އާ ސަރުކާރުން 100 ދުވަހުގެ ތެރޭގައި 24 ގަޑިއިރު ވިޔަފާރިތައް ހުޅުވާފައި ބަހައްޓަން ތައްޔާރުވާން ފަށައިފި އެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން 100 ދުވަހު ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި 24 ގަޑިއިރު ވިޔަފާރިތައް ހުޅުވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ.
ރާއްޖޭގައި 24 ގަޑިއިރަށް އެންމެ ފުރަތަމަ ވިޔަފާރިތައް ހުޅުވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ 24 ގަޑިއިރު ހިދުމަތްދޭ ފިހާރަ، ކެފޭ، ހުޅުވުމުގެ މަސައްކަތް ހުއްޓާލާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 24 ގަޑިއިރު ވިޔަފާރިތައް ހުޅުވަން ތައްޔާރީތަކެއް ވަމުންދާ ކަމަށް ބުނެފަ އެވެ.