ވިޔަފާރި

ވެލިގާއިން 30 ޕަސެންޓުގެ ޑިސްކައުންޓާއެކު ޕްރޮމޯޝަނެއް

Mar 29, 2020

ވެލިގާ ހާޑްވެއާގެ ފިހާރަ ތަކުން 30 ޕަސެންޓުގެ ޑިސްކައުންޓާއެކު މުދަލުގެ އަގު ހެޔޮކޮށް، ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އިން ބުނީ އެ ކުންފުނީގެ ފިހާރަ ތަކުން ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ވެލިގާ ހާޑްވެއާ އާއި ބްލަންކް ގެ ފިހާރަ ތަކުން 30 ޕަސެންޓްއާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ވިޔަފާރި ކުރައްވާ ފަރާތްތަކުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އިނާމުތަކެއް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

މި ޕްރޮމޯޝަންގައި ވެލިގާ ހާޑްވެއާގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެ އެވެ. އަދި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރި އަކަށް އިތުރު ކޫޕަނެއް ދޭނެ އެވެ. އަދި ހޮވާލެވޭ ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އިނާމްތަކެއް ލިބޭނެ އެވެ.

ވެލިގާ ހާޑްވެއާގެ ފިހާރަ ތަކުން ކޮންމެ ދުވަހަކު ކޮންމެ ފިހާރައަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް 2،500ރ ގެ ވައުޗާއެއް ލިބެ އެވެ. އަދި މުޅި ޕްރޮމޯޝަނުން އެއް ވަނަ އަށްދާ ފަރާތަކަށް 15،000ރ ގެ ވައުޗާއެއް އަދި އިތުރު ދެ ފަރާތަކަށް 5،000ރ ގެ ވައުޗަރެއް ލިބޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށް ދާއިރު ވެލިގާއިން ހިންގާ "ބްލަންކް" ގެ ފިހާރަ ތަކުން ކޮންމެ ދުވަހަކު ކޮންމެ ފިހާރައަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް އަގު ހުރި އިނާމު ތަކެއް ދޭނެ އެވެ. މުޅި ޕްރޮމޯޝަނުން އެއް ވަނަ އަށްދާ ފަރާތަކަށް 15،000ރ. ގެ ވައުޗެއް ދޭއިރު ދެވަނައަށް ދާ ފަރާތަކަށް 5،000ރ ގެ ވައުޗަރެއް ލިބޭނެ އެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާންމުން ބޭރުތެރެ އަށް ނުކުމެ ނޫޅެން އަންގާފައިވާ އެންގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލިގާގެ ހިދުމަތްތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. ވެލިގާގެ ފޯނަށް ގުޅައިގެން މުދާގެއާ ހަމައަށް ފޯރުކޮށް ދިނުމުގެ ހިދުމަތް ފަށާފަ އެވެ. އަދި ރޯދަ ޕްރޮމޯޝަަނުން ވިޔަފާރި ކުރަން އެ ފިހާރައަށް އައުމުގެ ބަދަލުގައި މި ހިދުމަތުގެ ބޭނުން ހިފަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވެލިގާ ހާޑްވެއާއަކީ 2008 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެވެ. އަދި ހާޑްވެއާ ވިޔަފާރީގައި މިހާރު ރާއްޖޭގެ ލެވަލްގައި ކުރީ ސަފުގައި ގުނާލެވޭ އާއްމުންގެ އިތުބާރު ލިބިފައިވާ އެއް ކުންފުންޏެވެ.