ޓެކްނޯލޮޖީ

ސެމްސަންގްގެ ފަހުގެ ފޯނު ފަތްޖަހާލެވޭނެ!

ސެމްސަންގުގެ އެންމެ ފަހުގެ އުފެއްދުމަކީ ފަތްޖަހައިލެވޭ ފޯނެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި ބުދަ ދުވަހު ބޭއްވި "ސެމްސަންގް ޑިވެލޮޕާ ކޮންފަރެންސް" ގައި ސެމްސަންސަންގު މޮބައިލް މާކެޓިންގެ ނައިބު ރައީސް ޖަސްޓިން ޑެނިސަން ވިދާޅުވީ ފަތްޖަހައިލެވޭ ފޯނު އަންނަ އަހަރު ނެރެވޭނެކަމަށެވެ. މި ފޯނު އަންފޯލްޑް ކޮށްލުމުން ފޯނެއްގެ ބަދަލުގައި ޓެބްލެޓެއް ބޭނުންކުރެވޭ ކަމުގެ އިހުސާސް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ފޯނުގައި 7.3 އިންޗި ހުންނައިރު މިއީ އިންފިނިޓީ ފްލެކްސް ޑިސްޕްލޭގެ ފޯނެއް ކަމަށްވެސް އެ
ކޮންފަރެންސްގައި ވަނީ ބުނެފަ އެވެ.

މި ފޯނު ރިލީޒް ކުރާނޭ ސީދާ ތާރީހެއް އެ ކުންފުނިން އަދި ހާމަ ނުކުރިއަސް މި އަންނަ އަހަރު މި ފޯނު ރިލީޒް ކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.