ވިޔަފާރި

ޓްރެވަލް ކޮންފަރެންސް 34 ބައިވެރިންނާއެކު ފަށައިފި

Nov 22, 2018
ޓްރެވަލް ކޮންފަރެންސް ފެށުމުގެ ގޮތުން މަޓާޓޯގެ ރައީސް އަބްދުﷲ ވާހަކަ ދައްކަވަނީ- ފޮޓޯ: އަވަސް
0%
0%
0%

ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި މަޓާޓޯ ގުޅިގެން ބާއްވާ ޓްރެވަލް ކޮންފަރެންސް 34 ބައިވެރިންނާއެކު ފަށައިފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޓްރެވަލް ކޮންފަރެންސުގެ މި އަހަރު ބާއްވަނީ ގްރޯތް ހެކިން" އާ ބެހޭ ގޮތުންނެވެ. މި އަހަރުގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެ ވަޑައިގެންނެވި އެވެ.

ކޮންފަރެންސް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އާ ޓޫރިޒަމް މިނިސްޓަރު ބައިވެރިވަޑައިގަތުމުން އެނގިގެންދަނީ މި ދާއިރާގެ ކުރިއެރުމަށް އާ ސަރުކާރުން ދޭ އަހަމިއްޔަތު ކަމަށެވެ. އަދި އެ ޖަމިއްޔާއިން އާ ސަރުކާރާއި ޓޫރިޒަމް ސިނާއަތާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ގެންދާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓާއާ ގުޅިގެން ތަޖުރިބާކާރުންގެ އެހީގައި ކުރިއަށް ގެންދާ ތަމްރީންތަކުގެ ސަބަބުން އިންޑަސްޓްރީއަށް ފައިދާ ކުރާނެ ކަމަށެވެ.

ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަންގެ އެހީގައި ކުރިއަށްދާ މި ކޮންފަރެންސުގައި މައުލޫމާތު ދެނީ މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައިވެސް ތަޖުރިބާކާރު މާހިރުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910