ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޖަރުމަނުން، ރާއްޖެ ކޮވިޑް-19 ގެ ރިސްކުގެ ބޮޑު ގައުމުތަކުގެ ލިސްޓުން އުނިކޮށްފި

Jun 20, 2020
1

ޖަރުމަނު ސަރުކާރުން އެކުލަވާލި، ކޮވިޑް-19 އިގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

ދަ ފެޑަރަލް ގަވަމެންޓް އޮފް ޖާމަނީ އިން އެކުލަވާލާފައިވާ ދުނިޔޭގައި އެންމެ ބޮޑަށް ކޮވިޑް-19 އިގެ ބަލީގެ ބިރު ބޮޑު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ކުރިން ހިމަނާފައިވެ އެވެ. ނަމަވެސް ލިސްޓް ރިވިއުކޮށް އަލުން ނެރެފައިވާ ލިސްޓުން ރާއްޖެ ވަނީ އުނިކޮށްފަ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ ޖަރުމަނުވިލާތުން، އެ ގައުމުގެ ބަހުން ނެރެފައިވާ މި ލިސްޓުން ރާއްޖެ އުނި ކުރިއިރު، ދުނިޔޭގެ ގިނަ ގައުމުތަކެއް ހިމަނާފައިވެ އެވެ. މީގެ ތެރޭގައި މި ސަރަހައްދުގެ ގައުމުތައް ވެސް ހިމެނެ އެވެ.

ޖަރުމަނުވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ޖަރުމަނު ވިލާތުން މިދިޔަ އަހަރު 131,56 މީހުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 117,532 މީހުންނާ އަޅާ ބަލާއިރު 11.9 ޕަސެންޓް އިތުުރު އަދަދެކެވެ.

ރާއްޖެ އިން ދަނީ ޖުލައި މަހު ޓޫރިޒަމް ހުޅުވާލަން މަސައްކަތް ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައިވަނީ މާޗް މަހު އެވެ. ފުރަތަމަ މި ބަލި ފެނިފައިވަނީ ރާއްޖޭގައި ތިބި އިޓަލީވިލާތުގެ ދެ ޓޫރިސްޓެއްގެ ގައިންނެވެ. އަދި އާއްމުންގެ ތެރޭގައި މި ބަލި އޭޕްރީލް މަހު ފެތުރެން ފެށި އެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ޖެހިފައިވާ 2,150 މީހުން އެބަތިއްބެވެ. އަދި މި ބަލިން 1،769 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ވަގުތު ފަރުވާދެމުން ގެންދަނީ 371 މީހުންށެވެ.