ހަބަރު

އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ޗަންދްރިކާ ވަޑައިގެންފި

Nov 16, 2018
3

އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޗަންދްރިކާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމަނާގެ އިތުރުން މިއަދު މެންދުރުފަހު، ސީޝެލްސްގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް މުހައްމަދު އަފީފް ވެސް މިއަދު ރާއްޖެ ވަޑައިގެންނެވި އެވެ. އަފީފަށް ވެސް މަރުހަބާ ދެންނެވީ ރައީސް ނަޝީދެވެ.

އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ގައުމުތަކުގެ އިސް ބޭފުޅުން ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަންނަވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. މާދަމާ މޯދީ ރާއްޖެ ވަޑައިގަންނަވާއިރު އެއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.