ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

މިއަހަރު ޓޫރިޒަމް 50 ޕަސެންޓް ދަށްވާނެ ކަމަށް ލަފާކޮށްފި

ރާއްޖެ އައި ޓޫރިސްޓުންތަކެއް: ޓޫރިޒަމަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައި -- އަވަސް ފޮޓޯ
0%
0%
0%

މި އަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 50 ޕަސެންޓަށް ވެއްޓިގެން ދާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއަހަރު ރާއްޖޭގެ ޓޫރިޒަމް 37 ޕަސެންޓާއި 50 ޕަސެންޓު ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއާއެކު ދައުލަތުގެ އާމްދަނީ ބޮޑުތަނުން މަދު ވެގެންދާނެ ކަމަށެވެ.

"އެއާ އެއްކޮށް ސަރުކާރަށް ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑުތަނުން ދަށް ވެގެންދާނެ. މިހާރުގެ އަންދާޒާއަކީ ހިލޭ އެހީއާއި ޓެކްސް ރެވެނިއު އަދި ނޮން ޓެކްސް ރެވެނިއު ހިމަނައިގެން ލިބޭނީ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ކަމަށް،" އަމީރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިދިޔަ އަހަރު ވެފައިވަނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން އައި އެއް އަހަރަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފެބްރުއަރީ މަހުން ފެށިން ޓޫރިސްޓުން އައުން ވަނީ މަދުވެފަ އެވެ.

ކޮވިޑް-19 ބަލި މުޅި ދުނިޔެއަށް ފެތުރުނު އިރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގިނަ ގައުމުތަކުގެ ހާލަތު ވަނީ ގޯސްވެފަ އެވެ. އަދި ގިނަ ގައުމުތަކެއް ވަނީ ލޮކްޑައުން ކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910