ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ސްރީލަންކާ އަށް ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގަތީ ފަސް ދުވަހުގެ ދަތުރުފުޅެއްގަ އެވެ.
ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުން މިދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ރައީސްގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅުން ލަންކާގައި ދިރިއުޅުއްވާތީ އާ އަހަރާ ދިމާކޮށް ރައީސްގެ ދެކަނބަލުން އާންމުކޮށްވެސް ލަންކާއަށް ވަޑައިގަންނަވަ އެެވެ.