއްޔާ ކުރާނަން" އަރްސަލް ބުނެލިއެވެ. އެކަމަށް ނިމްރާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.
އެލެވޭޓާ ހުއްޓުމަކަށް އައިސް ދޮރުފަތް ހުޅުވުނެވެ. އެއާއެކު ނިމްރާގެ އަތުގައި ހިފާލައިގެން އަރްސަލް އައިސް ޕެންޓްހައުސް އެޕާޓްމެންޓު ކައިރީ މަޑުކޮށްލިއެވެ. އަރްސަލް ދޮރު ހުޅުވަން ވީއިރު ނިމްރާ ހުރީ ބޫޓުން ފައިބާ ދެ ބޫޓުކިބަ އަތަށް ނަގައިގެންނެވެ. ދެމަފިރިން އެކުގައި އެޕާޓްމެންޓަށް ވަނެވެ. އަރްސަލް އޭނާގެ ފަހަތުން ދޮރުލައްޕާލިއެވެ. އެއާއެކު އޮޓޯއިން ދޮރުފަތް ތަޅުލެވުނު އަޑު އިވިގެން ދިޔައެވެ. ފަސްއެނބުރި ނިމްރާ ބަލާލީ އަރްސަލްގެ އިޝާރާތަކަށެވެ. އޭރު ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮއްޕާލައިގެން އެއްމިޔަކަނުން ހެވިފައި އަރްސަލް ހުރީ ނިމްރާއަށް ބަލާށެވެ.
"އަހަންނަށް އެނގޭ ތި ހިނިތުންވުން، އިޓްސް އަ ވެރީ ނޯޓީ ސްމާކް" ހިނިއައިސްފައި ހުރި ނިމްރާ ބޯއަރިކޮށްލަމުން ބުނެލިއެވެ. އެއާއެކު އަރްސަލްގެ ހިނިތުންވުން ފުޅާވެގެންދިޔައެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން އައިސް ސީދާ ނިމްރާގެ ކުރިމަތީ މަޑުކޮށްލިއެވެ. އަރްސަލް ގުދުވެލި ގޮތުން އޭނާ ބޭނުންވަނީ އަތްދަނޑިމައްޗަށް ނިމްރާ އުފުލާލަންކަން ނިމްރާއަށް އެނގުނެވެ. އަރްސަލްގެ ކަނދުރާގައި އެއްއަތް އަޅުވާލުމާއެކު ނިމްރާގެ ބާރު އަރްސަލްގެ ދެއަތުގެ ތެރެއަށް ދޫކޮށްލިއެވެ. އޭރު އޭނާގެ ހިތުގެ ތެޅުން ވެސް އަވަސްވެއްޖެއެވެ. (ނުނިމޭ)