ވިޔަފާރި

އެޑެކްސް ޑައިވް އެކްސްޕޯ ހައިރައިސްއާއެކު އިންޑިއާއަށް

Nov 24, 2018

އޭޝިއާގެ އެންމެ ޒަމާންވީ ޑައިވް ފެއާ ކަމަށްވާ އެޑެކްސް އޭޝިއާ ޑައިވް އެކްސްޕޯ ހައިރައިޒް އިން އިންޑިއާގައި ބާއްވަން ނިންމައިިފ އެވެ.

ދެކުނު އޭޝިއާގެ އެންމެ ފުރަތަމަ ޓްރެވަލް ފެއާ ސާޓާ އިންތިޒާމު ކުރާ ހައިރައިޒްއިން ބުނީ އޭޝިއާ ރީޖަންގައި ބާއްވާ އެންމެ ދުވަސްވީ ޑައިވް ފެއާ އިންޑިއާގައި ބާއްވަން ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށެވެ.

އެޑެކްސް ޑައިވް އެކްސްޕޯ ހައިރައިޒް އިން އިންޑިޔާގައި ބާއްވަނީ ސިންގަޕޫރުގެ އޭޝިއަން ޖިއޮގްރެފިކް ޗެނަލް އާއި އިވެންޓް ސޮލިއުޝަން މުންބާއީ އިން ގުޅިގެންނެވެ.

އެޑެކްސް އިންޑިއާގެ ނަމުގައި މި ފެއާ ބާއްވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިއީ އިންޑިއާގައި ބާއްވާ ފުރަތަމަ ސްކޫބާ ޑައިވިން އިވެންޓަށް ވެގެންދާނެ ކަމަށް ހައިރައިޒްއިން ބުނެފައިވެ އެވެ.

އެޑެކްސް އޭޝިއާ ޑައިވް އެކްސްޕޯ ބާއްވަމުން އަންނަތާ 25 އަހަރު ވަނީ ވެފަ އެވެ. މި ފެއާ މީގެ ކުރިން ވަނި ސިންގަޕޫރާއި ޗައިނާގައިވެސް ބާއްވާފަ އެވެ.