ވިޔަފާރި

ބީއެމްއެލްއިން ބާއްވާ ބޭންކިން ކޮންފަރެންސް މި މަހު 15،16 ގައި

Nov 12, 2018

ރާއްޖޭގައި ބާއްވާ ފުރަތަމަ ބޭންކިން ކޮންފަރެންސް ބޭއްވުމުގެ ފަހުރު ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.

ބީއެމްއެލް އިން ބުނީ މިމަހުގެ 15 އަދި 16 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ އަހަރީ ކޮންފަރެންސް ގެ އެންމެ ފަހުގެ ތައްޔާރީތައް ވަރަށް ބަރާބަރަށް ކުރިއަށް ދާކަން މި ކޮންފަރެންސް އިންތިޒާމުކުރާ ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފި އެވެ. އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯ އިންނާއި އިސްވެރިން ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްގައި 25 ގައުމެއްގެ 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ އަކީ " ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއާ" އެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިން ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާގެ ހަރުދަނާކަމާއި އަދި އެ ދާއިރާގެ ނަޟާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވިގެންދާނެ އެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ޚިދުމަތް ފޯރުކޮށްދޭ ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާއެވެ. ޓެކްނޮލްޖީ އަށް މުހިންމު އިސްކަމެއްދޭ ބީއެމްއެލް އަކީދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކިންގ ޚިިދުމަތް ދޭންފެށި ބޭންކުވެސް މެއެވެ. ޓެކްނޮލްޖީ އާ ރައްޓެހި ދިވެހިރާއްޖޭގެ އާބާދީގައި، ބޭންކުގެ ކޮންމެ 10 މުއާމަލާތްތަކުން 9 މުޢާމަލާތް ހިނގަމުންދަނީ އޮންލައިންކޮށެވެ. ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެހެން ހުރިހާ ބޭންކްތަކަށް ވުރެ ފުޅާދާއިރާއެއްގައި މުޖުތަމައަށް އިންވެސްޓްކުރަމުންނެވެ.