ގައުމީ ފުޓްބޯޅް ޓީމް

ފަދުވާގެ މޮޅު ގޯލަށް ތައުރީފު އޮހެނީ!

އޮލިމްޕިކްސް ކޮލިފައިންގައި ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު އިންޑޮނޭޝިއާ ކޮޅަށް ޖެހި މޮޅު ލަނޑަށް ތައުރީފު އޮހެން ފަށައިފި އެވެ.

ފަލަސްތީންގައި މިހާރު ކުރިއަށްދާ ކޮލިފައިންގައި، އިންޑޮނޭޝިއާ އަތުން 3-1 ރާއްޖެ ބަލިވި މެޗުގައި، ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރުުމުގައި، ފަދުވާ ވަނީ އޭނާގެ އިންޑިވިޖުއަލް ހުނަރުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފަ އެވެ.

ފަދުވާ ޖެހި ގޯލްގެ މޮޅު ގޯލް

ރާއްޖޭގެ ހާފުގެ ތެރެއިން، ލިބުނު ބޯޅަ ހިފައިންގެން އިންޑޮނޭޝިއާގެ ހާފުގެ ތެރެއަށް ވަދެ، އެ ޓީމުގެ ދެ ކުޅުންތެރިން ނައްޓާލުމަށް ފަހު ފަދުވާ ވަނީ، އެ ލަނޑު ޖެހުމަށްޓަކައި އިންޑޮނޭޝިއާގެ މުޅި ހާފު ކަޑަތުކޮށްފަ އެވެ. އެ ލަނޑު ޖެހުމަށް އޭނާގެ ހަލުވި ސުޕީޑްގެ ބޭނުންކޮށް، 90 މީޓަރު ކަޑަތު ކުރި އެވެ. އިންޑޮނޭޝިއާގެ ޕެނަލްޓީގެ އޭރިއާގެ ތެރެއަށް ވަދެ، އެ ޓީމުގެ ގޯލްގެ ކަނަށް ފަދުވާ ބޯޅަ ފޮނުވާލީ، ގޯލްކީޕަރަށްވެސް ފުރުސަތެއް ނުދީ އެވެ.

ފަދުވާ ޖެހި ގޯލަށް، ފުރަތަމަ ޑިވިޝަންގެ ކޯޗުންގެ ފަރާތުން ވަނީ ތައުރީފު އޮއްސާލާފަ އެވެ. ފަދުވާ އެ ޖެހި ގޯލަކީ ކޮލިފައިންގައި ޖެހި އެންމެ މޮޅު ގޯލް ތަކުގެ ތެރޭގައި ހިމެނޭ ގޯލެވެ.