ވެލިގާ ހާޑްވެއާ

ވެލިގާއިން ސަޅިކަމެއް! ކޯޕަރޭޓް ކަސްޓަމަރުންނަށް ސެންޓަރެއް

Nov 23, 2018

ރާއްޖޭގެ މަޝްހޫރު ހާޑްވެއާ ސްޓޯރު، ވެލިގާ ހާޑުވެއާއިން ހިދުމަތް ހޯދާ ކޯޕޮރޭޓް ކަސްޓަމަަރުންނަށް ހާއްސަކޮށްގެން ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހާޑްވެއާ އަކުން ގާއިމުކުރި ކޯޕޮރޭޓް ސެންޓަރު ހުންނަނީ، މާފަންނު ބުރު ކައިރީގައި ހުންނަ ވެލިގާ ހާޑްވެއާގެ ފިހާރައިގަ އެވެ. މިސެންޓަރުން އެކި ކަހަލަ ވިޔަފާރިތަކަށް ވެލިގާ ހާޑްވެއާއިން ދެމުންދާ ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދޭނެވެ.

ކޯޕަރޭޓް ސެންޓަރުންކޮން ހިދުމަތްތަކެއް؟

މިތަނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ފަސޭހަކަމާއެކު ލިސްޓުތަކަށް މުދާ ނެގުމާއި، އަގުޖަހައިދިނުން، އަދި އެކިކަންކަމަށް ބޭނުންވާ ސާމާނު ފަސޭހަ ކަމާއެކު ހަމަކޮށްދޭނެ އެވެ. މީގެ އިތުރަށް ވެލިގާ ހާޑްވެއާގައި ލިބެންހުންނަ މުދާތައް އަޖުމަބެލުމާއެކު، އެންމެ އެކަށީގެންވާ ސާމާނު ހޯދުމަށް އެކަމާގުޅޭ ތަޖުރިބާކާރުންގެ އެހީ މިތަނުން ލިބޭނެ އެވެ. ވެލިގާއިން ގެންނަ ހުރިހާ ބްރޭންޑްތަކެއްގެ ސާމާނު ޓެސްޓް ކުރުމުގެ ފަސޭހަ މިތަނުން ލިބެ އެވެ. ކަރަންޓް ސާމާނާއި، ޓޫލްސް، އިމާރާތްކުރުމާއި އާންމު ހާޑްވެއާގެ ހުރިހާ ސާމާނެއް މިތަނުގެ ތެރެއިން އަޖުމަ ބަލައިލެވޭނެ އެވެ.

އަހަރީ ދުވަހުގެ ހަދިޔާ ކަސްޓަމަރުންނަށް

ވެލިގާ ހާޑްވެއާގެ ޖެނެރަލް މެނޭޖަރު މުއާޒު މުހައްމަދު ވިދާޅުވި ގޮތުގައި މި ސެންޓަރުގެ ސަބަބުން ކުރިއަށްވުރެ އަވަހަށް، އަދި ފަސޭހަކަމާއެކު ވިޔަފާރިތަކަށް ހިދުމަތް ހޯދުމަށް މަގުފަހިވާނެ އެވެ. ވެލިގާ ހާޑްވެއާގެ ހިދުމަތަށް މިއަހަރު މި ވަނީ 10 އަހަރު ފުރިފަ އެވެ. މުއާޒް ވިދާޅުވި ގޮތުގައި މިއީ 10 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެށި މަސައްކަތުގެ އެންމެ މުހިއްމު އެއް ކަންތަކެވެ. މި ސެންޓަރު ހުޅުވުމާއެކު ވެލިގާ ހާޑްވެއާގެ ހުރިހާ ފިހާރަތަކެއް ޒަމާނީ ފެންވަރަކަށް ގެނައުމަށް ފެށުނު މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި އިންޑަސްޓްރީސްތަކަށް ނިސްބަތްވާ ކޯޕޮރޭޓް ކަސްޓަމަރުންނަކިީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ބައެއް. މިހާރު އާންމުކޮށް ފިހާރަތަކުގެ ބާރުބޮޑުވުމުގެ ސަބަބުން މިފަދަ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް އެބަހުރި. މިސެންޓަރު މެދުވެރިކޮށް ވިޔަފާރިތަކަށާއި މަސައްކަތްތެރިންނަށް ވަރަށް އެކަށީގެންވާ މާހައުލެއްގައި ހިދުމަތްދެވޭނެ ގޮތްތަށް ވަނީ އިންތިޒާމުކުރެވިފައި. އުއްމީދުކުރަނީ މިއީ ކަސްޓަމަރުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް،" ކުންފުނީގެ ޖެނެރަލް މެނޭޖަރު މުއާޒު ވިދާޅުވި އެވެ.

މި ސެންޓަރުން ހިދުމަތް ހޯދަން ފަސޭހައީ ކީއްވެ؟

ވެލިގާ ހާޑްވެއާއިން ބުނި ގޮތުގައި، މި ސެންޓަރު ގާއިމްކުރުމުގެ ގޮތުން ތަނުގެ މުވައްޒަފުންނަށް ތަފާތު ވައްތަރުގެ ސާމާނު ބޭނުންކުރުމާއި ހިދުމަތްދިނުމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުން ވަނީ ތަމްރީން ދީފަ އެވެ. އަދި ކަނޑައެޅިފައިވާ ދާއިރާތަކަށް ބަހާލައިގެން ޕްރޮޑަކްޓް މެނޭޖަރުންނާއި އެކައުންޓް މެނޭޖަރުންވަނީ އައްޔަންކޮށްފަ އެވެ. މިސެންޓަރު ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން، އަދި ދުވަހުގެ މަސައްކަތަށް ބުރޫ ނާރާނެގޮތަށް، ބޭނުންވާ ހުރިހާ ކަމެއް މި ސެންޓަރުން ހަމަޖެއްސޭ ގޮތަށެވެ. ވެލިގާއިން ހިދުމަތް ހޯދުމުން އަންނަ ކޯޕޮރޭޓް ކަސްޓަމަރުންނަށް މިހާރު ދިމާވާ ގިނަ ދަތިތަށް މި ބަދަލުތަކާ އެކު ހައްލުވާނެ އެވެ.

އަތޮޅުތަކުގައި ތިބި ކަސްޓަމަރުންނާ ގާތަށް

މިސެންޓަރުގެ މަސައްކަތްތުގެ ދެން އެންމެ މުހިއްމު މަސައްކަތަކަށް ވާނީ މާލެއިން ބޭރުގައި މަސައްކަތް ހިންގާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން، ފޯނާއި އީމެއިލް މެދުވެރިކޮށް މިސެންޓަރުގެ ހިދުމަތް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މާލެއިން ބޭރަށް ގެންދަން ޖެހޭ މުދަލާއި ސާމާނު ކަނޑައެޅިފައިވާ ގަޑިތަކަށް ދޯނި ފަހަރާއި ބޯޓުތަކަށް ފޮނުވުމުގެ އިންތިޒާމުވެސް މީގެ ފަހުން ހަމަޖައްސަމުން ދާނީ މިސެންޓަރު މެދުވެރިކޮށެވެ.

ކޯޕޮރޭޓް ކަސްޓަމާ މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވި ގޮތުގައި، މި ފިހާރަ މެދުވެރިކޮށް ވީހާވެސް އަވަހަށް، ފަސޭހަކަމާއެކު ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުން ލިބެން އޮތް ފަސޭހަ އެތައް ގުނައެއް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ކަސްޓަމަރެއްގެވެސް ބޭނުންތައް ތަފާތު ވާނެ. އަޅުގަނޑުމެންގެ މަގްސަދަކީ ކަސްޓަމަރ އަށް އެއްވެސް ދަތިކަމެއްނެތި ކަސްޓަމަރ ބޭނުންވާ ގޮތަށް ބޭނުންވާ ގަޑިއަށް މުދަލާއި ސާމާނު ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ހިދުމަތެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" މެނޭޖަރު މިފްސާން ވިދާޅުވި އެވެ.

ހިދުމަތުގެ ގަނޑިތައް

މި ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީީރު 6:00 އަށެވެ. ސެންޓަރުގެ ހިދުމަތް ހޯއްދުމަށް 3333881 ނަންބަރު ފޯނަށް ވެސް ގުޅިދާނެ އެވެ. ނުވަތަ ސެންޓަރުގެ އީ- މެއިލް [email protected] އަށް އީމެއިލް ކޮށްގެން ވެސް ހިދުމަތް ލިބޭނެ އެވެ.