ހަބަރު

ނައިބު ރައީސް ދިއްދުއަށް ވަޑައިގަންނަވަނީ

Nov 23, 2018

ރައީސްގެ ނައިބު ފައިސަލް ނަސީމް، ހއ. ދިއްދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސްގެ ނައިބުގެ މިދަތުރުފުޅަކީ އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ދިއްދޫގައި ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދަތުރުފުޅުގައި، ރައީސްގެ ނައިބުގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއީ ނައިބު ރައީސްގެ ހައިސިއްޔަތުން ފައިސަލް ނަސީމް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.