ވިޔަފާރި

ބިރިޔާނީ ރޯޔަލް އިން ތާލީ މީލްގެ މުޅިންއާ ރަހައެއް

Nov 15, 2018
2

ބިރިޔާޖީ ރޯޔަލް އިން "އެގްޒެކެޓިވް ތާލީ" ގެ ނަމުގައި ހާއްސަ ތާލީ މީލް އެއް ނެރެފި އެވެ.

ނޯތް ހާބަރު ފުޑްކޯޓްގައި ހަދާފައިވާ ބިރިޔާނީ ރޯޔަލް އިން ނެރެފައިވާ އެގްޒެކެޓިވް ތާލީ ހާއްސަކޮށްފައިވަނީ ތާލީ މީލްގެ ރަހަތަކަށް ހާއްސަ ހުންނަ މީހުންނަށެވެ.

ރެސްޓޯރެންޓް ބްރޭންޑް އޮކްސިޖަންއިން ހިންގަމުން ގެންދާ ބިރިޔާނީ ރޯޔަލް އިން ނެރެފައިވާ ތާލީ މީލްގައި އިންޑިއަން ފުޑްގެ ގިނަ ރަހަތަކުގެ އިތުރުން ދިވެހިންނަށް ކަމުދާނެ ގިނަ ރަހަ ތަކެއް ވެސް ހިމެނެ އެވެ. މި މީލްގައި ތެލުލި މަހާއި ތެލުލި ކުކުޅު އަދި ސަޓަނި ވެސް ހިމެނެ އެވެ. އަދި އިންޑިއަން ފުޑްގެ ރަހަތަކުގެ ގިނަ ބާވަތް ތަކެއް ވެސް ހިމެނެ އެވެ.