ހަބަރު

ސައުދީ އަދި ޔޫއޭއީގެ އިސް ބޭފުޅުން ރައީސްއާ ބައްދަލު ކުރައްވައިފި

Nov 18, 2018

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދުގެ އެޑްވައިޒާ ޕްރިންސް ޑރ. މަންސޫރު ބިން މިތެބް ބިން އަބްދުލް އަޒީޒް އާލް-ސައުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރާތުގައި އެޑްވައިޒާ ވަނީ ރައީސްއަށް މަރުހަބާ ދަންނަވައި ފާގަތި މުސްތަގްބަލަކަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މިއަދު ވަނީ ޔޫއޭއީގެ ވަލީ އަހުދު ޒައިދް އައް ނަޙްޔާންގެ ދަރިކަލުން ޝައިހް ހަމްދާން ބިން މުހައްމަދު ބިން ޒައިދް އަލް ނަޙްޔާން ވެސް ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ. މިޒިޔާރަތުގައި ވަލީއަހުދުގެ ދަރިކަލުން ވެސް ވަނީ ރައީސްއަށް މަރުހަބާ ދަންނަވާފައެވެ.