ހަބަރު

ބޮޑު ޗުއްޓީއާ ދިމާކޮށް ދިވެހިންނަށް ބެންކޮކް ވިސާ ހިލޭކޮށްފި

ކުރިއަށް އޮތީ ބޮޑު ޗުއްޓީ އެވެ. އާދަކޮށް ދިވެހިން ބޭރަށް ދަތުރުކުރާ މި ދުވަސްވަރާ ދިމާކޮށް ބެންކޮކުން މިވަނީ ދިވެހިންނަށް ވިސާ ހިލޭކޮށްދީފަ އެވެ. އެހެންކަމުން އަންނަ މަހު އެކަކުން ފެށިގެން ދެ މަސްދުވަހަށް، ދިވެހިންނަށް ތައިލެންޑުން އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.

ތައިލެންޑް އޮންއެރައިވަލް ވިސާގެ ގޮތުގައި ދައްކަންޖެހެނީ 2000 ބާތެވެ. އެއީ ޑޮލަރުން ނަމަ، 60.95 ޑޮލަރެވެ.

ތައިލެންޑް ސަރުކާރުން ކުރިއަށް އޮތް ދެމަހަށް ރާއްޖެ ހިމެނޭ ގޮތުން 21 ގައުމަކަށް ވިސާ ހިލޭކޮށްދީފައި މިވަނީ އެގައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ނެގި ފިޔަވަޅެއްގެ ގޮތުގަ އެވެ.

ތައިލެންޑް ސަރުކާރުގެ ތަރުޖަމާން އަންގާރަ ދުވަހު ވިދާޅުވީ، 21 ގައުމަކަށް އޮންއެރައިވަލް ވިސާ ދިނުމަށް ކެބިނެޓުން ހަމަޖައްސާފައިވަނީ މި މުއްދަތުގައި 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެ ގައުމަށް ޗުއްޓީ ހޭދަކުރަންދާ ފަރާތްތަކަށް ކަމަށެވެ. އެއަށްވުރެ ދިގު މއްދަތަކަށް ދާނަމަ ވިސާ ހައްދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ގައުމުތަކަކަށް އޮންއެރައިވަލް ވިސާ ދޫކުރަން ތައިލެންޑުން މިނިންމި ނިންމުމާއެކު ޖެނުއަރީގެ ނިޔަލަށް އެގައުމުމަށް ފަތުރުވެރިން ޒިޔާރަޔްކުރާ މިންވަރު އެހެން އަހަރުތަކާ އަޅާ ބަލާއިރު 30 ޕަސެންޓަށް އިތުރުވާނެ ކަމަށް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖެނުއަރީގެތައިލެންޑް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އަދި މީގެ ސަބަބުން ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ދިރުވަން ބޮޑު ހިއްވަރެއް ލިބިގެންދާނެ ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރުގައި އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ތައިލެންޑް ފަތުރުވެރިކަމަށް ބޭނުންވެފައި އޮތް ބޫސްޓެއް ކަމަށް ވެސް ތަރުޖަމާން ޕޯލް މަޖް ވިދާޅުވި އެވެ.

ތައިލެންޑުން ވިސާ ހިލޭކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމުތަކާއި ޗައިނާ އާއި ސައޫދީ ވެސް ހިމެނެ އެވެ.