ވިޔަފާރި

މޫދު އަޑީގެ ވިލާގައި މަޑުކުރުމަށްފަހު ނިލޮފާ ހައިރާންވެއްޖެ

Nov 12, 2018

މޫދު އަޑީގެ ކޮޓަރިއެއްގައި ނިދާލަން ބޭނުންވާ މީހުން މަދެއް ނުވާނެ އެވެ. ނަމަވެސް މިއީ ދުނިޔޭގައި މާގިނައިން ލިބޭ ހިދުމަތެއް ނޫނެވެ. އެފަދަ ތަނެއް މިހާރު ހަމައެކަނި ހުރީ ރާއްޖޭގަ އެވެ. ރާއްޖޭގެ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ފަރުމަތީގައި ހުޅުވި މުރަކަ ވިލާ ހުޅުވީ މިމަހު އެވެ. މިއާއެކު މިތަނުގައި މަޑުކޮށްލަން ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ކިޔޫ ޖެހުނެވެ. ނަމަވެސް އެ ފުރުސަތު ލިބިފައިވަނީ އަދި ދެ ތިން މީހަކަށެވެ. މީގެތެރެއިން އެކަކީ، މެލޭޝިއާގެ އެކްޓްރެސް އަދި ވިޔަފާރިވެރިއެއް ކަމަށްވާ ނޫރު ނީލޮފާ ބިންތި މުހައްމަދު ނޫރު އެވެ.

ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ހެދި މުރަކަ ރެސިޑެންސްގައި މަޑު ކުރުމަށްފަހު ނިލޮފާ ބުނެފައިވާ ގޮތުގައި މިފަދަ ތަނެއްގައި މަޑުކޮށްލަން ފުރުސަތު ލިބުމަކީ ފްލައިފް ޓައިމްގައި ލިބޭނެ ހަމައެކަނި ފުރުސަތެވެ.

ބަޓްލާ ހިދުމަތާއެކު ހުޅުވާފައިވާ މުރަކަ ރެސިޑެންސްގައި އެންމެ ރެއެއް ހޭދަކޮށްލަން ލިބެނީ ބައި ލައްކަ ޑޮލަރެވެ.

މުރަކަ ރެސިޑެންސް ހަދާފައިވަނީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ރަންގަލީގެ ފަޅުތެރޭގަ އެވެ. ނުވަ މީހުންގެ ޖާގައިގެ މި ގޭގެ މަސައްކަތް ނިންމާލާފައިވަނީ މި އަހަރު އެވެ. މިތަން ހަދާފައިވަނީ ދެ ބުރިއަށް ވާ ގޮތަށެވެ. މި ގޭގެ ނިދާ ކޮޓަރި ހުންނަނީ ކަނޑުއަޑީގަ އެވެ. މިތަނުގައި ކިންގް ސައިޒުގެ ކޮޓަރި އަކާއި ލިވިން އޭރިއާ އަދި ފާހާނާ އާއެކު ސުއިޓެއް ހުރެ އެވެ. މި ތަން ހަދާފައިވަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގަ އެވެ.