ލައިފްސްޓައިލް

މިފަހަރު ސުނީގެ ނެށުމެއް ނޫން، ފެންވަރުގެ ކާށިތެލެއް!

ނެށުމުގެ ތެރެއިން މަޝްހޫރުކަން ހޯދާފައިވާ ސުނީތާއަކީ އޭނާ، އުފައްދާ ތަފާތު ލަވަތަކުން ދިވެހިންގެ ލޯބި ދަމައިގެންފައިވާ ތަފާތު ފަންނާނެކެވެ. އެކަމަކު މިފަހަރު ދައްކަން މި އޮތީ، އޭނާގެ ފޯރިގަދަ ލަވައެއްގެ ވާހަކައެއް ނޫނެވެ. ސުނީ ޕްރޮޑަކްޝަނުން މި ފަހަރު އާންމުންނަށް މި ދޫކޮށްލަނީ، އޭނާގެ ލޯބިވާ މަންމަ ތައްޔާރުކޮށް އުފައްދާ ދިވެހި ކާށިތެލެވެ.

ސުނީ ޕްރޮޑަކްޝަންގެ، "ސުނީ ސްޕެޝަލް ކާށިތެލަށް" ވެސް އެންމެންގެ ސަމާލުކަން މި ވަނީ ހުއްޓިފަ އެވެ. ސުނީ "އަވަސް"އަށް ބުނީ އެ ކާށިތެޔޮ އޭނާގެ މަންމަ ތައްޔާރުކުރަނީ، މަންމަގެ ރަށް އއ. އުކުޅަހުގަ އެވެ. މަންމަ އެ މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ސުނީ ބުންޏެވެ. އެނާ ބުނި ގޮތުގައި ސްނީ ޕްރޮޑަކްޝަންގެ ދަށުން ކާށި ތެޔޮ ބާޒާރަށް ނެރެން ނިންމީ، މަންމަގެ މި ޒަމާންވީ މަސައްކަތަށް އޭނާއަށް ވެވެން އޮތް އެހީއެއްވާށެވެ.

ސުނީ ދޭ ޔަގީންކަމަކީ އޭނާ މި ވިއްކަން ފެށި ކާށިތެލަކީ، އެއްވެސް އިތުރު މާއްދާއެއް އެއްނުކޮށް 100 ޕަސެންޓް ދިވެހި އުފެއްދުމެއް ކަމެވެ.

"އަހަރެން އެންމެ ފަހުންރަށަށްގޮސް މަންމަ ހަދާފަ ހުރި ކާށިތެޔޮ ފުޅިތަށް ފެނިގެން ހިތަށް އެރީ މާލެ ގެނެސް ވިއްކާނީއޭ. ދެން ފޭސްބުކްގައި ޝެއާ ކޮށްލީމައި ހީ ނުކުރާ ވަރަށް ފޭންސްގެ ސަޕޯޓް ލިބުނުއެއަށް. ގިނަފަހަރު ފިހާރަތަކުން ވިއްކާ ކާށިތެޔޮ ހުންނަނީ އެހާ ފްރެޝް ކޮށެއް ނޫން. އެންމެ ފުރަތަމަ ވިއްކަން ގެނައި ބެޗް ހުސްވެގެން އަލުން އޯޑަރުވެސް ކޮށްފިން. މަޖަލަށް ފެށި ކަމެއް މިއީ. ހިޔެއް ނުކުރަން މިހާ ސަޕޯޓް ލިބޭނެ ކަމަކަށް،" ސުނީ ބުންޏެވެ.

އެންމެ ފަހުން އަހަރެން ރަށަށްގޮސް މަންމަގެ ފުޅިތަށް ފެނިގެން ހިތަށް އެރީ މާލެ ގެނެސް ވިއްކާނީއޭ. ދެން ފޭސްބުކްގައި ޝެއާ ކޮށްލީމައި ހީ ނުކުރާ ވަރަށް ފޭންސްގެ ސަޕޯޓް ލިބުނުއެއަށް. ގިނަފަހަރު ފިހާރަތަކުން ވިއްކާ ކާށިތެޔޮ ހުންނަނީ އެހާ ފްރެޝް ކޮނެއް ނޫން.
ސުނީތާ

ސުނީގެ މި އުފެއްދުން ދިވެހިންގެ ތެރޭގައި މަޝްހޫރުވެ މާލެއާއި ހުޅުމާލެއަށްވެސް މިހާރު ވިއްކަމުން އެބަދެ އެވެ. އެންމެ 100 ރުފިޔާއަށް ވިއްކަމުންދާ ކާށިތެޔޮ ފުޅި ހުންނަނީ ރާނީ ޖޫސް ހުސްކުރި ފުޅިއެއްގައި ސުނީ ޕްރޮޑަކްޝަންގެ ލޯގޯ ޖަހައިފަ އެވެ. ސުނީ ސްޕެޝަލް މި އުފެއްދުމަށް ލިބޭ ތަރުހީބު އިތުރުވެ ރާއްޖެއިން ބޭރުންވެސް އޯޑަރު ލިބެން ފަށާފައިވާ ކަމަށް ސުނީ ބުންޏެވެ. އެހެންނަމަވެސް، ސުނީ ބުނަނީ، އެ ކާށިތެޔި އޭނާ ބޭރުގެ މާކެޓްތަކަށް ފޮނުވާނީ، ރީތި ފުޅި ހޯދުމަށްފަހު އަލުން ޕެކޭޖްކުރުމަށްފަހު އެވެ.

ކާށި ތެލަކީ އިހުޒަމާނުގައިވެސް ދިވެހިންގެ ރީތިވުމުގެ އެކި ބޭނުންތަކާއި ކެއްކުމުގައި ތައްޔާރު ކޮށް ބޭނުން ކުރަމުން އައި އެތައް ގުދުރަތީ ފައިދާތަކެއް އެކުލެވޭ އުފެއްދުމެކެވެ. އަޖުމަ ބަލައިލަމާ ހިނގާށެވެ!