ހަބަރު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

Nov 13, 2018

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން އަގު ހެޔޮކުރަން ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ، ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ކަމަށެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޑީސަލް ލީޓަރަކުން 10 ލާރި އަގުހެޔޮވާނެ ކަމަށާއި މިއަދުން ފެށިގެން ޑީސަލް ލީޑަރެއް ވިއްކާނީ 11.99 ރުފިޔާ އަށް ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި އަގުހެޔޮވާނެ ކަމަށާއި މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 11.19 ރުފިޔާއަށް ކަމަށް އެސްޓީއޯއިިން ބުނެފި އެވެ.

އެންމެ ގިނައިން ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއިން މި އަހަރުގެ ތެރޭގައި ތެލުގެ އަގު ހަ ފަހަރެއްގެ މަތިން ބޮޑުކޮށްފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ދެ ފަހަރު ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ.