ފިނިޕޭޖް

ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު ސީސަން އަންނަ އޭޕްރީލްގައި

ގޭމް އޮފް ތްރޯންސްގެ އަށް ވަނަ އަދި އެންމެ ފަހު ސީޒަން މި އަންނަ އަހަރު އޭޕްރީލްގައި ނެރޭނެ ކަމަށް އެޗްބީއޯއިން ބުނެފި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މި ސީރީޒްގެ އެންމެ ފަހު ސީޒަންގެ ހަ އެޕިސޯޑަކީ ދިގު އެޕިސޯޑުތަކަކަށް ބަހައިލައިިގެން ނެރޭނެ އެޕިސޯޑުތަކެއް ކަަމަށް އެޗްބީއޯއިން ބުނެ އެެވެ. އަދި މިއީ މި ސީރީޒްގެ އެންމެ ފަހު ސީޒަން ކަމަށްވެސް ވަނީ އިއުލާންކޮށްފަ އެވެ.

މި އާއެކު އެޗްބީއޯއިން ވަނީ ޕްރޮމޯޝަނަލް ޓީޒާ ޓްރެއިލާ އެއްވެސް ނެރެފަ އެވެ. މި ޓީޒާގައި އަލަށް ނެރޭ ސީޒަންގެ އެެއްވެސް ބައެއް ނުހިމެނި ކަމުގައި ވިޔަސް، މީގެ ކުރިން ނެރެފައިވާ ހަތް ސީޒަންއަށް ވަނީ އަލިއަޅުވާލާފައެވެ.

ގޭމް އޮފް ތްރޯންގެ

މި ސީރީޒްއަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އާރް އާރް މާޓިންގެ ވާހަކަ ފޮތް "އަ ސޯން އޮފް އައިސް އެންޑް ފަޔާ"އަށް ބިނާކޮށް ތައްޔާރުކުރަން ފެށި ސީރީޒްއެކެވެ. ހަތް ކޮއިލުގެ ރަސްކަމުގެ ދަހިވެތިކަމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވައިދޭ މި ސީރިޒްއަކީ ރާއްޖޭގެ ގިނަ ބަޔެއްގެ ލޯތްބާއި ތަރުހީބު ލިބުނު ސީރީޒްއެކެވެ. ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބުނު މި ސީރީޒް އަށް ވަނީ އެކި އެވޯޑް ޝޯތަކުން ޖުމްލަ 255 އެވޯޑް ލިބިފައެވެ.