ވިޔަފާރި

ޓޫރިޒަމް މިނިސްޓަރު، ގެސްޓްހައުސް އެސޯސިއޭޝަންއާ ބައްދަލު ކުރައްވައިފި

Nov 21, 2018
2
ގޭމްގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (މ) ގައި ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ: ގޭމް
0%
0%
0%

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އާ ބައްދަލު ކުރައްވައިފި އެވެ.

ގޭމްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެސޯސިއޭޝަންގެ އާ އެކްސްކޯގެ މެންބަރުންނާ ޓޫރިޒަމް މިނިސްޓަރު ބޭއްވި މަޝްވަރާތަކުގެ ސަބަބުން އުންމީދު އާ ވެގެން ގޮސްފައިވާ ކަމަށެވެ.

"މި ދާއިރާއަށް ވަރަށް ގިނަ އެހީތަކެއް ބޭނުންވޭ ސަރުކާރުން. އެ އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި،" ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ތަމްސީލްކުރާ ޖަމިއްޔާގެ ރައީސް ވިދާޅުވި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމާ އަލީ ވަހީދު ހަވާލުވެވަޑައި ގެންނެވީ ނިމިދިޔަ ހަފުތާގަ އެވެ. އަދި މަގާމާ ހަވާލު ވެވަޑައިގެންނެވުމަށްފަހު ދަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910