ވިޔަފާރި

ޓޫރިޒަމް އިޝްތިހާރު ކުރަން ޕްލާސްޓިކް މަނާ ކުރާ ކެމްޕޭނެއް ފަށައިފި

Nov 22, 2018

ޕްލާސްޓިކް ކޮތަޅު މަނާ ކެމްޕޭނެއް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފަށަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް (އޭޓީޕީ) ތައްޔާރު ވެއްޖެ އެވެ.

ދާދި ފަހުން އުފަންވި ޓޫރިޒަމް ޖަމިއްޔާ އެއް ކަމަށްވާ އޭޓީޕީއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ރާއްޖެއަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވާ ގައުމަކަށް ހެދުން ކަމަށެވެ.

ރާއްޖެއިން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ކެމްޕޭނެއް ފަށާފައިވާއިރު ބައެއް ރަށް ރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ ހުއްޓާލާފަ އެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވާ ރަށްރަށުގެ ތެރޭގައި ވ.ކެޔޮދު އާއި އއ.ބޮޑުފުޅަދޫ އަދި އއ. އުކުޅަސް ހިމެނެ އެވެ.