ދުނިޔެ

ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ސަރުކާރު އެންމެ ފަހުން ރޫޅާލައިފި

Jun 17, 2015

ފަލަސްތީނުގައި ގާއިމްކޮށްފައިވާ އެއްބައިވަންތަކަމުގެ ސަރުކާރު ރޫޅިއްޖެ އެވެ.

އެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ފަތަހަ ޖަމާއަތް ތަމްސީލުކުރައްވާ މެމްބަރުންނާ މުހާތަބުކުރައްވާ އައްބާސް މިއަދު ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރު އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށެވެ. ކެބިނެޓް އުވާލައްވަން ޖެހިވަޑައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، އެ ސަރުކާރުގައި ހިމެނޭ، ވާދަވެރި ހަމާސް ޖަމާއަތުން ކޮންޓްރޯލްކުރާ ގާޒާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަތަހަ ޖަމާއަތަށް ނުދޭތީ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި ވަޒީރުން އިސްތިއުފާ ދެއްވާނެ އެވެ.

ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބަލާ އިޒްރޭލުން ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ސަރުކާރު ބަލައެއް ނުގަނެ އެވެ. އަދި އެ ސަރުކާރު އުފެއްދި ފަހުން އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިންގަމުންދާ ޖަރީމާތައް އިތުރުކޮށް، ވަރުގަދަކޮށްފަ އެވެ.