ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިހާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިފި

އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް
ކަނޑައަޅައިފި އެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް މިހާރު ވެސް ޕާޓީތަކުގެ ތެރޭގައި ކެމްޕެއިން ފަށާފައިވާއިރު، މިއަދު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެ އިންތިހާބަށް 80 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އެއީ އިލެކްޝަން ކޮމިޝަނުން އެދުނު އަދަދު ކަމެއް އަދި ސާފެއް ނުވެ އެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންގެ މަޖިލިސް ބާއްވާއިރު އަންނަ މަޖިލީހަށް ދެ ދާއިރާއެއް އިތުރު ކުރަން
ވަނީ ނިންމާފަ އެވެ. މިހާރު 85 މެންބަރުން ތިއްބަވާއިރު، އަންނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެ އެވެ.