ވިޔަފާރި

އުރީދޫން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ރިސޯޓްސް ސޮލިއުޝަންތަކެއް

Nov 14, 2018

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ޚާއްސަކުރެވިފައިވާ ޑިޖިޓަލް ރިސޯޓް ޕޯޓްފޯލިއޯ އެއް މިއަދު އުރީދޫ އިން ތައާރަފްކޮށްފި އެވެ.

މި ސޮލިއުޝަންތަކުގެ އަމާޒަކީ، ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ބޭނުންކުރެވެމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ދިވެހި ރިސޯޓުތައް ފަސޭހަކަމާއި އެކު ގުޅުވާލަދިނުމެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ޗުއްޓީ އެއް ހިޔާރުކުރާއިރު، އަދުގެ ފަތުރުވެރިން އިސްކަންދެނީ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ތަފާތު ތަޖުރިބާތަކެއް ގެނެސްދޭ ހޮޓެލްތަކާއި ރިސޯޓުތަކަށް ކަމަށެވެ.

"މި ފަދަ ތަޖުރިބާތަކެއް މަގުފަހިކޮށްދީ، ރިސޯޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ހޮޓެލިއަރުންވެސް ދަނީ އީޖާދީ ޓެކްނޮލޮޖީތައް އިޚްތިޔާރުކޮށް، އޭގެ ބޭނުން ހިފަމުން. އުރީދޫގެ އަމާޒަކީ މިފަދަ ޓެކްނޮލޮޖީތަކާއި ފަސޭހަކަމާއިއެކު ރިސޯޓުތަށް ގުޅުވާލަދިނުން. ދުނިޔޭގެ އެކި ހިސާބުތަކުގައި ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުން ލިބިފައިވާ ތަޖުރިބާ އާއި އެކު، އުރީދޫގެ ޑިޖިޓަލް ރިސޯޓް ސޮލިއުޝަންތައް އެހީތެރިވެދެނީ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ރިސޯޓުތަކުގެ އައިޓީ އިންފްރާސްޓްރަކްޗަރ ސިމްޕްލިފައި ކުރުމާއި އެކު އެކަމަށް ހޭދަކުރަމުންދާ އަދަދު ކުޑަކޮށްދިނުމަށް. ހަމަ އެހެންމެ، ރިސޯޓުގެ އެންމެހާ މުއާމަލާތް ބެހޭ އެންމެހާ މައުލޫމާތުތައް އެއްތަންކޮށް، ޑޭޓާ އެނަލިޓިކްސްގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ ބިޒްނަސްގެ ޑިޖިޓަލް ރިސޯޓްސްއަކީ، އިތުރު ހާޑްވެއާތަކާއި ނުލާ ކްލައުޑް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކެކެވެ. ރިސޯޓްތަކުގައި މިހާރުވެސް ގާއިމްކުރެވިފައިވާ އައިޓީ ވިއުގަ އާއި ފަސޭހައިން ގުޅާލެވޭ މި ސޮލިއުޝަންތައް މެދުވެރިކޮށް، މުޅި ރިސޯޓުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް، ޖުމްލަގޮތެއްގައި ހަރަދުތައްވެސް ކުޑަކުރެވިގެންދާނެއެވެ. މި ޕޯޓްފޯލިއޯގައި ހިމެނޭ ސޮލިއުޝަންތަކަކީ:

  • ޑިޖިޓަލް ރިސޯޓް އެޕް: ފަތުރުވެރިން ރިސޯޓަށް އައުމުގެ ކުރިން، ޗުއްޓީ ތެރޭގައި، އަދި އެއަށްފަހުވެސް ކުރަންޖެހޭ އެންމެހާ މުއާމަލާތްތަކެއް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ އެޕެއް
  • ޑިޖިޓަލް އެޗް.އާރު: މުވައްޒަފުންގެ އެންމެހާ މުއާމަލާތްތަކެއް ފަސޭހަކޮށްދޭ، ކްލައުޑް މެދުވެރިކޮށް މަސައްކަތް ކުރާ ޓޫލެއް
  • ޑިޖިޓަލް އެންޓަޓެއިންމަންޓް: އެންމެ ފަހުގެ އެޗް.ޑީ އެންޓަޓެއިންމަންޓް، ވީޑިއޯ އޮން ޑިމާންޑް އަދި އިން-ރޫމް ސާވިސާސް ފޯރުކޮށްދޭ، ފުރިހަމަ އައި.ޕީ.ޓީ.ވީ ޕްލެޓްފޯމެއް
  • ޑިޖިޓަލަ ހަބް: މިއީ ސިންގަލް ގިގަބިޓް ފައިބަރ ނެޓްވަރކެއްގައި ބިނާކޮށްފައިވާ، ވޮއިސް، ވީޑިއޯ، އިންޓަނެޓް އަދި ޓީވީގެ ޚިދުމަތްތަށް ފޯރުކޮށްދޭ ކޮޑް ޕްލޭ ސޮލިއުޝަންއެކެވެ