ކުޅިވަރު

ގޭމު ކުޅުމުގެ ވޯލްޑް ޗެމްޕިއަންޝިޕު ރާއްޖެ ތަމްސީލު ކުރާނީ ހިސާން

Nov 7, 2018
1

ޓައިވާނުގެ ކައުހްސިއުންގުގައި ބާއްވާ، އިލެކްޓްރޯނިކް ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާ ހަސަން ހިސާން ޓައިވާނަށް ދާން ފުރައިފި އެވެ.

އިލެކްޓްރޯނިކް ސުޕޯޓްސް ވޯލްޑް ޗެމްޕއިަންޝިޕއަކީ ވީޑިއޯ ގޭމް ކުޅުމުގެ މުބާރާތެކެވެ. އެ މުބާރާތުގައި ހިސާން ވާދަ ކުރާނީ ޓެކަން ކެޓަގަރީގަ އެވެ. ޓެކަން ކެޓަގަރީ އަކީ ފައިޓިން ގޭމްގެ ކެޓަގަރީއެކެވެ.

އެ ކެޓަގަރީގައި ވާދަ ކުރުމަށް ހިސާން ހޮވާފައި ވަނީ، މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަންގެ ނަމުގައި އުފައްދާފައިވާ ޖަމްއިއްޔާއަކުން ބޭއްވި މުބާރާތެއްގައި ބައިވެރި ވެގެން އެއް ވަނަ ހޯދުމުންނެވެ. އެ ޖަމްއިއްޔާއިން ބުނީ، ހިސާން އަކީ ރާއްޖޭގެ ޓެކަން ކެޓަގަރީގެ އެންމެ މޮޅު ގޭމާ ކަމަށެވެ. ޓައިވާންގައި ބާއްވާ އެ މުބާރަތަކީ، އޭނާ ބައިވެރިވާ ފުރަތަމަ ބޭރުގެ މުބާރާތެވެ.

ހިސާން، ވާދަ ކުރާ ކެޓަގަރީގެ ގޭމް ކުޅެން އޭނާ ފަށާނީ، ހުކުރު ދުވަހު އޭނާ ކުޅޭނީ ޖަޕާން، ވިއެޓްނާމް އަދި އިންޑޮނީޝިއާ ގޭމާސް އާ އެވެ.

އޮލިމްޕިކްސްގައި، ގޭމް ކުޅުން މުބާރާތެއްގެ ގޮތުގައި 'އީސުޕޯޓްސް' ހިމެނުމާ ބެހޭގޮތުން 2017 ވަނަ އަހަރު ވަކާލާތު ކުރެވުނެވެ. އެހެންނަމަވެސް ދުނިޔޭގެ އޮލިމްޕިކް ކައުންސިލުން އެކަމަށް ދެކޮޅު ހެދީ އީ ސްޕޯޓްސްގެ ގިނަ ގޭމް ތަކަކީ ލޭ އޮހޮރުވުމަށާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ގޭމްތައް ކަމަށް ވުމުންނެވެ. އީ ސްޕޯޓްސް ކެޓަގަރީ ހިމަނާނަމަ އޮލިމްޕިކް ކައުންސިލުން ބަލައިގަންނާނީ، 'ފީފާ' (ފުޓްބޯޅަ) އަދި 'އެންބީއޭ ޓޫކޭ' 'އެންބިއޭ ނުވަތަ ބާސެކްޓްގެ ގޭމް ކަމަށެވެ.