ވިޔަފާރި

މަގޭ ބަގީޗާ ފޮޓޯ ކޮންޓެސްޓުގެ ނަސީބުވެރިން ހޮވައިފި

ވެލިގާ ހާޑްވެއާ އިން ކުރި އަށް ގެންދިޔަ "މަގޭ ބަގީޗާ ފޮޓޯ ކޮންޓެސްޓު" ގެ ނަސީބުވެރިން ހޮވައިފި އެވެ.

ވެލިގާ ހާޑްވެއާ އާއި އެ ކުންފުނީގެ ބްލަންކް ފިހާރަ އިން ކުރިއަށް ގެންދިަޔ މަގޭ ބަގީޗާ ފޮޓޯ ކޮންޓެސްޓްގައި ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ އެ މީހަކު ހެއްދި ބަގީޗާ ގަހުގެ ފޮޓޯތައް މޮޅު ގޮތްގޮތަށް ނެގުމަށް ފަހު، ހޭޝްޓެގް މަގޭ ބަގީޗާ ޖެހުމަށްފަހު "ބްލަންކް" ފިހާރަ އާއި "ވެލި ގާހާޑްވެއާ" ފޭސްބުކް ޓެގް ކޮށްލުމެވެ. ދެން އެ މީހަކު ލާ ފޮޓޯ ތަކަށް ވީހާ ވެސް ގިނަ ލައިކެއް ހޯދީމާ މި އިނާމު ލިބޭނެ ފުރުސަތު ފަހިވީ އެވެ.

އެގޮތުން މި ކޮންޓެސްޓުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބިގެން އެއްވަނަ އަށް ގޮސްފައިވަނީ މަރިޔަމް ޒަހްނާ އެވެ. ދެވަނަ އަށް އެންމެ ގިނަ ލައިކް އައިޝަތު ޝިފާ އަށް ލިބިފައިވާއިރު ތިން ވަނަ އަށް އެންމެ ގިނަ ލައިކް ލިބުނީ ސަނާ ސަލީމް އަށެވެ.

މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތަށް ކަޕީ- ޔޫރަޕް ބްރޭންޑުގެ ގާޑެނިން ޕްލާންޓް އެކި ސައިޒުގެ ފަސް ޕޮޓާއި ޔަޓޯ ބްރޭންޑުގެ ޓޫލްސް ސެޓަކާއި އަމިގް ބްރޭންޑުގެ ވައުޗާއެއް ލިބޭނެ އެވެ.

ދެވަނަ އިނާމަކަށް ކަޕީ- ޔޫރަޕް ގާޑަނިން ޕްލާންޓްގެ އެކި ސައިޒުގެ ތިން ޕޮޓާއި ޔަޓޯ ބްރޭންޑުގެ ޓޫލްސް ސެޓަކާއި އަމިގް ބްރޭންޑުގެ ގަސް ބަހައްޓާ ހަރެއްގެ އިތުރުން 1500 ރުފިޔާ ޕްލާންޓް ވައުޗަރެއް ވަނީ ދީފަ އެވެ. ތިންވަނަ އަށް އެންމެ ގިނަ ލައިކް ލިބުނު ފަރާތަށް ވެސް ޔޫރަޕިއަން ގާޑަނިން ޕްލާންޓާސް ބްރޭންޑްގެ އެއް ޕޮޓާއި ޔަޓޯ ބްރޭންޑުގެ ޓޫލްސް ސެޓަކާއި އަމިގް ބްރޭންޑުގެ ގަސް ބަހައްޓާ ހަރެއްގެ އިތުރުން 500 ރުފިޔާ ޕްލާންޓް ވައުޗާއެއް ވަނީ ދީފަ އެވެ.

ވެލިގާ ހާޑްވެއާއަކީ ގަސް އިންދަން ބޭނުންވާ ގިނަ ސާމާނާއި ގިނަ އާލާތްތަކެއް ވެސް ވިއްކާ ކުންފުންޏެކެވެ.