ހަބަރު

އުމްރާ ދަތުރުފުޅަށް ފަހު އިބޫ މާލެ ވަޑައިގެންފި

އުމްރާއަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރާއްޖެ ވަޑައިގެންފި އެވެ.

އިބޫ ސައުދީއަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަޑައިގަތެވެ. އޭގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެއާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ނާޒިމް ސައްތާރުވެސް އުމްރާއަށް ވަޑައިގަތެވެ.

އިބޫ ވަނީ އެ ގައުމުގެ އިސްވެރިންނާއި މައްކާގެ އުންމުލްގުރާ ޔުނިވަސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އިބޫ ވަނީ އެ ކުދިންގެ ކިޔެވުމުގެ ކަންކަމުގައި އެއްވެސް ދަތިތަކެއް ދިމާވޭތޯ އޮޅުން ފިލުއްވައި އެ ކުދިންގެ ކިޔެވުމަށް ހިތްވަރު ދެއްވައިފަ އެވެ.