ގައުމީ ފުޓްބޯޅް ޓީމް

ގައުމީ އަންހެން ޓީމަށް އަގުސޯ މިސްކިތަށް ޒިޔާރަތްކުރުމުގެ ޝަރަފު

އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ފަލަސްތީނާ ދެކޮޅަށް ކުޅެން އެ ގައުމަށް މިހާރު ދަތުރުކުރަމުން އަންނަ އަންހެން ގައުމީ ފުޓްބޯޅަ ޓީމް ކުރި ދަތުރު ނިންމާލުމުގެ ކުރިން، ގުދުސްގައި ހުންނަ އަގުސޯ މިސްކިތަށް ޓީމުން ޒިޔާރަތް ކޮށްފި އެވެ.

އިސްރާއީލުން، ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިނގަމުންދާ ގަތުލުއާންމާއި އުދުވާންގެ ތެރެއިން އަގުސޯ މިސްކިތަށް ޒިޔާރްތް ކުރުމުގެ ފުރުސަތު ފަލަސްތީންގެ ކޮންމެ މީހަކަށް ނުދެ އެވެ. އަދި ފަލަސްތީނަށް ގޮސް ހަދާ މީހުންނަށްވެސް އެ ފުރުސަތު ލިބުމުގައި އަބަދުވެސް އުނދަގޫތައް ކުރިމަތި ވެއެވެ.

އަގުސޯ މިސްކިތަކީ މުސްލިމުންގެ އެންމެ މުގައްދަސް ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. މުސްލިމުންގެ ހިތުގައި އެ މިސްކިތާ މެދު ހާއްސަ ޝަރަފެއް ދެވިފައިވާ މިސްކިތަށް ވަނުމުގެ ފުރުސަތު މިނިވަން ކަމާއެކީގައި ހުޅުވާލެވިފައެއް ނުވެ އެވެ.

އަގުސާ މިސްކިތަށް، ޒިޔާރަތް ކުރުމަށް ފަހު، އަންހެން ޓީމު ވަނީ އެ މިސްކިތް ކައިރީގައި ހުންނަ އެހެން މިސްކިތެއް ކަމަށްވާ، ގުބައްތުއް ސަހަރާ ނުވަތޯ "ޑޯމް އޮފްދަ ރޮކް" މިސްކިތަށް ވެސް ގޮސްފަ އެވެ. ގުބައްތު ސަހަރާ މިސްކިތް ކުރިމަތީގައި ޓީމު ނަގާފައިވާ ފޮޓޯއެއް އެފްއޭއެމުން ވަނީ ޓްވީޓް ކޮށްފަ އެވެ. އެފްއޭއެމްގެ ޓްވީޓްގައި ވަނީ ޓީމު އަގުސޯ މިސްކިތަށް ޒިޔާރަތް ކުރި ކަމަށް ބުނެފަ އެވެ.

އެތަނަށް ޒިޔާރަތްކުރި ޓީމްގެ ބައެއް މެންބަރުން ބުނި ގޮތުގައި އެ މިސްކިތައް ޒިޔާރަތްކުރެވޭނެ ކަމަށް އެ މީހުން ތިބީ އުންމިދުކޮށްގެނެއް ނޫނެވެ. އެކަމަކު އެތަނަށް ޒިޔާރަތް ކުރަން ފުރުސަތު ލިބުމުން ކުޅުންތެރިން ވަނީ މިސްކިތުގައި ނަމާދުވެސް ކޮށްފަ އެވެ. އެޓީމުން ބުނީ މިއީ އެ މީހުންގެ ހަޔާތުގައި ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.