ވިޔަފާރި

ރާއްޖޭގެ ވަކިވަކި އަތޮޅުތައް ބޭރުގައި އިޝްތިހާރު ކުރަނީ

ހދ. ހަނިމާދޫ - 7 ސެޕްޓެމްބަރ 2018: ހަނިމާދޫ ފަޅުތެރޭގައި މީހަކު ކެނޯއެއް ދުއްވަނީ: ރާއްޖޭގެ ރަށްރަށުގައި ހާއްސަ ސިފަތަކެއް ހުރޭ - މުހައްމަދު އަފްރާހް | އަވަސް
100%
0%
0%

ބޭރު ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާއިރު، ވަކި ވަކި އަތޮޅުތައް އިޝްތިހާރު ކުރާނެ ކަމަށް އާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރީގެ މަސައްކަތްތަކާ ބެހޭ ގޮތުން އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ ރާއްޖެ މާކެޓު ކުރުމުގެ އާ ގޮތްތަކެއް ހޯދާނެ ކަމަށާއި އެގޮތުން ވަކިވަކި އަތޮޅުތައް ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށެވެ.

"މިސާލަކަށް ތައިލެންޑޭ ބުނީމަ ހަމައެކަނި ބެންކޮކެއް ނޫން އޮންނަނީ. ޕުކެޓަނީ ވެސް ރީތި ތަނެއް،" މިނިސްޓަރު މިސާލު ޖެއްސެވި އެވެ. "އެގޮތަށް އައްޑޫއަކީ ވެސް މި އިންޑަސްޓްރީގެ ތަޖުރިބާކާރު ރައްޔިތެއް އުޅޭ ރަށެއް. އެ ބޭފުޅުންގެ ވެސް ޝޯޓް ޓާމް އަދި ލޯންގް ޓާމް ޕްލޭނެއް އެބައޮތް. އެހެންވެ އާ ސަރުކާރުގެ ޕްލޭންއަކީ ލާމަރުކަޒީކޮށް، އެންމެ ފުންމިނަށް ދޫކޮށްގެން ޑެސްޓިނޭޝަންތައްގެ ގޮތުގައި މާކެޓް ކުރުން،"

މިނިސްޓަރު ވިދާޅުވީ މުޅި އިންޑަސްޓްރީއާ ގުޅިގެން ކުރައްވާނެ ކަމަކީ ރާއްޖޭގެ ބްރޭންޑިން ވަރުގަދަ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މާކެޓިން ބަޖެޓު ބޮޑުކުރީ ޑެސްޓިނޭޝަން މާކެޓިން ވަރުގަދަ ކުރުން. އިތުރު އާ ކަންތައްތަކެއް ކުރަން،" އަލީ ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ކުންފުނި "އެމްއެމްޕީއާރުސީ" ރީބްރޭންޑް ކުރާނީ ތޯ ނުވަތަ ނޫން ތޯ ނިންމާނީ އެ މަސައްކަތް ކުރުމަށް ހަވާލުވާ ބޭފުޅުން ކަމަށެވެ. މިނިސްޓަރު ހުންނަވާނީ އެކަމަށް އެހީތެރިވުމުގައި ކަމަށް ވިދާޅުވި އެވެ.

އާ ސަރުކާރުން ވަނީ ރާއްޖޭގެ މާކެޓިން ބަޖެޓު ބޮޑުކޮށްފަ އެވެ. އެގޮތުން ކުރިން 50 މިލިއަން ރުފިޔާ މާކެޓިންއަށް ހޭދަ ކުރިނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް 100 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910