ވިޔަފާރި

ބޮޑުތަނުން އަގުހެޔޮކޮށް ވެލިގާ ހާޑްވެއާގެ ރޯދަ ސޭލް ފަށައިފި

Apr 11, 2019

ބޮޑުތަނުން އަގު ހެޔޮކޮށް ވެލިގާ ހާޑްވެއާއިން ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

ވެލިގާ ހާޑްވެއާއިން ބުނި ގޮތުގައި މި އަހަރުގެ ރޯދަ ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން މޭ މަހުގެ 10 ވަނަދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ވިޔަފާރި ކުރާ ފަރާތްތަކަށް 35 ޕަސެންޓް އާހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

އެ ހާޑްވެއާ ފިހާރައިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވެ ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ. އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުން ކޮންމެ ދުވަހަކު, ކޮންމެ ފިހާރަ އަކުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 500 ރުފިޔާގެ އަގު ހުރި ވައުޗާއެއް ލިބޭނެ އެވެ. މި ވައުޗަރު ބޭނުން ކޮށްގެން ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން މުދާ ގަނެވޭނެ އެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާ އިން ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އަދި ހާޑްވެއާ ވިޔަފާރީގެ ކުރީ ސަފުގައި ގުނާލެވޭ ވެލިގާ ހާޑްވެއާރ އަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.