ވިޔަފާރި

މަޓާޓޯ އިން އަންނަ އަހަރު 17 ފެއާއަކަށް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އަންނަ އަހަރު ރޯޑްޝޯތައް ހިމެނޭ ގޮތަށް 17 ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާން ނިންމައި ފެއާ ލިސްޓު އާއްމުކޮށްފި އެވެ.

މަޓާޓޯ އިން ނެރުނު ފެއާ ލިސްޓުގައި 17 ފެއާ ލިސްޓުގައި އިންޑިއާ އާއި ތައިލެންޑް އަދި ޗައިނާ އާއި ފިލިޕީންސް، އޮސްޓްރޭލިއާ އާއި ފަދަ ގައުމުތައް ހިމެނެ އެވެ.

2019 ގައި ބައިވެރިވާ ފެއާތައް

  • ބިޒްނަސް އެންޑް ޓްރެވަލް މާކެޓް (ނިއުދިއްލީ) ޖެނުއަރީ 18-19 އަށް
  • މަކްޓާ ނޮޑިކް ޓްރެވަލް ފެއާ (ހެލްސިންކީ ފިންލޭންޑް) ޖެނުއަރީ 18-20 އަށް
  • އޯޓީއާރު މިޑުލްއީސް ރޯޑް ޝޯ (ދުބާއީ، ކުވެއިން، ގަތަރު އޮމާން) ފެބްރުއަރީ 10-13 އަށް
  • ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާ (ބެންކޮން) ފެބްރުއަރީ 13-17 އަށް
  • ގުއާންޒޫ އިންޓަނޭޝަނަލް ފެއާ (ޗައިނާ) ފެބްރުއަރީ 21-23 އަށް
  • އޯޓީއާރު ރޯޑްޝޯ (މުންބާއީ، ބެންގަލޯރް، ޗަންދިގަރް، ދިއްލީ) 25 ފެބްރުއަރީ، 1، މާޗް
  • ރިޔާދު ޓްރެވަލް ފެއާ (ސައޫދީ އަރަބިއްޔާ) 20-22 މާޗް އަށް
  • އައިބީޓީއެމް އަރަބިއްޔާ (ޔޫއޭއީ) 25-27 މާޗް އަށް
  • ޔޫއައިޓީޓީ (ޔޫކްރެއިން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން) ކެއިވް/ ޔުކްރެއިން، މާޗް 27-29 އަށް
  • ވިއެޓްނާޓް އިންޓަނޭޝަނަލް ޓްރެވަލް މާކެޓް (ހެނޯއީ) 27-30 މާޗް އަށް
  • ވީއައިޓީއެމް ފިލިޕީންސް، 27 މާޗް 30 އަށް
  • އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް (ބަކޫ، އަޒަރުބައިޖާން) 4-6 އެޕްރީލް
  • އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ (ހޮންކޮންގް، ޗައިނާ) 14-17 ޖޫން އަށް
  • ޔޫއެސް ރޯޑްޝޯ (ލޮސްއެންޖަލިސް، ސެންފްރެންސިސްކޯ، އޮގަސްޓް
  • ޕާޓާ ޓްރެވަލް މާކެޓް (އަސްތާނާ، ކަޒަކިސްތާން) 18-20 ސެޕްޓެމްބަރު
  • އޯޓީއާރު ސައުތް އީސްޓް އޭޝިއާ ރޯޑްޝޯ (ބެންކޮން، ކުއަލްލަމްޕޫރު، ޖަކާޓާ، ސިންގަޕޫރު، މެނީލާ) 30، ސެޕްޓެމްބަރު، 4 އޮކްޓޫބަރަށް

މަޓާޓޯގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރުގެ ފެއާ ލިސްޓް އެކުލަވާލީ އެމްއެމްޕީއާރުސީން ބައިވެރިނުވާ ފެއާތަކަށް ބަލައިގެން ކަމަށެވެ. އަދި އަންނަ އަހަރު ހަތަރު ރޯޑްޝޯއެއްގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީން ބައިވެރި ނުވާ ފެއާތައް ލިސްޓުގައި ހުންނާނީ. ބައިވެރިވާ ފެއާއެއްގައި މަޓާޓޯއިން ބައިވެރިވާނީ އެމްއެމްޕީއާރުސީއާ ގުޅިގެން،" އޮފިޝަލް ވިދާޅުވި އެވެ

މަޓާޓޯއިން 17 ފެއާއަކަށް ދާން ނިންމިއިރު، އާ ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތް ތަކެއް ފަށާފަ އެވެ. އެގޮތުން މާކެޓިން ބަޖެޓު ވަނީ 10 މިލިއަން ޑޮރަކަށް އިތުރުކޮށްފަ އެވެ.