ވިޔަފާރި

އިސްލާމިކް ފައިނޭންސްގެ ކޮންފަރެންސް މިމަހު 27 ގައި

އިސްލާމިކް ބޭންކިން އާއި ފައިނޭންސް އިންޑަސްޓްރީއާ ބެހޭ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް މި މަހުގެ 27 ގައި އޮންނާނެ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް (އެމްއައިބީއެފްއައިސީ) އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ހޮޓެލް ޖެންގަ އެވެ.

ސްރީލަންކާގެ ޔޫޓީޔޫ އެޑިއުކޮންސެލްޓެންސީ ސްރީލަންކާ އިން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސަކީ ރާއްޖޭގައި މިގޮތަށް ބާއްވާ ފަސް ވަނަ ކޮންފަރެންސެވެ. މި އަހަރުގެ ކޮންފަރެންސުގެ ޕާޓްނަރުގެ ގޮތުގައި ހިމެނެނީ އޭޑީއެލް ކެޕިޓަލް ސްރީލަންކާ އާއި އަމާނާތަކާފުލް މޯލްޑިވްސް އަދި އަޔާދީ ތަކާފުލް އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ވުމެން އޮން ބޯޑް (ޑަބްލިއުބީ) އާއި މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ
އިތުރުން ކޭޕީއެމްޖީ މޯލްޑިވްސް އެވެ.

މި އަހަރުގެ ކޮންފަރެންސުގައި ސްޕީކާސްގެ ގޮތުގައި ގިނަ ފަރާތްތަކުން ވާހަކަ ދައްކަވާނެ އެވެ. އެގޮތުން ކީނޯޓް އެޑްރެސް ދެއްވާނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އާއި މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާޕާސަން އައިޝަތު މުނީޒާ ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން އިސްލާމިކް ފައިނޭންސް ދާއިރާގެ މަގުބޫލުކަން ލިބިފައިވާ ގިނަ ފަރާތްތަކާއި ރާއްޖޭގެ ފަރާތްތަކުން ބައިވެރިވާނެ އެވެ.