ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެހީގެ ޕެކޭޖުން ރިސޯޓުތައް އުނިކޮށް، ދޭންވީ ޓެކުހުގެ ލުއި: ހަލީލް

ސަރުކާރުން އިއުލާނުކުރި، އިގްތިސާދީ އެހީގެ ޕެކޭޖުން ރިސޯޓުތައް އުނިކޮށް، އެ ފަރާތް ތަކަށް ދޭން ޖެހެނީ ޓެކުހުގެ ލުއިތަކެއް ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ބޯޑު މެންބަރު މުހައްމަދު ހަލީލު (މަޓާޓޯ ހަލީލް) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ރާސްތާ ޕްރޮގްރާމުގައި ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ ރިއޯލޯގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަލީލުކަން ވެސް ކުރައްވާ ވިދާޅުވީ ވިދާޅުވީ "2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ" އެހީގެ ޕެކޭޖުގައި ރިސޯޓު ތަކަށް ވެސް ވަރަށް ބޮޑު ކޮމްޕޯނެންޓެއް ހިމެނޭ ކަމަށާ، ނަމަވެސް މިއީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

"ކުރަންވީ ކަމަކީ ރިސޯޓު ތަކަށް ދޭން އުޅޭ ޕެކޭޖު ދިނުމުގެ ބަދަލުގައި ސްމޯލް މީޑިއަމް އެންޓަޕްރައިސްތަކަށް ދިއުން. އެއީ އެކި އިންޑަސްޓްރީތަކުގައި މިތިބި ކުދި ވިޔަފާރިތަކާ، ހަމައެކަނި ލޯކަލް ޑީއެމްސީއެއް ނޫން ސަފާރީ ބޯޓުތަކާއި ގެސްޓްހައުސްތަކާ މަސްވެރިންނާއި ސޯލް ޕްރޮޕްރެޓާޝިޕް ތަކަށް މި އެހީ ވެދޭންވީ،" މަންޓާ އެއާގެ ޗެއާމަންކަން ވެސް ކުރައްވާ، ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓު ތަކަށް މި ވަގުތު ދޭންވީ ޓެކްސްގެ ލުއި ތަކެއް ދިނުން ކަމަށް، ފަންޑު ދޭންވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ކަމަށެވެ.

"ރިސޯޓު ތަކަށް ޓެކްސްގެ ރިފާމަންޓެއް ނޫނީ ޓެކްސް ބްރޭކެއް ދެއްވާފަ، އެ ބޭފުޅުން ސްޓިމިއުލަސް ޕެކޭޖުން ރިމޫ ކުރަންވީ. މި ހުންނަނީ ލިމިޓެޑް ފަންޑު. އަޅުގަނޑުމެންނަކީ ޑިވްލޮޕް ގައުމުތަކާ ހިލާފަށް ފަންޑުތައް ހުރި ގައުމެއް ނޫން. އެހެންވެ މިގޮތަށް ހުންނަ ފަންޑު ޔޫޓިލައިޒް ކުރުމަކީ މުހިންމު ކަމެއް،" ހަލީލް ވިދާޅުވި އެވެ.

ސަރުކާރުން އިއުލާނުކޮށްފައިވާ "2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ" އެހީގެ ޕެކޭޖުގައި ރިސޯޓު ތަކަށް ބޮޑު އަދަދެއް ކަނޑައަޅާފައިވެ އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރިސޯޓު ތަކަށް 7.7 މިލިއަން ރުފިޔާގެ ޕެކޭޖެއް ތައާރަފުކޮށްފައިވެ އެވެ.