(6 ނޮވެމްބަރ 2018 އާ ގުޅޭ) -- "އަހަންނަށް އެނގޭ ތި ހިނިތުންވުން، އިޓްސް އަ ވެރީ ނޯޓީ ސްމާކް" ހިނިއައިސްފައި ހުރި ނިމްރާ ބޯއަރިކޮށްލަމުން ބުނެލިއެވެ. އެއާއެކު އަރްސަލްގެ ހިނިތުންވުން ފުޅާވެގެންދިޔައެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން އައިސް ސީދާ ނިމްރާގެ ކުރިމަތީ މަޑުކޮށްލިއެވެ. އަރްސަލް ގުދުވެލި ގޮތުން އޭނާ ބޭނުންވަނީ އަތްދަނޑިމައްޗަށް ނިމްރާ އުފުލާލަންކަން ނިމްރާއަށް އެނގުނެވެ. އަރްސަލްގެ ކަނދުރާގައި އެއްއަތް އަޅުވާލުމާއެކު ނިމްރާގެ ބާރު އަރްސަލްގެ ދެއަތުގެ ތެރެއަށް ދޫކޮށްލިއެވެ. އޭރު އޭނާގެ ހިތުގެ ތެޅުން ވެސް އަވަސްވެއްޖެއެވެ.
ކޮޓަރިއަށް ވަދެވުނު ހިނދު އަރްސަލްގެ ހަރަކާތްތަކަށް ހުއްޓުމެއް ގެނައީ ނިމްރާއެވެ. ކޮށްފައި ހުރި މޭކަޕާއި އިސްތަށިގަނޑަށް ވެރިވެފައިވާ "ހެއާ ސްޕްރޭ"ގެ ހަރުކަން ނިމްރާއަށް އުނދަގޫ ކުރީއެވެ. އޭނާއަށް ހަމަޖެހެލެވޭނީ ފެންވަރައިގެން ކަމުގައި ނިމްރާ ބުންޏެވެ.
"ލޭޓާ ވީ ކޭން ޓޭކް އަ ޝަވާ" އެނދުމަތީ ނިމްރާ ބައިންދަމުން އަރްސަލް ބުނެލިއެވެ. އަދި ހިންދެމިލައި ލައިގެން ހުރި ޓަކްސީޑޯގެ ޖެކެޓު އޭނާ ބޭލިއެވެ.
"މައި ސްކިން... މި މޭކަޕްތައް ފިލުވާލަން ބޭނުން، ޕްލީޒް އަރްސަލް" އެނދުން ފޭބި ނިމްރާ އާދޭސްކޮށްލިއެވެ. އަދި އޯވާސްކާޓް ނައްޓާލައި ކޮޓަރީގައި އެއްފަރާތުގައި ހުރި ވިންޓޭޖް ޝޭޒް ލޯންގް މަތީ ބެއްވިއެވެ. އަރްސަލް ވެސް އޭނާ ލައިގެން ހުރި ޓަކްސީޑޯއާއި ވެސްޓް ބާލައި އެއްލީ އެ ގޮނޑީގެ މައްޗަށެވެ. ވޯކިންވޯޑްރޮބް ތެރެއަށް ނިމްރާ ވަދެގެން ދިއުމުން އޭނާގެ ފަހަތުން އަރްސަލް އައެވެ.
"ސްކާލެޓް... ލެޓް މީ" ވޯކިންވޯޑްރޮބް ތެރޭ ހުރި އިސްކޮޅު ފެންނަ ވަރުގެ ބޮޑު ލޯގަނޑު ކުރިމަތީ ނިމްރާ މަޑުކޮށްލުމާއެކު އަރްސަލް ބުނެލިއެވެ. އަދި ނިކަން އަވަހަށް އައިސް އޭނާގެ ފަހަތުން އަރްސަލް މަޑުކޮށްލީ ލޯގަނޑުން ދެ ޒުވާނުން ފެންނާނޭ ހެންނެވެ.
"މައި ވައިފް އިޒް ބިއުޓިފުލް" ނިމްރާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން ލޯގަނޑުން ފެންނަމުންދިޔަ ނިމްރާގެ ސޫރައަށް ބަލަން ހުރެ އަރްސަލް ބުނެލިއެވެ. ލުއި ހިނިތުންވުމެއް ނިމްރާގެ ތުންފަރަށް ވެރިވެގެންދިޔައެވެ. އަރްސަލްގެ ސަމާލުކަން ނިމްރާ ލައިގެން ހުރި ކައިވެނި ހެދުމަށް ހުއްޓުނީ ދެނެވެ. ގިނައިރެއްނުވެ ނިމްރާގެ ހަށިގަނޑާއި ކައިވެނި ހެދުން ވަކިވެއްޖެއެވެ. އަޑިންލައިގެން ހުރި "ކޯސެޓް"ގައި ނިމްރާ ދުވެފައި ކޮޓަރިތެރެއަށް ނުކުތެވެ. އަދި ހަލުވިކަމާއެކު ގޮސް ފާޚާނާއަށް ވަނެވެ. ނުވިސްނާ ހުރި އަރްސަލްއަށް ލިބުނީ ސިހުމެކެވެ. އެއްލި އަތުގައި ނިމްރާ ނުޖެހި ރެކިގަނެގެން ދިއުމުން އޭނާ ވެސް ހިނގައިގަތީ ނިމްރާގެ ގާތަށް އަންނާށެވެ.
"ސްކާލެޓް" އަރްސަލް ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
"ޕްލީޒް އަރްސަލް... ފްރެޝްވެގެން އެބަ ނިކުންނަމޭ، ޕްލީޒް" ނިމްރާގެ އަޑުން އޭނާ އެ ހުރީ ފާޚާނާ ދޮރުކައިރީ މަޑުކޮށްގެންކަން އަރްސަލްއަށް އެނގުނެވެ.
"އޯކޭ ފައިން... އެކަމަކު ފައިވް މިނެޓްސް، އޭގެ ފަހުގައި އަހަރެން އެއްވެސް ބަހަނާއެއް އަޑެއް ނާހާނަން" އަރްސަލް ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ އަމިއްލަ ބަހުގައި ހިފެހެއްޓުމުގެ ކުޑަ ވެސް ގަސްދެއް އަރްސަލްގެ ނެތެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ އޭނާ ހަށިގަނޑުގައި ވަކިނުވެ އޮތް ހުދު ގަމީހުގެ ގޮށްތައް ނައްޓަމުންދިޔައެވެ.
ފެންމާގަނޑު ދަށުގައި ހުރި ނިމްރާގެ ހަރަކާތްތައް ހުރީ އަވަސްކޮށްލާފައެވެ. ފަސްމިނެޓުން ފެންވަރައިގެން ނުނިކުމެވޭނޭކަން އެނގެއެވެ. އެހެންނަމަވެސް އޭނާ ވީހާ އަވަހެއް ކުރިއެވެ. ބޮލުގައި ލާފައި ހުރި ކޮންޑިޝަނާ ދޮވުމަށް ފެންމާގަނޑު ތެރެއަށް ވަދެ ހުއްޓައި ހަށިގަނޑުގައި މީހަކު ބީހުނު ކަމުގެ އިޙްސާސް ކުރެވި މީހާ ތެޅިގަތެވެ. ދެއަތުން މޫނަށް އޮހެމުންދިޔަ ފެންތަކުން ދެ ލޯ ސާފުކުރަމުން ނިމްރާ ބަލާލިއެވެ.
"އަ.ރް.ސަ.ލް... ޔޫ ޑެވިލް... އަދި ނުވާނެ ފައިވް މިނެޓްސް" ނިމްރާއަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ. އެއާއެކު އަރްސަލް ހީނގަތެވެ.
"ފައިވް މިނެޓްސް... އިޓްސް ޓޫ ލޯންގް... އައި ކާންޓް ވެއިޓް، އައި ހޭޓް ޓު ވެއިޓް އެނީމޯ، ސްކާލެޓް" އަރްސަލްގެ އަޑުގައި އޭނާގެ ހިތުގެ އެދުންވިއެވެ. އެކަން ނިމްރާއަށް ސިއްރެއްނުވިއެވެ. އޭނާއަށް އަރްސަލް ނުހުއްޓުވުނެވެ. އެންމެ ފުރަތަމަ ނިމްރާއާ ގާތްވީ ފަހަރު ވެސް އޭނާއަށް އަރްސަލްއެއް ނުހުއްޓުވުނެވެ. މިހާރު އަދިވަކިން އޭނާ ނުހުއްޓުވޭނެކަން ނިމްރާއަށް އެނގެއެވެ. މިހާރު އަރްސަލްއަކީ އޭނާގެ ފިރިމީހާވީމައެވެ.
* * * * *
ނިދިފައި އޮތް ނިމްރާއަށް ހޭލެވެމުންދިޔައިރު މަޑުމަޑުން ކުކުރާލެވުނީ ހަށިގަނޑުގެ ލޮޑުކަން ފިލައި ނުދާކަން އިޙްސާސް ކުރެވިގެންނެވެ. ނިމްރާއަށް ހޭލެވުނީ އޭނާގެ ކަންފަތަށް މީހަކު ފުމޭހެން ހީވެގެންނެވެ. ލޯހުޅުވާލެވުމާއެކު ގާތުގައި އޮތް އަރްސަލްގެ އިޙްސާސް ކުރެވުނެވެ. ކަންފަތްދޮށުގައި އޮތް އަރްސަލްގެ މޫނުގައި އަޅައި ދުރަށް ކޮށްޕާލެވޭތޯ ނިމްރާ އުޅުނެވެ. މަޑުމަޑުން އުޅެއުޅެ އެކަން ނުވުމުން ނިމްރާ އަތަށް ބާރުލައި އަރްސަލްގެ ނިތްކުރީގައި އަޅައި ފަހަތަށް ކޮށްޕާލިއެވެ. އެއާއެކު އަރިއަށް އޮތް އަރްސަލް އުއްޑުން ޖެހިލިއެވެ. ނިމްރާގެ ބޯދަށުގައި އޮތް އަރްސަލްގެ އަތް ހިއްލާލައި އޭނާ ގާތަށް ގެނައެވެ.
"ގޯޑް... ޔޫ އާ ސޯ ވައިލެންޓް ވެން ޔޫ ވޭކް އަޕް" ނިދިބަރުކަމާއެކު އަރްސަލް ބުނެލިއެވެ.
"އައި ވުޑުންޓް ބީ ވައިލެންޓް އިފް ޔޫ ސްޓޮޕްޑް ބްރީތިންގް" އަރްސަލްގެ އަތުގެތެރޭގައި އޮވެ ނިމްރާ ބުނެލިއެވެ. އޭނާ ވެސް އޮތީ ދެ ލޯ ހުޅުވަން ބޭނުންނުވެފައެވެ. ނަމަވެސް އަރްސަލްގެ އަތް ބޯދަށުން ދެމިގެން ދިއުމާއެކު ނިމްރާ ލޯހުޅުވާލިއެވެ. އޭނާގެ ލޯބިވާ ފިރިމީހާ ކުރުއަތްމައްޗަށް ތެދުވެ އަނެއްއަތުން ނިމްރާގެ ބަނޑުމަތިން އުނަގަނޑުގައި ހިފަހައްޓާލައިގެން ބަލަން އޮތެވެ.
"އަހަރެން ނޭވާ ވެސް ނުލާންވީތަ؟... ވާއު... ފޮގެޓް ވައިލެންޓް، ޔޫ އާ ސްޓްރެއިޓް ހޯމިސައިޑަލް ވެން ޔޫ ވޭކް އަޕް، އަދި އިނދެގެން ސައުވީސް ގަޑިއިރު ނުވޭ" އަރްސަލް ބުމަ އަރުވާލިއެވެ.
"އަހަރެންގެ ކަންފަތް ތެރެއަށޭ ނޭވާ އަޅެނީ" ނިމްރާ ޝަކުވާގެ ގޮތަކަށް ބުނެލިއެވެ. އަދި ތެދުވަން އުޅުނު ވަގުތު އަރްސަލް އޭނާ ހިފެހެއްޓިއެވެ.
"އެހާ ފަސޭހައިން ސަލާމަތެއްނުވެވޭނެ ތި ކުރިކަމަކުން" އަރްސަލް ބުނެލިއެވެ.
"ވައި ޑޫ އައި ފީލް ސޯ ޓަޔަޑް" ނިމްރާ އަނެއްކާ ވެސް ކުކުރާލިއެވެ. އެއާއެކު އަރްސަލް ހީނލިއަޑު އިވުނެވެ.
"އައި ލަވް ޔޫ ވައިފް" ހިނިއައިސްފައި އޮތް އަރްސަލް ބުނެލިއެވެ. އަދި ނިމްރާގެ ކޯތާފަތުގައި ބޮސްދިނެވެ.
"ސްޓޮޕް އިޓް ޔޫ ޑެވިލް... އައި ހޭޓް ޔޫ" އަރްސަލްގެ ބީހުން އިޙްސާސް ވާންފެށުމުން ނިމްރާ ބުނެލިއެވެ. އޭނާއަށް އަރްސަލްގެ ނިޔަތް އެނގުނީއެވެ. ނިމްރާ ހަތަރެސްފައި ތަޅުވައިގަތް ގޮތުން އަރްސަލްގެ ހުނުމުގެ އަޑު ބާރުވިއެވެ.
"ބަޓް އައި ލަވް ޔޫ، އައި ވިލް އޮންލީ ލަވް ޔޫ... އިޓްސް ފޮރެވާ، އެންޑް ޔޫ އާ މައިން ސްކާލެޓް، މައި ވައިފް" ފަޚުރުވެރިކަމާއެކު އަރްސަލް ބުނެލީ ހެމުންހެމުންނެވެ. ނުރުހުންތެރިކަން ދައްކާލި ނަމަވެސް އަރްސަލް އިއްވާލި ބަސްތަކުން ނިމްރާއަށް ހިނިތުންވެވުނެވެ.
"އައި ވިލް ކިލް ޔޫ އިފް ޔޫ ލީވް މީ، އެންޑް އައި ވިލް ކިލް މައިސެލްފް" ނިމްރާގެ އަޑުގައިވީ ސަމާސާގެ ރާގެވެ.
"ދެޓް ޑޭ ވިލް ނެވާ ކަމް، ޔޫ ވިލް ބީ މައިން އަފްޓާ ދިސް ލައިފް ޓޫ" ނިމްރާގެ ކަންފަތްދޮށުގައި އަރްސަލް ސިއްރުން ބުނެލިއެވެ. އެނދުގެ އަރިމަތީ މޭޒުގައި އޮތް އަރްސަލްގެ ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތެވެ. އޭނާ އެނބުރިލުމާއެކު ފޯނު ނެގިއެވެ. ފޯނުގެ އިސްކުރީނު ފެނުމުން އަރްސަލް އެނދުން ތެދުވެ އިށީނެވެ. ލިބުނު ފުރުޞަތުގައި ނިމްރާ އެދުން ތެދުވެގެން ފާޚާނާއަށް ވަނެވެ.
"ޔޫ ލުކް ފްރެޝް" ފޯނު ހިފައިގެން އެނދުގައި އިން އަރްސަލްއަށް ފާޚާނާއިން ނުކުތް ނިމްރާ ފެނުމުން ބުނެލިއެވެ.
"ކާކު ގުޅީ" ނިމްރާ އަހާލިއެވެ.
"އެގާރަޖަހަނީ... މެންދުރުގެ ކައުމުގައި ބައިވެރިވާން ސްކާލެޓް ގޮވައިގެން އަންނަން ބައްޕަ އެދުނީ، ސްކާލެޓް ތައްޔާރުވޭ، އަހަރެން ފެންވަރާލައިގެން މި ނިކުންނަނީ" ފޯނު ބާއްވާފައި އަރްސަލް ތެދުވިއެވެ. އެއާއެކު ނިމްރާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރިލި ގޮތުން އަރްސަލްގެ ގާތަށް ހިނިއައެވެ.
"ކިހިނެއްވީ؟ އަހަރެންގެ ހަށިގަނޑު ހުތުރީތަ؟" ނިމްރާއާ ދިމާކޮށްލަން އަރްސަލް އުޅުނެވެ. ދެފަރާތަށް ބޯހޫރުވާލައި ނިމްރާ ހިނގައިގަތީ ހެދުންތައް ހުރިބަޔަށް ވަންނާށެވެ.
"ދެން ސަކަރާތްނުޖަހާ ދޭ ފެންވަރަން" ނިމްރާގެ އަތުގައި އަރްސަލް ހިފުމުން އޭނާ ބުންޏެވެ.
* * * * *
ނިމްރާ ޚިޔާރުކުރީ ގަޔަށް ދޫކޮށް ހުންނާނޭ ބޯހީމިއަން ސްޓައިލްގެ ކަށިމައްޗާ ހަމައަށް ހުރި އެޕްރިކޮޓް ކުލައިގެ ޝިފޯން އަތްކުރު ހެދުމެކެވެ. ވިޔެފައި ހުންނަ ކަހަލަ ދިގު ވާގަޑު ލީ އަތްދަބަހުގެ ތެރެއަށް ނިމްރާ ބޭނުންވާ އެއްޗެހި އެޅުމަށްފަހު އޭނާގެ އަވިއައިނު ނެގިއެވެ. ކޮނޑުގައި އަތްދަބަސް އަޅުވާލައި އެއްއަތުން އަރަން ނެގި ވެޖް ފައިވާނާއި އަނެއްއަތުން އަވިއައިނު ހިފަހައްޓާލައިގެން ހުރެ ނިމްރާ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންރޫމުގައި ފޯނެއްގައި އަރްސަލް ހުއްޓެވެ. އޭނާ ހުރީ ހުދާއި ނޫކުލައިގެ ރޮނގުދެމި ގަމީހަކާއި ކަނޑުނޫކުލައިގެ ސޯޓެއްގައެވެ. ނިމްރާ ފެނުމުން ފޯނުކޯލު ކުރުކޮށްލިއެވެ. ނިމްރާގެ ގައިގާ ބައްދާލުމާއެކު ތައްޔާރުވެ ނިމުނީތޯ އަރްސަލް އަހާލިއެވެ. ނިމްރާ ބޯޖަހާލުމުން އޭނާ ގޮވައިގެން އަރްސަލް ހިނގައިގަތީ އެޕާޓްމެންޓް އިން ނުކުންނާށެވެ.
"ބޭބްސް... އަދި ހަނީމޫން އޮތީ އިނގޭ، އަހަރެމެން ފުރުމުގެ ކުރީން ބައްޕަ ބޭނުންވަނީ އެންމެން އެކުގައި ވަގުތުކޮޅެއް ހޭދަކުރަން، އަހަރެން ހަނދާންތުނީ، ރޭގަ ރާދު ބުނި އަހަރެން ގާތު" ހޮޓެލުން ކާރަށް އަރަން އައި އަރްސަލް ބުނެލިއެވެ.
ހ.ޕްރިމްރޯސްއަށް އަރްސަލްއާއި ނިމްރާވަނީ އަތްގުޅާލައިގެން ތިބެވެ. ޕޯޓިކޯގެ ސިޑިބަރި ހުރަސްކޮށް ބޮޑުކޮޓަރިއަށް ވަންއިރު ވެސް ނިމްރާގެ އަތުން އަރްސަލް ދުލެއް ނުކުރެއެވެ. ސޯފާގައި ބިލާލު އެކަނި އިންތަން ފެނުމުން އަރްސަލް ހިނގައިގަތީ އެ ދިމާއަށެވެ.
"ދަރިފުޅުމެން ތި އައީ ދޯ" ޓީވީއަށް ގެއްލިފައިން ބިލާލުގެ ކައިރިން ހިލަމެއް ވެގެން ބަލާލި ވަގުތު އަރްސަލްއާއި ނިމްރާ ފެނުމުން އޭނާއަށް ބުނެލެވުނެވެ.
"ކޮބާ އެންމެން" އަރްސަލް އަހާލިއެވެ.
"ރާދުވެއްޖެ މަތީގަ، ހަލަފް ހީވަނީ ބަދިގޭގަހެން، ދޭބަލަ ނިމްރާ ގޮވައިގެން ބަދިގެ ފަރާތަ، އާނާއާއި މަންމަ ވެސް އެބައުޅޭ އެކޮޅުގައި" ބިލާލު ބުނެލިއެވެ.
"އަރްސަލް މަޑުކޮށްލާ، އައި ވިލް ފައިންޑް ދެމް" ނިމްރާ ބުނެލިއެވެ. އަރްސަލް ބޯޖަހާލުމުން ނިމްރާ އެކަނި ބަދިގެ ފަރާތަށް ދިޔައެވެ. އޭނާ ގޮސް ލޯމައްޗަށް ގެއްލެން ދެން ހުރެފައި އަރްސަލް ފޯނު ނަގައި ރާދިންއަށް ގުޅިއެވެ. ގޭގައި އެބަހުރިކަން ރާދިންއަށް އަރްސަލް އަންގާލިއެވެ.
"ހެލޯ..." ބަދިގޭ ދޮރުމަތިން ނިމްރާ ބުނެލިއެވެ. ސުފުރާ މަތި ތައްޔާރު ކުރުމުގައި ޝަރުމީނު އުޅެއެވެ. ޝިހާނާ ހުރީ ބިއްލޫރި ބޯތަށްޓެއްގައި ސެލެޑެއް އެއްކުރާށެވެ. ހަލަފް އިނީ އައިލެންޑް ދޮށުގައި ހުރި ސްޓޫލެއްގައެވެ. ނިމްރާގެ އަޑަށް އެންމެންގެ ސަމާލުކަން ލިބުނެވެ.
"އަވަހަށް އާދޭ، ނިމް އެކަނި މަދީ މިތަނުގައި، ކޮބާ އަރްސަލް؟ ދަރިފުޅުމެން އެއްޗެއް ކައިގެންތަ ތި ތިބީ... ދެންމެ ހަމަ މިނިމުނީ" ޝަރުމީނު ވާހަކަދައްކަންފެށިއެވެ. ހަލަފް އޭނާ އިން ސްޓޫލްއާ ޖެހިގެން ހުރި ސްޓޫލްއަށް އިޝާރާތްކޮށް އަންނާށޭ ބުނެލިއެވެ. ހިނިތުންވެލައިގެން ނިމްރާ އައިސް ހަލަފް ދެއްކި ތަނުގައި އިށީނެވެ.
"އަރްސަލް އެބައިން ބައްޕަ ގާތު، އަޅުގަނޑު ކީ ކޮށްދޭންވީ" ނިމްރާ އަހާލިއެވެ.
"އެއްކަމެއް ވެސް ކުރާނެ ކަމެއްނެތް، މީނދި އަނގަގަދަ މިތުރާއެކު ނިމް ވެސް ރީތިކޮށް ތިތާ އިނދޭ" ހަލަފްއަށް އިޝާރާތްކުރާހެން ޝިހާނާ ބުނެލިއެވެ.
އެ ގޭތެރޭގައި ނިމްރާ އެކަނިވެ ފޫއްސެއްނުވިއެވެ. ޝިހާނާއާއި ޝަރުމީނު އުޅޭ ގޮތުން ހީވަނީ ނިމްރާ ޅަކޮށްގެން ގެންގުޅެން ގަސްދުކުރާހެނެވެ. އޭނާ ލައްވާ އެއްކަމެއް ވެސް ކުރުވާކަށް އެއްބަހެއްނުވިއެވެ. ގޭގައި ގެންގުޅޭ މީހާއާއެކު ޝަރުމީނާއި ޝިހާނާ އުޅޭ ގޮތް ފެނުމުން ނިމްރާއަށް ކަމެއް ނުކޮށް އިންނާކަށް ނުކެރުނެވެ.
"ކަމޯން މަމް... ރެޑް ވަރަށް މީރުކޮށް ކައްކާނެ، މަންމަ ރަހަބަލައިފިއްޔާ އަބަދު ރެޑް ކައްކާ އެއްޗެހި ކާން ބޭނުންވާނީ" ހަލަފް އިނދެފައި ބުނެލިއެވެ.
"އިރާދަކުރެއްވިއްޔާ ނިމްރާގެ އަތުން ހަދާ އެއްޗެހީގެ ރަހަ ވެސް އަދި ފެންނާނެ، އެކަމަކު ދަރިފުޅު ބަދިގެއަށް ވަންނާނީ މިކޮޅަށް ބަދަލުވެ ހަމަޖެހެވުނީމަ، އާނާ... ކޮންއިރަކުންތަ ތިޔަ ދެކުދީންގެ ފުރުން އޮތީ" ޝަރުމީނު ވާހަކަދެއްކީ ނިމްރާއާއި ޝިހާނާއަށް ބަލަމުންނެވެ.
"މާދަމާ ރޭ" ޝިހާނާ ބުނެލިއެވެ. އެއާއެކު ޝަރުމީނު ބަލާލީ ނިމްރާއަށެވެ. އޭނާގެ ޖަވާބަކަށް މަޑުކޮށްލައިގެން ހުރި ކަހަލައެވެ.
"އަރްސަލްއަށް އެނގޭނީ" ނިމްރާ ބުނެލިއެވެ.
"މަންމަ އަހާނެ ވެސް ކަމެއްނެތް، ރެޑްއަކަށް ނޭނގޭނެ ދޮންބެ ނިންމާ ކަންތައްތަކެއް" ހަލަފް ބުނެލިއެވެ. އެވަގުތު ބަދިގޭ ދޮރުމަތިން މީހަކު ކަރުކެހެލި އަޑުއިވުނެވެ. އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނުއިރު އަރްސަލް ވަންނަނީއެވެ. ހަމައެވަގުތު ހަލަފް އިނދެފައި ނިމްރާގެ ކޮނޑަށް އަތްވައްޓާލިއެވެ.
"ރެޑް... އަހަރެންގެ ރޫމު މިހާރު ވަރަށް ސަޅިވާނެ، ހިނގާ ރޫމު ބަލާލަން ދާން" ގޮނޑިން ފުންމާލި ގޮތަށް ނިމްރާގެ އަތަށް ހަލަފް ދަމާލިއެވެ. ހީވީ ގަސްދުގައި އަރްސަލްއަށް ޖެއްސުމެއް ކޮށްލަން ނިޔަތްގަނެގެން ހަލަފް ހުރި ހެނެވެ.
"ޝީ އިޒް މައި ވައިފް ނައު" އަރްސަލް އައިސް ނިމްރާގެ ގާތުގައި މަޑުކޮށްލުމާއެކު ހަލަފްގެ އަތް ނައްޓުވާލިއެވެ.
މެންދުރުގެ ކެއުމަށް ކާމޭޒުދޮށުގައި ބިލާލު އިށީނެވެ. ދިގު މޭޒުގެ ކޮޅުގައި އިން ބިލާލުގެ މޫނުން ފެންނަ ހިނިތުންވުން ފަނޑުވެގެންނުދެއެވެ. އެއްމޭޒުގެ ދޮށުން އޭނާގެ ތިން ފިރިހެން ދަރީން އެކުގައި ފެންނަމުންދިޔައިރު ހިތް އޮތީ ޝުކުރުން ފުރިފައެވެ. އިތުރު އުފާވެރިކަމެއް ލިބެމުންދިޔައީ ޢާއިލާއަށް އިތުރުވި ދެ ޅީދަރީންގެ ހިނިތުންވެފައިވާ މޫނުތައް ފެންނަމުންދިޔައީތީއެވެ. ހަފަލްއާއި އަރްސަލްގެ ދެމެދުގައި ކުރެވޭ އަރައިރުން ބިލާލަށް ފެނުމުގެ ނަސީބު ލިބުނެވެ. ހީނލާހީނލާ އިނދެވުނީ ނިމްރާ އިރުއިރުކޮޅާ އަރްސަލް ހިފަހައްޓަން ކުރަމުންދާ މަސައްކަތް ފެނިފައެވެ. ރާދިންއަކީ ހުރިހާ ކުދީން ބައިބައިވިޔަ ނުދީ ހިފަހައްޓައި މައި މުގުލެވެ. ހަލަފްއަށް އެއްޗެއް ބުނެފިއްޔާ އަނެއްފަހަރު އަރްސަލްއާ އޭނާ ދިމާކޮށްލައެވެ. އެ އެންމެންގެ މެދުގައި ވެސް ނިމްރާގެ މައްޗަށް ޚާއްޞަ ލޯތްބެއް އޮތްކަން ބިލާލަށް ފާހަގަވިއެވެ. އުމުރުން ހަލަފްއާއި މާބޮޑު ތަފާތެއް ނެތްއިރު ޝިހާނާއާއި ރާދިން ވެސް ދެކެނީ ނިމްރާއަކީ ކޮއްކޮއެއްގެ ގޮތުގައިކަން ބިލާލު ދެނެގަތެވެ. ހަމައެއާއެކު އަރްސަލްއާއި ނިމްރާގެ ދެމެދުގައި ހުރި އުމުރުގެ ފަރަގަށް އޭނާ ވިސްނާލިއެވެ. ނިމްރާއާ މެދު އަރްސަލް އެހާ ފަރުވާތެރިވަނީ އުމުރުގެ ހަގުކަމުން ކަމަށް ބިލާލު ހީކުރިއެވެ.
"ދެ ހަފްތާ ފަހުން ދޯ ދެން ފެންނާނީ" ހުރިހާ ކުދީންގެ ސަކަރާތުގެ ތެރެއިން ބިލާލު ބުނެލިއެވެ.
"ދެ ހަފްތާ ހިނގައިދާނެ ނިކަން އަވަހަށް" ހިނިތުންވެލައިގެން އިން ޝަރުމީނު ބުނެލިއެވެ.
"ތެދެއް ޑޭޑް، އެއީ އެހާ ގިނަދުވަހެއްނޫނޭ... ބައި ދި ވޭ... ރެޑް، ކޮންތާކަށްތަ ހަނީމޫނަށް ދަނީ" ހަލަފް ބުންޏެވެ.
"އެ ކީއްކުރަން" ނަގަނަގައި ހުރި އޫ ތިރިކޮށްލަމުން އަރްސަލް ބުންޏެވެ.
"ދާންވެގެން... ދެން އެހެން ކޮންކަމަކު، ރެޑް... ވަރަށް މިސްވާނެ، ފޮޓޯ ފޮނުވައްޗޭ، ކޮންމެ ދުވަހަކު ގުޅައްޗޭ، އައި ވެއިޓް ކުރާނަން އިނގޭ" އެކްޓު ޖައްސަލަމުން ބޯއަރިކޮށް ނިމްރާއަށް ބަލާލި ހަލަފް ބުނެލިއެވެ. ރާދިން ހޭންފެށިއިރު އަރްސަލް ނޫނީ ދެން ތިބި އެންމެން ވެސް ހެނީއެވެ.
"ބައްޕަ މީނަ މީހަކާ ދެވަންވީނު" ފާޑަކަށް އިން އަރްސަލް ބުނެލިއެވެ. އެކަކަށް އެކައްޗެކޭ ވެސް ނުބުނެވި ހުނުންގަނޑުވީ ބާރެވެ.
* * * * *
ހަނީމޫނަށް ފުރުމުގެ ކުރީން ވިވިއަންއާއި ނޯލެންއާ ފަހުފަހަރަށް ބައްދަލުވުމަށް އެ މީހުން އަރްސަލްއާއި ނިމްރާގެ ގާތުން އެދުނެވެ. ރޭގަނޑުގެ ކެއުމަކަށް އެރުވި ދަޢުވަތަށް ނިމްރާއާއި އަރްސަލް އައިއިރު ޒިވަން ވެސް އިނެވެ. ވިވިއަންއާއި ނޯލެން އެނބުރި ދާތީ ދެން ދިމާވާނޭ ދުވަހެއް ނޭނގޭ ކަމަށް ވިވިއަން ބުންޏެވެ. އެހެންނަމަވެސް ނިމްރާއާއި އަރްސަލް އެއްފަހަރު ވިޔަސް އެމީހުންގެ ގާތަށް އައުމަކީ ވިވިއަންއާއި ނޯލެން ވެސް ވަރަށް އެދޭކަމެއްކަން ހާމަކުރިއެވެ. އަދި ދޭތެރެއަކުން ނިމްރާގެ ހާލު ބަލާލަން ވިވިއަން ގުޅުމުގެ ހުއްދައަށް އެދުނެވެ. އެއީ އެވަރުކަމެއްކަމުގައި ނިމްރާ ނުދެކެއެވެ. އެހެންވެ ނިކަން އަވަހަށް އެއްބަސްވިއެވެ. ހަމައެއާއެކު ކޮންމެވެސް ދުވަހަކުން ވިވިއަންމެން އުޅޭ ހިސާބަކަށް ދާނަންކަމުގައި ނިމްރާ ބުނެލިއެވެ.
ޖެހިގެން އައި ދުވަހުގެ އިރުއޮއްސެން ވީއިރު އަރްސަލްއާއި ނިމްރާ އުޅުނީ ޕެކް ކުރުމުގައެވެ. އިރުއޮއްސޭއިރު އޮންނަ އެމިރެޓްސް ފްލައިޓަށް ޗެކިންވުމަށް އެއާޕޯޓަށް އެ ދެމަފިރިން ގޮވައިގެން އައީ ޒިވަންއެވެ. އޭރު ޝިޔާޒުއާއެކު ރާދިންމެންގެ ދެމަފިރިން ވެސް އެއާޕޯޓުގައި ތިއްބެވެ. ރާދިންއާއި އަރްސަލް ވެސް އެ މީހުންގެ އަނބިން ގޮވައިގެން ދަނީ އެއް މަންޒިލަކަކަށްކަން ނިމްރާއާއި ޝިހާނާއަށް އެނގުނީ އެއާޕޯޓުން އެ މީހުން ބައްދަލުވީމައެވެ. ގަސްދުގައި ރާދިންއާއި އަރްސަލް ވެސް އެކަން ސިއްރުކުރީއެވެ.
"ބީ ރެޑީ ވައިފީ" ފްލައިޓްގައި އިނދެފައި އަރްސަލް ބުނެލިއެވެ. ހީވީ ކުރީބައިގައި އިންޒާރެއް ދިންހެނެވެ.
"ރާދުމެން ތިބޭނީ އަހަރެމެން ތިބޭ ތަނުގައިގަތަ؟" އަރްސަލްއާ ޖެހިގެން އިން ނިމްރާ އަހާލިއެވެ.
"ރާދުމެން ތިއްބަސް އެސްކޭޕެއް ނުވެވޭނެ އިނގޭ" އަރްސަލް ބުނެލިއެވެ.
"ފުރޭތަ... ނޫޅެން ވާހަކަދައްކާކަށް، ހިތްވެސް ފުރޭ އިންސާނެއްނޫން މީ" ދެއަތްއުރާލައި އަނެއްފަރާތަށް ނިމްރާ މޫނު އަނބުރާލިއެވެ. އެ ހަރަކާތުން އަރްސަލް ހީނލާފައި ނިމްރާގެ ކޯތާފަތުގައި ބޮސްދިނެވެ.
"ސްކާލެޓް، މައި ސްވީޓް އެންގްރީބާޑް" ހެމުންހެމުން އަރްސަލް ބުނެލިއެވެ. ކުރިއަށްވުރެ ނިމްރާގެ ތުންކޮޅު އޫކޮށްލިއެވެ. އެހެންނަމަވެސް ދާން އުޅޭ މަންޒިލާ މެދު ނިމްރާއަށް ވިސްނުނެވެ. ހަތަރު ދުވަސް ސިސިލީގައި ހޭދަ ކުރުމަށްފަހު ދާންއޮތީ ގްރީސްއަށެވެ. ގްރީސްގެ ސަންޓޯރިނީ "ވެކޭޝަން" ކޮޓޭޖްގައި ހަނީމޫނުގެ ބާކީ ދުވަސްތައް ހޭދަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ގޮތަށެވެ. އެ ކޮޓޭޖްގައި ހަމައެކަނި ދިރިއުޅޭނެ ބަޔަކީ ރާދިންމެންގެ ދެމަފިރިންނާއި އަރްސަލްމެންގެ ދެމަފިރިންނެވެ. ދެ ކޮޓަރީއާއި ކޯޓްޔާޑަކާއި ޕްރައިވެޓް ޖަކޫޒީއެއް ކޮޓޭޖްގައި ހިމެނެއެވެ. ހުރިހާކަމަށްވުރެ ނިމްރާއަށް ވިސްނެމުންދިޔައީ އަރްސަލްގެ ލާނެތްކަން ހުންނާނޭ ވަރު އެނގޭތީ އެކަމާއެވެ. (ނުނިމޭ)