ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީދު ޗުއްޓީއަށް ރައީސް ލަންކާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 23 ޖުލައި ވާ ހުކުރު ދުވަހުގައެވެ.

ރައީސް ލަންކާއަށް ވަޑައިގެންފައި މިވަނީ ތިން ދުވަހުގެ ދަތުރުޅެއްގައި ހދ. ގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅަށް ފަހު އާދިއްތަ ދުވަހު މާލެ ވަޑައިގަތުމަށް ފަހު އެވެ. ހދ ގެ ރަށްތަކަށް ރައީސް ދަތުރުކުރެއްވި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު އާއި މެޑަމް ފަޒްނާގެ އާއިލާގެ ގިނަ ބޭފުޅުން ލަންކާގައި އުޅުއްވާތީ އެ ދެ ބޭފުޅުން ލަންކާއަށް ޗުއްޓީއަށް ވަޑައިގަންނަވައެވެ.