އެންޓޯނީ ގްރީޒްމަން

ބާސާއަށް ނުދިޔައީ މެސީގެ ހިޔަނީގައި ނޫޅެންވެގެން

Nov 20, 2018

އެފްސީ ބާސެލޯނާއަށް ބަދަލު ނުވީ، ލިއޮނަލް މެސީގެ ހިޔަނީގައި އުޅެން ބޭނުން ނުވާތީ ކަމަށް، އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް އެންޓޯނިއޯ ގްރީޒްމަން އެއްބަސް ވެއްޖެ އެވެ.

މި ސީޒަން ފެށުމުގެ ކުރިން، ބާސާއިން ވަނީ ގްރީޒްމަން ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އޭނާ ބުނީ ބާސާއިން ހުށަހެޅުން ލިބިފައި އޮއްވައިވެސް، އެ ޓީމަށް ބަދަލު ނުވި ސަބަބުތަކުގެ ތެރޭގައި މެސީގެ ހިޔަނީ އުޅެން ބޭނުން ނުވުން ހިމެނި ދާނެ ކަމަށެވެ.

"އެތުލެޓިކޯގައި އަހަރެން މަޑު ކުރުމަށް އޮތް ނުފޫޒަކަށް އެކަން ވެދާނެތޯ، ހަގީގަތަކީ އެހެން ނޫންނަމަ އަހަރެން ކުޅެންޖެހޭނީ މެސީގެ ދަށުގައި، ކުރިން ނޭމާ ކުޅުނުގޮތަށް، މިހާރު ކްޓީނިއޯ އަދި ސުއަރޭޒް ކުޅޭހެން،" ގްރީޒްމަން ވާހަކަ ދެއްކި އެވެ.

"އާނ، ފަހަރެއްގަ ވެދާނެ އެއީކަމަށް އަހަންނަށް ކުރިމަތިވި ނުފޫޒަކީ (ބާސާއަށް ނުގޮސް އެތުލެޓިކޯގައި މަޑުކުރަން)، ނަމަވެސް އަހަރެން (އެތުލެޓިކޯ ގައި) މަޑުކުރަން އެންމެ މުހިންމު ދައުރެއް އަދާކުރި ކަމަކީ އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއި ކުލަބުގެ އޮފިޝަލުން. އެ މީހުން އަހަރެންގެ ގެއަށް ގޮސް އަހަންނާ ވާހަކަ ދެއްކީ، އަހަރެންގެ މުސާރަ ބޮޑުކޮށްދިން، އެ މީހުންގެ އަތުގައި ޝައުގުވެރި ސަުޕޯޓިން ޕްރޮޖެކްޓެއް ވެސް އޮތް."

އޭނާ ބުނީ، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ، އޭނާގެ ގެޔަށް ގޮސް ސަޕޯޓަރުންނާއި ޓީމުގެ ފަރާތުން އޭނާ ބޭނުންވާ ކަމަކަށް އެދި ހުށަހެޅި ކަމަށެވެ.

"އެމީހުން ހީކުރީ އަހަރެން ޓީމު ދޫކޮށްލަން އުޅޭކަމަށް، އެކަމަކު އަހަންނަށް އެނގޭ މި ޓީމު ކުރިއެރުވުމަށް އަހަންނަށް އެހީތެރި ވެދެވޭނެ ކަން، އަދި އަހަރެންގެ ކުރިއެރުމަށް މި ޓީމުން އެހީވެ ދޭނެ ކަން."

މީގެ ދޮޅު އަހަރު ކުރިން، ބާސެލޯނާ ދޫކޮށް، ނޭމާ ޕީއެސްޖީއަށް ބަދަލުވި ފަހުން ބާސާއިން ވަނީ ނޭމާގެ ރިޕްލޭސްމަންޓެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އަދިވެސް އެކަމަށް އެކަށީގެންވާ ހައްލެއް އެ ޓީމަކަށް ހޯދިފައެއް ނުވެ އެވެ. ގްރީޒްމަން ގެނައުމުގެ މަސައްކަތް ނާކާމިޔާބު ވުމުން، ބާސާއިން ވަނީ ޗެލްްސީގެ ވިންގާ އެޑެން ހަޒާޑް ގެންނަން ޗެސް މަސައްކަތް ކޮށްފަ އެވެ.

ނޭމާގެ ބަދަލުގައި ބާސާއިން ގެނައީ، ބުރޫޝިއާ ޑޯޓަމުންޑަށް ކުޅެމުން ދިޔަ އުސްމާން ޑެމްބެލޭ އެވެ. ނަމަވެސް އަނިޔާގެ މައްސަލަ އާއި ޑިސިޕްލިން މައްސަލައާ ހުރެ އޭނާއަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.