ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ އާއި ޖޯޖީނާއާ އެންގޭޖު ވެއްޖެ

Nov 15, 2018
2

ޔުވެންޓަސް އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސްޕެއިންގެ މޮޑެލް ޖޯޖީނާ ރޮޑްރިގޭޒް އެންގޭޖު ވެއްޖެ އެވެ.

ރޮނާލްޑޯ އާއި ޖޯޖީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. އެ ދެ މީހުންގެ ގުޅުން ފެށުނީ، 2016 ވަނަ އަހަރު ފަހު ކޮޅު އެވެ. ޖޯޖީނާ އާއި ރޮނާލްޑޯއަށް ވަނީ، މިދިޔަ އަހަރު އަންހެން ކުއްޖެއް ވެސް ލިބިފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ރޮނާލްޑޯ ވަނީ، ނުވަ އަހަރު ވަންދެން ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު، މި ސީޒަންގައި ޔުވެންޓަސްއަށް ބަދަލުވެފަ އެވެ. އޭނާއާއެކު ޖޯޖީނާވެސް އިޓަލީއަށް ބަދަލުވި އެވެ.

ޖޯޖީނާ އާއި ރޮނާލްޑޯ އެންގޭޖުވި ކަމުގެ ހަބަރު ފެތުރުނީ، ޖޯޖީނާ އަންގޮޓިއެއް އަޅަިއގެން ހުރި ފޯޓޯއެއް އިންޓަގްރާމްގައި އޭނާ ޕޯސްޓް ކުރުމުންނެވެ. އެއީ ޑައިމަންޑުން ޖަރީކޮށްފައިވާ އަގުބޮޑު އަންގޮޓި އެކެވެ.