ޕްރޮމޯޝަން

އުރީދޫ ކަލާ ރަން އިތުރަށް ފުރިހަމަކޮށްދޭން ނޯޓް ކޮސްމެޓިކްސް

Nov 10, 2018

މި މަހުގެ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލާ ރަންގެ ސްޓައިލް ޕާޓްނަރަކަށް ނޯޓް ކޮސްމެޓިކްސް ހަމަޖައްސައިފި އެވެ.

އުރީދޫއިން އިންތިޒާމްކޮށްގެން ބާއްވާ ކަލާ ރަން އަށް މިދިޔަ އަހަރު ލިބުނު ތަރުހީބާއެކު މި އަހަރުގެ ދުވުން އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މަޑި އެރުވުމުގެ މުބާރާތަކާއި ރާއްޖޭގެ ކުޅަދާނަ ފަންނުވެރިންގެ މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ ބްރޭންޑް މެނޭޖަރު އަހުމަދު ޝިޔާމް ވިދާޅުވީ، މި މިއުޒިކް ޝޯގައި ނޯޓް ކޮސްމެޓިކްސްގެ ބުރުގާ ފޭސް ސަމާގެ ވަރަށް ހާއްސަ ހުށަހެޅުމެއް އޮންނާނެކަމަށެވެ.

މިއަހަރުގެ ކަލަ ރަންގައި ނޯޓް ކޮސްމެޓިކްސްގެ ބުރުގާ ފޭސް ސަމާގެ ވަރަށް ހާއްސަ ހުށަހެޅުމެއް މިއުޒިކް ޝޯގައި އޮންނާނެ. އަދި އިތުރު ސަޕްރައިޒްއެއްވެސް މި ޝޯގައި ފެނިގެންދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ހުރިހާ އުމުރުފުރައަކަށް ހާއްސަކޮށްގެން ބާއްވާ، ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ނެގުމެއްގެ ގޮތުގައި އުރީދޫއިން ރާވާ ހަރަކާތެކެވެ. މިއީ ވަކި ވަގުތަކަށް ނިންމަން ޖެހޭ ދުވުމަކަށް ނުވާތީ ހިނގާފައި، މަޑު ދުވުމުގައި ނުވަތަ ނަށަމުން ވިޔަސް މި ދުވުން ފުރިހަމަ ކުރެވިދާނެ އެވެ.